26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޕާކިސްތާން-ތުރުކީ

ތުރުކީ އާއި ޕާކިސްތާނުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރަން: ޣުރުދުޣާން

  • ޕާކިސްތާނުގެ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި އިމްރާން ޚާން އަށް މަރުހަބާ ވިދާޅުވި
އަހުމަދު އަނޫޝު | IamAhmedAnoosh

| 1 އޯގަސްޓު 2018 | ބުދަ 00:25 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ތުރުކީގެ ރައީސް ޣުރުދުޣާން -- އަނަދޮލޫ

ޕާކިސްތާނުގައި ދާދިފަހުން ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި އަދި އެގައުމުގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އަށް ތުރުކީގެ ރައީސް ރަޖަބް ރަޖަބް ތައްޔިބު ޣުރުދުޣާން މަރުހަބާ ވިދާޅުވެއްޖެއެވެ. 

ތުރުކީ އާއި ޕާކިސްތާނުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޣުރުދުޣާން، ފޯން މެދުވެރިކުރައްވައި އިމްރާން ޚާން އަށް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިމްރާން ޚާން އަށް ހެޔޮ އެދިވަޑައިގަންނަވާ ކަމަށާއި އިމްރާން ޚާން އެކުލަވާލަން މަސައްކަތްޕުޅު ކުރައްވާ ކޯލިޝަން ސަރުކާރަށް ފަހިކަން އެދިވަޑައިގަންނަވާ ކަމަށް ޣުރުދުޣާން ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވަން ހަމަޖެހިފައިވާއިރު، ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭ ގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް ދައުވަތު އަރުވަން ވިސްނަމުން ގެންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް އާއްމު އިންތިޚާބުގައި 116 ގޮނޑި ލިބިފައި ވެއެވެ. އެެހެން ނަމަވެސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ ވަރެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީއަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުން ވެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން އިމްރާން ޚާންގެ ޕީޓީއައި އަށް މިހާރު ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑިތައް ހަމަވެފައެވެ. 

އިމްރާން ޚާންގެ ޕީޓީއައިއާ އެންމެ ގާތުން ވާދަކުރި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް