25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޕާކިސްތާން

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ވިސްނަނީ

  • އިމްރާން ޚާން ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް 11 ގައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 31 ޖުލައި 2018 | އަންގާރަ 17:21 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން -- އޭއެފްޕީ

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް ދައުވަތު އަރުވަން ވިސްނަމުން ގެންދާ ކަމަށް އިމްރާން ޚާން ގެ ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފިއެވެ. 

ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ ބޮޑު ވަޒީރު ވަނީ އާއްމު އިންތިޚާބުގައި އިމްރާން ޚާން ހޯއްދެވި ކާމިޔާބީ އަށް ފޯން މެދުވެރިކޮށް މަރުހަބާ ވެސް ވިދާޅުވެފައެވެ. މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ އިމްރާން ޚާން އަށް މަރުހަބާ ވިދާޅުވުމަށް މޯދީ ގުުޅުއްވުމަކީ ޕާކިސްތާނާއި އިންޑިއާ ދެމެދު އޮންނަ ގުޅުމަށް އާ ބާބެއް ތައާރަފު ވުން ކަމަަށެވެ. 

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް އާއްމު އިންތިޚާބުގައި 116 ގޮނޑި ލިބިފައިވެއެވެ. އެެހެން ނަމަވެސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ ވަރެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ގެ ޕީޓީއައި އަށް މިހާރު ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑިތައް ހަމަވެފައެވެ. 

އިމްރާން ޚާންގެ ޕީޓީއައި އާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް