23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

އެމްއެޗް 370

އެމްއެޗް 370ގެ މައްސަލައިގައި މެލޭޝިއާގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

 • އެމްއެޗް 370 ގެއްލުނު ޙާދިސާގެ ފައިނަލް ރިޕޯޓް ވަނީ ނެރެފައި
 • މަތިންދާބޯޓު ގެއްލުނު ޙާދިސާގައި އެއަރ ޓްރެފިކް ކޮންޓްރޯލަރުން ގޯސްތަކެއް ހެދިކަން ފާހަގަކޮށްފައިވޭ
 • މަތިންދާބޯޓަށް ވީ ގޮތެއް އަދިވެސް ހޯދިފައެއް ނުވޭ
މިއުވާން މުހައްމަދު | Miuvaan

| 1 އޯގަސްޓު 2018 | ބުދަ 01:11 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
 3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
 4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
 5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
 6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
 7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓެއް -- ގެޓީ އިމޭޖާސް

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ދަތުރުކުރަނިކޮށް 2014 ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއަރލައިންސްގެ ފްލައިޓް އެމްއެޗް 370 ގެ ގެއްލުނު ޙާދިސާގެ ފައިނަލް ރިޕޯޓް ނެރުމާއިއެކު މެލޭޝިއާގެ ސިވިލް އޭވިއޭޝަނާއި ބެހޭ އެންމެ އިސްވެރިޔާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މެލޭޝިއާގެ ސިވިލް އޭވިއޭޝަނާއި ބެހޭ އެންމެ އިސްވެރިޔާ އަޒްހަރުއްދީން އަބްދުއްރަޙްމާން މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމްއެޗް 370 ގެއްލުނު ޙާދިސާގެ ފައިނަލް ރިޕޯޓްގައި އެމަތިންދާބޯޓު ވެއްޓުނު ޙާދިސާގައި މެލޭޝިއާގެ އެއަރޓްރެފިކް ކޮންޓްރޯލަރުންގެ އިހުމާލު އޮތްކަން ހާމަވުމާއި ގުޅިގެންނެވެ. އެމްއެޗް 370 ރާޑަރުން ގެއްލުނުފަހުން އެމަތިންދާބޯޓު ގެއްލުނުކަމަށް އެއަރޓްރެފިކް ކޮންޓްރޯލް ނިންމުމާއި ދެމެދު 20 މިނެޓް ނެގިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

އެމްއެޗް 370 ގެއްލުނު ޙާދިސާގެ ފައިނަލް ރިޕޯޓް އެތައް ދުވަހުން ފަހުން ނެރުނު ނަމަވެސް، އެމަތިންދާބޯޓު ގެއްލުން މެދުވެރިވި ސީދާ ސަބަބެއް، ނުވަތަ މަތިންދާބޯޓަށް ވީ ކިހިނެއްކަމެއް ހޯދިފައެއް ނުވެއެވެ. މަތިންދާބޯޓު ވެއްޓުމުގައި 3 ވަނަ ފަރާތެއްގެ ބައިވެރިވުމެއް ވާކަަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ކޮން ފަރާތެއްކަން ހޯދިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މަތިންދާބޯޓު ދަތުރުކުރަމުން ދިޔަ މަގު އޮޅިފައިވަނީ ބަޔަކު ގަސްދުގައި ކުރިކަމަކުންނެވެ. އަދި ބޮޑަށް ބެލެވިފައިވަނީ އެމަތިންދާބޯޓު ވެއްޓިފައިވަނީ އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދަކަށް ކަމަށެވެ. 

އެމްއެޗް 370 ގެ ޕައިލެޓުން އެމަތިންދާބޯޓު ވައްޓާލީކަމަށް ބައެއް ފަރާތްތަކުން ތުހުމަތުތަކެއް ކުރިއެވެ. އެހެންނަމަވެސް ޕައިލެޓުންގެ އިހުމާލެއް އެޙާދިސާގައި ނެތްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ޕައިލެޓުންގެ ޤާބިލްކަމާއިމެދު އެއްވެސް ސުވާލެއް ނެތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި މަތިންދާބޯޓަށް ރިމޯޓް-އެކްސެސް ވެފައިވެސް ނެތްކަމަށް ފާހަގަކޮށްފައިވެއެވެ. މަތިންދާބޯޓު ގެއްލުނު ހާދިސާގައި މެކޭނިކަލް ފެއިލިއަރއެއް ނެތޭ ބުނަން އުނދަގޫކަމަށް ރިޕޯޓްގައި ފާހަގަކޮށްފަވާއިރު، މަތިންދާބޯޓުގެ އެއަރވާރދިނަސް ހެއްދިއިރު އެއްވެސް މައްސަލައެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ފްލައިޓް ޕްލޭންގައިވެސް އެއްވެސް މައްސަލައެއް ނެތްކަން ރިޕޯޓުން ފާހަގަކޮށްފައިވެއެވެ. 

2014 ވަނަ އަހަރުގެ މާޗް މަަހުގެ 8 ވަނަ ދުވަހު އެމްއެޗް 370 ގެއްލުނުއިރު އެއިން 239 މީހުން ދަތުރުކުރަމުން ދިޔައެވެ. އަދި ފްލައިޓް ގެއްލުމުގެ ކުރިން ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ނުވަތަ އިމަރޖަންސީ އެއްވެސް ސިގްނަލެއް ފޮނުވާފައެއް ނުވެއެވެ. އަދި އެމަތިންދާބޯޓު ގެއްލުމާއި ގުޅިގެން ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ދުނިޔޭގައި ހިންގި އެންމެ ބޮޑު ސާރޗް އޮޕަރޭޝަން އިންޑިއާ ކަނޑުގައި މެލޭޝިއާ، އޮސްޓްރޭލިއާ، ޗައިނާ އަދި އެހެން ބައެއް ޤައުމުތައް ގުޅިގެން ހިންގިއެވެ. އެހެންނަމަވެސް އެމްއެޗް 370 ގެ ނިޝާނެއް ފެނިފައި ނުވާއިރު، އެމަތިންދާބޯޓުގެ ބައިތައްކަމަށް ބެލެވޭ ބައިތަކެއް އިންޑިއާ ކަނޑުގެ ބައެއް ރަށްތަކަށާއި އެފްރިކާގެ އިރުމަތީ ބިތުގެ ބައެއް ޤައުމުތަކުގެ އައްސޭރިފަށަށް ލައްގާފައިވެއެވެ. 

މެލޭޝިއާގެ އައު ސަރުކާރުންވެސް ވަނީ އެމަތިންދާބޯޓު ފެނިދާނެކަމުގެ ކިރިޔާވެސް އުއްމީދެއް އޮތްނަމަ އަނެއްކާވެސް މަތިންދާބޯޓު ހޯދުމުގެ މައްސައްކަތް ފަށާނެކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް