20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ވޮލީ ބޯލް

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

 • ބައިނަލް އަގްވާމީ މެޗުތައް ކުޅޭނެ ފުރުސަތު ހޯދަން ޖެހޭ: ސަތޯ
 • ރާއްޖެއަށް ދިމާވާނީ ޑިފެންސް ކުރުމުގެ މައްސަލަ
 • ޓީމުތައް ބުދަ ދުވަހު މާލެ އަންނާނެ
ނާފިއު ރަޝީދު | NaphiuR

| 25 ޖެނުއަރީ 2017 | ބުދަ 02:56 | |

މަގުބޫލް

 1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
 8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ތަޖުރިބާކާރު ވޮލީ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) -- ރާއްޖެއެމްވީ

ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމަށް ވެސް ބައިނަލް އަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ލިބިދޭންޖެހޭ ކަމަށާއި އެގޮތަށް ކަންތައްތައް ހަމަޖެހިގެން ގޮސްފިނަމަ ރާއްޖެއަށް މި ސަރަހައްދުގެ ވޮލީގެ ގަދަ ބާރަކަށް ވެވިދާނެ ކަމަށް ވޮލީ ތަޖުރިބާކާރު ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.

މި މަހުގެ 27 އިން 29 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ކޮލިފައިން އަންހެން ވޮލީ މުބާރާތާ ބެހޭ ގޮތުން ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސަތޯ ބުނީ ކުރިއަށް އޮތް ކޮލިފައިން އަށް އަންހެން ޓީމު ތައްޔާރުވެފައި އޮތް ގޮތަށް ބަލާއިރު، އިންޓަނޭޝަނަލް ފެންވަރުގެ މެޗުތަކެއް ކުޅެވިފައި ނެތުމަކީ މި ލެވެލްގެ މުބާރާތަކަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެފައި އޮތުމޭ ނުބުނެވޭނެ ކަމަށާއި އެހެން ނަމަވެސް އަމިއްލަ ފަސް ގަނޑުގައި މުބާރާތް ބޭއްވިގެން ދިއުމަކީ ހުރިހާ ގޮތަކުން ވެސް ލިބޭނެ ފައިދާ އެއް ކަމަށެވެ.

ސަތޯ ބުނީ ރާއްޖެގައި މުބާރާތްތައް ރޭވިފައި ހުންނަ ގޮތަށް ބަލާއިރު، ކުޅުންތެރިންނަށް އަހަރެއް ނިމިގެންދާއިރު، ކުޅެލަން ލިބެނީ ކްލަބު ލެވެލްގައި ވެސް މަދު މެޗުތަކެއް ކަމަށާއި އަދި މިފަދަ މުބާރާތަކަށް ނުކުންނަ އިރު ވާދަވެރި މެޗުތަކެއް ކުޅެލަން ލިބިފައި ނެތުމަކީ ކުޅުންތެރިންނަށް އޭގެ ސަބަބުން މެޗުގެ ޕްރެޝާ ހޭންޑަލް ކުރަން އުނދަގޫ ވެގެންދާނެ ކަމަށް ކަމަށެވެ.

ސަތޯ ބުނީ ރަނގަޅު ޓީމުތަކެއް ތައްޔާރުކުރަން ބޭނުންނަމަ ދުރާލާ ރާވައިގެން ގިނަ އިންޓަނޭޝަނަލް މެޗުތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

ސަތޯ ބުނީ މި ކޮލިފައިންގައި ދެން ވާދަކުރާ ދެ ގައުމުގެ ތެރެއިން ނޭޕާލަކީ ރާއްޖެއަށް ބަލި ނުކުރެވޭނެ ވަރުގެ ޓީމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެޓީމުގައި ވެސް ތިބީ ރަނގަޅަށް ކުޅޭ ދެތިން ކުޅުންތެރިން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މި ގަމުގައި ބާއްވާ ބައެއް މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިންނަށް ވުމުން ރާއްޖޭގެ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ކުޅުން ނަގައިގަންނަން ފަސޭހަ ވާނެ ކަމަށެވެ.

ސަތޯ އީރާނާއި ނޭޕާލާ ދެކޮޅަށް ކުޅޭ އިރުވެސް ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު އެއް މައްސަލައަކަށް ވާނީ ޑިފެންސް ކުރުމުގެ މައްސަލަ ކަމަށާއި އެހެން ނަމަވެސް ރަނގަޅު ބްލޮކްތަކެއް ކުރެވިއްޖެ ނަމަ ޑިފެންސް ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

މި މުބާރާތަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާއިރު، ބުދަ ދުވަހުގެ އެކި ވަގުތުތަކުގައި މުބާރާތުގައި ވާދަކުރާ ނޭޕާލާއި އީރާން އަދި އޮފިޝަލުން މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ ހުކުރު ދުވަހު މި މުބާރާތް ފަށާއިރު، ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް