18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ހަކުރު ބަލި

ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟

  • ވޯލްނަޓްގައި ގިނަ އަދަދެއްގެ އޮމެގާ 3 ފެޓީ އެސިޑް ހިމެނޭ
  • ވޯލް ނަޓަކީ ނާރުގެ މައްސަލަތަކަށްވެސް ރަނގަޅު ފަރުވާއެއް
ރިޒުނާ ޒަރީރު | RiznaZareer

| 31 ޖުލައި 2018 | އަންގާރަ 23:43 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  3. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  4. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  8. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް


ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރުމަކީ ރަނގަޅު ކަމެއް -- ގޫގުލް

ވޯލްނަޓްއަކީ ފެޓްގެ މާއްދާ ވަރަށް ގިނައިން އެކުލެވޭ އެއްޗެކެވެ. ވޯލްނަޓް އެންމެ ބޮޑަށް ވައްތަރު ގޮތެއް ހުންނަނީ އިންސާނެއްގެ ސިކުނޑިއާއެވެ. އެހެންނަމަވެސް، ގަހުން ވޯލްނަޓް ބިނުމަށްފަހު ތޮށިގަނޑުން ނެއްޓުމާއި އެކު ދެ ފަޅިއަކަށް ފަޅިވެގެންދާނެ އެވެ.

އާންމު ގޮތެއްގައި ބައެއް މީހުން ވޯލްނަޓް ކައި އުޅެނީ ރޯކޮށް ނުވަތަ ކުޑަކޮށް ފިހެލައިގެންނެވެ. ވޯލްނަޓަކީ ވަރަށް ގިނަ ފާއިދާތަކެއް ލިބޭ އެއްޗަކަށްވާއިރު ވޯލްނަޓް ކެއުމުން އެންމެ ބޮޑު ފާއިދާއެއް ލިބެނީ ހަކުރު ބަލި ހުންނަ މީހުންނަށެވެ.

ވޯލްނަޓަކީ މޮނޯއަންސެޗުރޭޑެޓް އަދި ޕޮލިއަންސެޗްރޭޑެޓް ފެޓްސް އެކުލެވޭ އެއްޗަކަށްވާއިރު ވޯލްނަޓްގައި ގިނަ އަދަދެއްގެ އޮމެގާ 3 ފެޓީ އެސިޑްވެސް ހިމެނެއެވެ. އަދި އަޔަން، ސެލެނިއަމް، ކެލްސިއަމް، ޒިންކް، ވިޓަމިން އީ، އަދި ވިޓަމިން ބީ ހިމެނޭއިރު މި މާއްދާތަކުން ހަށިގަނޑުގެ ނިއުޓްރިޝަނަލް ލެވެލް އެއްވަރެއްގައި ހިފަހައްޓާނެއެވެ.

ޔޭލް ޔުނިވާރސިޓީ ސްކޫލު އޮފް މެޑިސިން އިން ވަނީ ވޯލަންޓް ކެއުމުން ހަކުރު ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ލޭ ދައުރުވާ ގޮތުގެ ދިރާސާއެއް ހަދާފައެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހުންގެ ތެރެއިން ޑައިޓް ބޭނުންކުރާ މީހުންނާއި ނުކުރާ މީހުންގެ ތެރެއިން 56 ގްރާމް ވޯލްނަޓް އަށް ހަފްތާއަށް ބޭނުންކުރި މީހުންގެ ހަށިގަނޑުގައި ލޭ ދައުރުވުމުގައި ކުރިއެރުންތަކެއް ފެނިފައިވެއެވެ. އަދި ޓައިޕް ޑައިބެޓިކް ޕޭޝަންޓުންގެ އިންސުއިލިން ލެވެލް ރަނގަޅު ވެގެންދެއެވެ.

ޔޫރަޕިއަން ޖާރނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން ރިޕޯޓުން ދައްކާގޮތުގައި ހަކުރު ބަލި ހުންނަ މީހުންެގެ ތެރެއިން ވޯލްނަޓް ބޭނުން ކުރާ މީހުންގެ އިންސިއުލިން ބޭނުން ކުރަން ޖެހޭ މިންވަރު މަދުވެގެން ދެއެވެ.

އެގޮތުން ވޯލްނަޓްގައި ގިނަ އަދަދެއްގެ އަލްފާ ލިނޮލެނިކް އެސިޑް، ނުވަތަ އޮމެގާ ފެޓީ އެސިޑް ހުރުމަކީ ހަކުރު ބަލި ހުންނަ މީހުންގެ ނާރުތަކަށްވެސް ވަރަށް ފާއިދާ ކުރާނެ އެއްޗެކެވެ. ނާރުގެ މައްސަލަތައް ދިމާވެފައި ތިބޭ ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ކެއުމުން ނާރުގެ ބަލިތަކަށް ފަސޭހަތަކެއް ލިބިގެންދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް