21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޝްވަތުގެ މައްސަލަ

ރިޝްވަތުގެ އިސްލާހުގެ މައްސަލާގައި ޕީޕީއެމުން ދޮގު ހެދިކަން ފަޅާ އަރައިފި

  • ރިޝްވަތުގެ ކުށް އުވާލަން ބިލު ހުށަހެޅުއްވީ އިބްރާހިމް ދީދީ
  • ރިޝްވަތު ކުށް އުވާ ނުލަން އިސްލާހު ހުށަހެޅީ އަބްދުއްރަހީމް
  • އެއް ގާނޫނަކަށް ދެ ބިލު، ވަކިވަކިން ހުށަހެޅި ސަބަބެއް ވިދާޅެއް ނުވި
ޙުސައިން ޙަސަން | hucenhassan

| 31 ޖުލައި 2018 | އަންގާރަ 21:21 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ޕީޕީއެމް ޕީޖީ ގްރޫޕުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިތުރުފުޅު ހެއްދެވިކަން ފަޅާއަރައިފިއެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ބިލު ހުށަހަޅުއްވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. ޖުލައި މަހުގެ 10 ވަނަ ދުވަހު އޭނާ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ކޮމެޓީން ދިރާސާކޮށް ނިންމައި، ތަޅުމަށް ހުށަހެޅިއިރު ވެސް އެ ބިލު ފަރުމާކޮށްފައި އޮތީ ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށެވެ.ނަމަވެސް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލާ އެކު، ރިޝްވަތުގެ ކުށް އިތުރަށް ތަފްސީލުކޮށް ބަޔާން ކުރުމުގެ ގޮތުން ގާނޫނުލް އުގޫބާތަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެ ދެ ބޭފުޅުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ދެ ބިލެއްގެ ގޮތުގައި އިސްލާހު ހުށަހެޅުއްވީ އެކުއެކީގައި ކަމަށް ނިހާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއް ގާނޫނަކަށް ދެ އިސްލާހެއް ވަކިވަކިން ހުށަހެޅުއްވީ ފަސޭހައަކަށް ކަމަށެވެ.

"ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުނިކޮށްލާކަން ނޫޅެއޭ. އެއަށް ވުރެ ފުރިހަމައަށް އެބައޮތޭ [އަބްދުއްރަހީމް ހުށަހެޅުއްވި ބިލު]. ނަމަވެސް ތިބޭފުޅުންނާ ހަމައަށް އައިއިރު، ނަމަވެސް ކޮމެޓީ ރިޕޯޓުން އިސްލާހުން ނިންމީމަ، ތިޔަ ސުވާލު އުފެއްދިދާނެ. ދެބައި އެއްކޮށްލީމަ [ދެ ބިލު އެއްކޮށްލީމަ] ބަރާބަރަށް އިންނާނީ... އަޅުގަނޑު ދަންނަވައިފިން ދައުލަތަށް ހިޔާނާތްތެރިވުމުގެ ބަޔާއި ސީދާ ކޮރަޕްޝަންގެ ބަޔާއި މި ދެ ބައި ވަކިން ހުށަހެޅީމަ ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ބެލީ،" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް މަޖިލިސް މެމްބަރަކު ނަންހާމަ ނުކުރުމަށް ޝަރުތުކޮށް "ރާއްޖެއެމްވީ" އަށް ކިޔައިދިން ގޮތުގައި އަބްދުއްރަހީމް ބިލު މަޖިލީހަށް ހުށަހެޅުއްވީ އަންގާރަ ދުވަހުއެވެ. އެޓާނީ ޖެނަރަލް އޮފީހުން ތައްޔާރު ކުރި އެ ބިލު، އަބްދުއްރަހީމްގެ ނަމުގައި ސްޕޮންސާކުރުމަށްފަހު މަޖިލީހަށް ހުށަހެޅުމައްޓަކާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ އެކު ބަންޑާރަ ނައިބު މުހައްމަދު އަނިލާ މަޝްވަރާކޮށްފައި ވަނީ ވެސް އަންގާރަ ދުވަހުގެ މެންދުރުފަހުއެވެ. ޕީޕީއެމް ޕީޖީ ގްރޫޕުގެ މެމްބަރުންނާ އެކު ބޭއްވި އެ ބައްދަލުވުމުގެ ފޮޓޯ ވެސް މިހާރު ދަނީ ދައުރުވާން ފަށާފައެވެ.

ރިޝްވަތުގެ ކުށް އުވާ ނުލަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ބިލު، އަބްދުއްރަހީމްގެ ނަމުގައި ސްޕޮންސާކޮށްގެން ހުށަހެޅުމަށްޓަކާ އޭޖީ މުހައްމަދު އަނިލް ޕީޕީއެމް ޕީޖީ ގްރޫޕާ ބައްދަލު ކުރައްވަނީ: ރިޝްވަތުގެ ކުށް އުވާނުލަން ބިލު ހުށަހެޅީ ފާޑުކިޔުން އަމާޒުވުމުން.

ގާނޫނުލް އުގޫބާތަށް ދެ އިސްލާހެއް ދެ ބިލެއްގެ ގޮތުގައި ހުށަަހަޅާފައި ވަނީ އެއް ވަގުތެއްގައި ކަމަށް ނިހާން ވިދާޅުވިއިރު، އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ނިންމާފައި ވަނީ ބުދަ ދުވަހުއެވެ. އަދި އެ ބިލު މަޖިލީހަށް އިއްވުމަށް އެޖެންޑާ ކުރީ ވެސް އަންގާރަ ދުވަހުގެ ހަވީރު 4:00 ޖެހިފަހުންނެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުން ރާއްޖެއެމްވީއަށް ކިޔައިދިން ވާހަކަތަކުންނާއި މަޖިލީހުގެ އެޖެންޑާއިން އެނގެން އޮތްގޮތުގައި ނިހާން ހައްދަވާފައި ވަނީ އިތުރުފުޅެވެ. އޭނާ އިތުރުފުޅު ހައްދަވާފައި ވަނީ ރިޝްވަތުގެ ކުށް އުވާލުމަށް ބިލު ހުށަހެޅި ކަމަށް ބުނާ ވާހަކަ ދޮގުކުރުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Mary

2 މަސް ކުރިން

Recording ballavalavva, nimen dhanikoh nihan ahves bunevunu miadhu hushaelhi islahey..

0
0