22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސާފް ޗެމްޕިއަންޝިޕް

ކުޅެން ބޭނުންވި، ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން: ދަގަނޑޭ

  • ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މުބާރާތުގައި ދަގަނޑޭ މޮޅު ކުޅުމެއް ދެއްކި
  • ދަގަނޑޭ ބާކީކުރީ އުމުރުގެ ސަބަބުން ކަމަށް ކޯޗު ވަނީ ބުނެފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 30 ޖުލައި 2018 | ހޯމަ 14:22 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ޤައުމީޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) -- އިމޭޖަސް.އެމްވީ

އަންނަ ސެޕްޓެމްބަރު މަހު ބަންގަލްދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ބޭނުންވި ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުން ބާކީކުރި އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ. 

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމްއިން ހޮނިހިރު ދުވަހު އާއްމުކުރި 30 ކުޅުންތެރިންގެ ސްކޮޑުން ދަގަނޑޭއަށް ފުރުސަތު ދީފައިނުވާއިރު އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ. ދަގަނޑޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުގެ އުއްމީދުގައި ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އެމުބާރާތުގައި ކުޅެވޭނީ ކޯޗު ފުރުސަތު ދިނުމުން ކަމަށާއި ކޯޗު މިހާރު ނިންމާފައިވާ ނިންމުމަށް އިހުތިރާމް ކުރާ ކަމަށެވެ. 

ސްކޮޑް އިއުލާންކުރުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަރޓް ބުނީ ދަގަނޑޭއަށް ޓީމުން ފުރުސަތު ދީފައިނުވަނީ އައު ޖީލަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ދަގަނޑޭ ކުޅެން ބޭނުންވާ ކަމަށް ކޯޗުގެ ގާތުގައި ބުނެފައިނުވާ ކަމަށް ކޯޗު ހާމަކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އަޝްފާގަކީ ޤައުމީ ޓީމަށް ސަތޭކަ ޕަސެންޓް ދޭން ބޭނުންނުވާ ކުޅުންތެރިއެއް ކަމަށް ދޭހަވާ ކަހަލަ އެތަކެއް ވާހަކައެއް ޤައުމީޓީމުގެ ކޯޗު ވަނީ ދައްކާފައެވެ.

އެގޮތުންއެހެން ކޯޗުގެ ނިންމުމަކީ ހަމައެކަނި އަޝްފާގުގެ އުމުރާއި ގުޅިގެން ނިންމި ނިންމުމެއް ނޫންކަމަށާއި ގައުމީ ޓީމުން ފުރުސަތު ދޭނީ ގައުމަށް ސައްތައިން ސައްތަ ދޭން ބޭނުންވާ ކުޅުންތެރިންނަށް ކަމަށް ކޯޗު ބުނެފައިވެއެވެ. 

އޭޝިއަން ކަޕްގެ ކޮލިފައިންގައި ބޫޓާނާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރުނުވުމާއެކު އަޝްފާގު އެފަހަރުގެ ސްކޮޑުން ވަކިކުރިއެވެ. އެހެން ނަމަވެސް ކޯޗު އޭރު ބުނެފައިވަނީ އެއީ އެމެޗަށް ނިންމި ނިންމުމެއް ކަމަށާއި ކުރިޔަށް ހުރި މެޗުތަކުގައި ދަގަނޑޭއަށް ފުރުސަތު ދޭނެ ކަމަށެވެ.

އުމުރުގެ ސަބަބުން ދަގަނޑޭއަށް ފުރުސަތު ދީފައިނުވާއިރު 30 ކުޅުންތެރިންގެ ޕްރެލެމިނަރީ ސްކޮޑްގައި އޭނާއާއި އެއް އުމުރެއްގެ ބައެއް ކުޅުންތެރިން ވަނީ ހިމަނާފައެވެ. 

ދަގަނޑޭ ވަނީ ރާއްޖޭގެ ގައުމީ ޓީމު 2008، 2009، 2011، 2013 އަދި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ތަމްސީލު ކޮށްފައެވެ.

ދަނގަޑޭގެ ފަރާތުން ޤައުމީޓީމަށް ސަތޭކަ ޕަސަންޓް ނުލިބޭކަމުގެ އިޝާރާތެއް ކޯޗު ދީފައިވާިއިރު، ރާއްޖޭގެ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަގަނޑޭއެވެ.

މީގެ އިތުރުން 20 ލަނޑާއެކު ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އަޝްފާގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް