16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޕާކިސްތާން

އިމްރާން ޚާން ސަރުކާރު އެކުލަވާލަނީ! ޕާކިސްތާނުގެ ކުރިމަގު އޮތީ ކިހިނެއްބާ؟

  • އިމްރާން ޚާން އޯގަސްޓް 11 ގައި ބޮޑު ވަޒީރު ކަމުގެ ހުވާކުރައްވަނީ
  • އެމަނިކުފާނު ދަނީ ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 30 ޖުލައި 2018 | ހޯމަ 22:01 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން -- އަލްޖަޒީރާ

ޕާކިސްތާނު ދުނިޔޭގެ މީޑީއާތަކުގެ ސުރުހީ އަށް އަރަނީ ކޮންމެވެސް ގޯސް ސަބަބަކާ ހެދިއެވެ. މިސާލަކަށް ޖާނުންފިދާވެގެން ހަމަލާއެއް ދިނުމެވެ. ސްކޫލެއްގައި ބަޔަކު މަރާލުމުގެ ކޮންމެވެސް ހާދިސާއެކެވެ. ޕާކިސްތާނުގެ އެކި ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވާ ވާހަކައެވެ. މިފަދަ ކޮންމެވެސް އެއް ސަބަބެއް އަބަދުވެސް ދިމާވެ ޕާކިސްތާނު އޮންނަނީ ގޯސް ސަބަބުތަކަކަށްޓަކައި މީޑިއާގެ ފަލަ ސުރުހީން ޖާގަ ހޯދާފައެވެ. 

މި ޖުލައި މަހު 25 ވަނަ ދުވަހު ޕާކިސްތާނުގައި އާއްމު އިންތިޚާބެއް ބާއްވައިފިއެވެ. ވޯޓު ލުމުގެ ކުރިން ވެސް ހަމަނުޖެހުމާއި، ހިޔާނާތުގެ ސަބަބުން ކެމްޕެއިނަށް ހިޔަނި އެޅިފައިވާއިރު، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް "ފާޅުކަން ބޮޑު ގޮތެއްގައި" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށާއި އަދި ހަތަރު ޕްރޮވިންޝަލް ގާނޫނު ހަދާ މަޖިލީހަކަށް މެމްބަރުން ހޮވުމަށް އާއްމު އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ބޭއްވުނު ދުވަހު ބޮމެއް ގޮއްވާލާ 31 މީހަކު މަރާލިއެވެ. 

ކޮންމެއަކަސް އިންތިޚާބުގެ ނަތީޖާއަށް ބަލާލަމާތޯއެވެ. މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް 116 ގޮނޑި ލިބިފައިވެއެވެ. އިންތިޚާބުގައި އަގުލަބިއްޔަތު ހޯއްދެވިއެވެ. އެހެނަސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ އަގުލަބިއްޔަތެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ގެންދަވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށްޓަކައި ކުޑަ ޕާޓީތަކާ މަޝްވަރާ ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ކަަމަށް ރިޕޯޓުތައް ބުނެއެވެ. އިމްރާން ޚާންގެ ޕީޓީއައި އާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ. 

އިންތިޚާބާ ބެހޭގޮތުން އިމްރާން ޚާން އާ ވާދަވެރި ޕާޓީތަކުން ބުނަނީ ކީކޭތޯއެވެ. ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ ކަންކަން ހިނގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އެކުލަވާލާގާނޫނު ހަދާ އާ މަޖިލިސް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާއާ މެދު ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ. ގައުމުގެ ޑިމޮކްރަސީއަށްޓަކައި އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނެ ކަަމަށް ޕީއެމްއެލް-އެން ޕާޓީ އިން ބުނެއެވެ. އެހެން ނަމަވެސް ތަފާތު ވާހަކައެއް 29 ޖުލައި ވީ އާދީއްތަ ދުވަހު އަޑުއިވިގެންދިޔައެވެ. އެގޮތުން އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އާއްމު އިންތިޚާބުގައި ހިނގި ވޯޓު އޮޅުވާލުންތަކެއް ހިނގާފައިވާތީވެ ޝަރުއީ ދާއިރާ އިން އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށެެވެ. 

ކޮންމެއަަކަސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން  އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯއްދެވި އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަނިކުފާނަށް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެެވެ. އެގޮތުން އިގްތިސާދު ކޮޅަށްޖެހުމުގެ ބުރަ މަސައްކަތާއި، އަސްކަރިއްޔާގެ ނުފޫޒު ގައުމުގެ ކަންކަމުގައި ގަދަވަމުން ދިޔުމާއި އަދި ހީނަރުވެފައިވާ ޕާކިސްތާނާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރެއްވުމުގެ ބުރަ މަސައްކަތްޕުޅު ހިމެނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް