16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މެސެޑޯނިއާގެ ނަން ބަދަލުކުރުން

މެސެޑޯނިއާގެ ނަން ބަދަލުކުރުމާއިމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

  • ވޯޓް ނެގުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 30 ގައި
  • ނަމުގެ މައްސަލައިގައި ނުތަނަވަސްކަން އުފެދިފައި އޮންނަތާ 27 އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 31 ޖުލައި 2018 | އަންގާރަ 10:58 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
  8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


ނަން ބަދަލުކުރުމަށް ސޯޝަލިސްޓް ސަރުކާރުގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ތާއީދު ކުރައްވާއިރު އެކަމާ ދެކޮޅު ފަރާތްތަކުން ބޮޑިތި މުޒާހަރާތަކެއް ބާއްވާނެކަމަށް ވަނީ ބެލެވިފައި -- އަލްޖަޒީރާ

މެސެޑޯނިއާގެ ނަން ބަދަލުކުރުމާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މެސެޑޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ވޯޓް ނެގުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ސްކޮޕިޔޭ އާއި އެތެންސްއާއި ދެމެދު މިދިޔަ މަހު ވީ ތާރީޚީ އެއްބަސްވުމުގައި މެސެޑޯނިއައިންވަނީ އެ ގައުމުގެ ނަން "ރިޕަބްލިކް އޮފް ނޮދަރން މެސެޑޯނިއާ" އަށް ބަދަލުކުރުމަށް ނިންމާފައެވެ.

ނަމުގެ މައްސަލައިގައި ގްރީސްއާއި މެސެޑޯނިއާގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮންނަތާ 27 އަހަރުވަނީ ވެފައެވެ.

މެސެޑޯނިއާއަށް އެނަން ކިޔުމަށް ގްރީސްއިން ނުރުހެނީ މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާ އާއި އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަކަށްވެސް މެސެޑޯނިއާ ކިޔާތީއެވެ.

ފާއިތުވި 27 ވަރަކަށް އަހަރު މިމައްސަލައަށް ހައްލެއް ގެނެވޭތޯ އދ މެދުވެރިވެގެން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.

މެސެޑޯނިއާއަކީ ކުރީގެ ޔޫގޯސްލާވިއާ ދައުލަތުގެ ދަށުގައި އޮތް ޤައުމެކެވެ. ޔޫގޯސްލާވިއާ ރޫޅި، މެސެޑޯނިއާއަށް މިނިވަންކަން ލިބުމަށްފަހު އެޤައުމަށް ރަސްމީކޮށް ކިޔަމުން އައި ނަމަކީ 'ފޯމަރ ޔޫގޯސްލާވް ރިޕަބްލިކް އޮފް މެސެޑޯނިއާ" (އެފް.ވައި.އާރް.އޯ.އެމް) އެވެ. އެޤައުމަށް ވިލާތުގެ އިއްތިޙާދުގެ މެމްބަރަކަށް ވުމަށާއި ނޯތު އެޓްލާންޓިކް ޓްރިޓީ (ނޭޓޯ)ގެ މެމްބަރު ޤައުމަކަށް ނުވެވިގެން އުޅެނީވެސް ނަމުގެ މައްސަލައިގައި ގްރީސްއިން މެސެޑޯނިއާގެ މެމްބަރޝިޕް ބޮއިކޮޓް ކުރާތީއެވެ.

މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހުގައި ހޯމަ ދުވަހު ނެގިވޯޓުގައި 120 މެމްބަރުންގެ ތެރެއިން 68 މެމްބަރުންވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ތާއީދުކުރައްވާފައެވެ

ސޯޝަލިސްޓް ސަރުކާރުގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ގެންދަވަނީ ނަން ބަދަލުކުރެއްވުމަށް ތާއީދުކުރައްވަމުންނެވެ.

ސެޕްޓެމްބަރު 30 ގައި ނެގޭ ވޯޓުގައި ރައްޔިތުންނާއި ސުވާލުކުރެވޭނީ ރިޕަބްލިކް އޮފް މެސެޑޯނިއާއާއި ރިޕަބްލިކް އޮފް ގްރީސްއާއި ދެމެދު އެއްބަސްވެފައިވާ ގޮތަށް ނަން ބަދަލުކޮށް އީޔޫއާއި ނޭޓޯގެ މެމްބަރަކަށް ވުމަށް ތާއީދު ކުރަންތޯ އެވެ.

ނޭޝަނަލް އޮޕޮޒިޝަން ޕާޓީގެ މެމްބަރުންވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓް ބޮއިކޮޓްކޮށް ނުކުމެވަޑައިގެންފައެވެ.

މިވަގުތު މެސެޑޯނިއާގައިވެސް އަދި ގްރީސްގައިވެސް ވެރިކަން ކުރަމުން އަންނަނީ ވަތަނީ ޕާޓީތަކުންނެއް ނޫނެވެ. ވާތުފިޔައިގެ ޕާޓީތަކުން ދެޤައުމުގައިވެސް ވެރިކަން ކުރަމުން އަންނައިރު، ކަނާތު ފިޔައިގެ ޕާޓީތަކަށް މިއީ ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް