18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

ފިލްމް ބާރަތަށް ޕްރިޔަންކާގެ ބަދަލުގައި ކެޓްރީނާ!

  • ސަލްމާން ވަނީ ކެޓްރީނާ އަށް މަރުހަބާ ކިޔާފައި
  • ލީޑް ރޯލަށް ކެޓްރީނާ ހަމަޖައްސާފައިވަނީ ފިލްމްގެ ޑައިރެކްޓަރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 ޖުލައި 2018 | އަންގާރަ 00:13 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކެޓްރީނާ ކައިފް -- ގޫގުލް

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ސަލްމާން ޚާންގެ ފިލްމް "ބާރަތް" ދޫކޮށްލުމުން އެ ފިލްމްގެ ލީޑް ރޯލު ކުޅުމަށް ކެޓްރީނާ ކައިފް ސޮއިކޮށްފިއެވެ.

ސަލްމާން ޚާން ކޮށްފައިވާ ޓްވީޓެއްގައި ވަނީ " އޭކް ސުންދަރު އޯރު ސުޝީލް ލަޅްކީ ޖިސްކާ ނާމްހޭ ކެޓްރީނާ ކައިފް... ސްވާގްހޭ އާޕްކާ ބާރަތްކީ ޒިންދަގީމެއިން" (އެހާމެ ރީތި އަދި މަޑުމައިތިރި ސިފަތަކެއްހުރި އެ އަންހެން ކުއްޖާގެ ނަމަކަށް ކިޔަނީ ކެޓްރީނާ ކައިފް، ބާތަރް ގެ ދުނިޔެއަށް މަރުހަބާ) އެވެ.

މިފިލްމްގެ ޑައިރެކްޓާރ އަލީ އައްބާސް ޒަފަރު ބުނެފައިވަނީ ކެޓްރީ އަކީ ބޮޑު ސުޕަރސްޓާރެއް ކަމަށާއި ދެ ފިލްމެއްގައި ކެޓްރީނާ އާއެކު ވަރަށް ގާތުން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ބާރަތްގެ ސްކްރިޕްޓް ކެޓްރީނާ އާއި ހިއްސާކުރި ކަމަށާއި އެ ރޯލް އޭނާ އަށް ވަރަށް ކަމުދިޔަ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އަލީ އައްބާސް ޒަފަރު ބުނެފައިވަނީ ސަލްމާނާއެކު ފިލްމްގެ ހުރިހާ ކަމަކާއި މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް ތަރިއަކު ހަމަޖެއްސުމަށް ގޮތެއް ނިންމަން ސަލްމާން އޭނާއަށް ދޫކޮށްލި ކަމަށެވެ.

ކެޓްރީނާ އެރޯލަށް ހަމަޖެއްސުން އެއީ ހަމައެކަނި އޭނާގެ ނިންމުން ކަމަށާއި ސަބަބަކީ ކެޓްރީނާ އާއެކު ދެ ފިލްމެއްގައި މަސައްކަތްކޮށް އޭނާގެ މަސައްކަތް ރީތިވުން ކަމަށް އަލީ ވަނީ ބުނެފައެވެ.

މީގެ އިތުރުން އަލީ ބުނެފައިވަނީ ޕްރިޔަންކާގެ ބަދަލުގައި އިތުރު މީހަކު ހޯދާނެހާ ވަގުތު އޮއްވާ ޕްރިޔަންކާގެ ނިންމުން އެންގުމުން އެކަމާ ޝުކުރުވެރިވާ ކަމަށާއި ޝެޑިއުލްގައިވާ ގޮތަށް ޝޫޓިންތައް ކުރިއަށް ގެންދިމަށް އުނދަގޫ ނުވާނެ ކަމަށެވެ.

އަދި މި ފެށޭ އޮގަސްޓް މަހުގައި ފިލްމްގެ ޝޫޓިންތައް ކެޓްރީނާ ފަށާނެ ކަމަށް އަލީ ވަނީ ބުނެފައެވެ.

މީގެ ކުރިން އަލީ އާއެކު ކެޓްރީނާ މަސައްކަތްކޮށްފައިވަނީ "މެރީ ބްރަދާކީ ދުލްހަން" އަދި "ޓައިގާ ޒިންދާހޭ" ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް