14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އެރިޓްރިއާ އާއި އިތިއޯޕިއާ

ސޯމާލިއާއާއި އެރިޓްރިއާއިން ސިޔާސީ ގުޅުން އިއާދަކުރުމަށް އެއްބަސްވެއްޖެ

  • ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ކެނޑިފައި އޮންނަތާ 15 އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 31 ޖުލައި 2018 | އަންގާރަ 09:08 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


އެރިޓްރިއާގެ ރައީސް އައިޒާއަސް އަފުވާކީ(ވ) ސޯމާލިއާގެ ރައީސް މުހައްމަދު އަބްދުﷲ މުހައްމަހައްމަދު(ކ) އެރިޓްރިއާގެ ވެރިރަށް އަސްމަރާއަށް 28 ޖުލައި 2018 ގައި ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ -- އާކައިވް

ސޯމާލިއާއާއި އެރިޓްރިއާއިން އެތައް އަހަރެއްވަންދެން އޮތް ހަތުރުވެރިކަން ނައްތާލުމަށްފަހު ޑިޕްލޮމެޓިކް ގުޅުން އިއާދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޯމާލިއާގެ ރައީސް މުހައްމަދު އަބްދުﷲ މުހައްމަހައްމަދު އެރިޓްރިއާއަށްކުރެއްވި ތިންދުވަހުގެ ތާރީޚީ ދަތުރުފުޅަށްފަހު އެރިޓްރިއާގެ އިންފޮމޭޝަން މިނިސްޓަރ ޔެމާނީ މެސްކެލް ވަނީ ދެ ގައުމުގެ ފަރާތުން ނެރޭ ބަޔާނެއް ޓްވިޓާގައި އާއްމުކުރައްވާފައެވެ.

ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ކެނޑިފައި އޮންނަތާ 15 އަހަރުވަނީ ވެފައެވެ.

އެެރިޓްރިއާގެ ވެރިރަށް އަސްމާރާގައި ރައީސް އައިޒާއަސް އަފުވާކީ ސޮއިކުރެއްވި އެއްބަސްވުމުގައި ވާގޮތުން ދެ ގައުމުންވަނީ ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށް އެއްގަމު އަނެއްގައުމުގައި ސަފީރުން ބޭތިއްބުމަށް އެއްބަސްވެފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސޯމާލިއާގެ ރައީސް ވަނީ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތް، އަލްޝަބާބަށް މަދަދުވެރިވާތީ އެރިޓްރިއާއަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް ގޮވާލާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް