17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ކެމްބޯޑިއާގެ އިންތިޚާބު

ކެމްބޯޑިއާގެ އިންތިޚާބު: އިދިކޮޅު ކެންޑިޑޭޓުން ނުލައި ބޭއްވި އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް ވެރިކަންކުރާ ޕާޓީން ބުނެފި

  • 1985 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަނީ ހުން ސެން
  • އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓެއް ނެތް
އަބުދުﷲ މުހައްމަދު | 8Abbo

| 30 ޖުލައި 2018 | ހޯމަ 10:32 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ބޮޑުވަޒީރު ހުން ސެން ވޯޓް ލައްވަނީ -- ރޮއިޓަރސް

އިދިކޮޅު މައި ކެނޑިޑޭޓަކާ ނުލައި ކެމްބޯޑިއާގައި ބޭއްވި އާއްމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިއްޖެ ކަމަށް 1985 ވަނަ އަހަރުން ފެށިގެން އެގައުމުގެ ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު ހުން ސެން ވިދާޅުވެއްޖެއެވެ.

ކެމްބޯޑިއަން ޕީޕަލްސް ޕާޓީ (ސީޕީޕީ) އިން ބުނީ ވޯޓްގެ %80 އެޕާޓީން ކާމިޔާބުކޮށް ގާނޫނުހަދާ މަޖިލީހުގެ 125 ގޮނޑީގެ ތެރެއިން 100 ގޮނޑި ކާމިޔާބުކޮށްފައި ވާކަމަށެވެ.

އިލެކްޝަންސްގެ ސްޓާފުން ބުނާ ގޮތުގައި ވޯޓުލާފާވާ ނިސްބަތަކީ 82.71 އިންސައްތައެވެ.

އެންމެ ފަހުން ބޭއްވި އިންތިޚާބު ކުޑަ ތަފާތަކުން ގެއްލުނު ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލުމަށް ފަހު ބޭއްވި މި އިންތިޚާބަކީ އޮޅުވާލުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާ އާއި އީޔޫ އިން އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދަމުންދާއިރު ކެމްބޯޑިއަން ޕީޕަލްސް ޕާޓީން ބުނަމުންދަނީ އަދިވެސް 19 ފަރާތެއް އެބަތިބި ކަމަށެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އޮގަސްޓް މެދުތެރޭގެ ކުރިން ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވަނީ ވޯޓްލުމަށް ނުކުންނަ މީހުންގެ އަދަދު ވެގެންދާނީ ހުންސެންގެ ގާނޫނީ ސައްހަކަން ޓެސްޓްކޮށްލަން ލިބޭ މައި އިމްތިހާނަށް ކަމަށެވެ.

އިންތިޚާބުގެ ކެމްޕެއިންގައި ވޯޓް ބޮއިކޮޓްކުރުމަށް ގޮވާލި އިދިކޮޅު އެކްޓިވިސްޓުންގެ މައްޗަށް ވަނީ ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުކޮށްފައެވެ.

އިންތިޚާބުގެ ކުރިން ހުކުރު ދުވަހު ސަރުކާރުން ވަނީ މިނިވަންކަމާ އެކު ޚަބަރު ފަތުރާ ވެބްސައިޓްތައް ބަންދުކުރަން އަންގާފައެވެ. އޭގެ ތެރޭގައި ރޭޑިއޯ ފްރީ އޭޝިއާ، ވޮއިސް އޮފް އެމެރިކާ އަދި ވޮއިސް އޮފް ޑިމޮކްރެސީ ހިމެނެއެވެ.

މީގެ އިތުރުން އިނގިރޭސި ބަހުން ޚަބަރު ގެނެސްދޭ ސައިޓްތައް ވެސް ބްލޮކް ކޮށްފައެވެ.

ކެމްބޯޑިއާގައި ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ އިންތިޚާބު ބާއްވާފައި ވަނީ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައަށް ފަހު އދ. ގެ ސުލްހަ ބަލަހައްޓާ ބޮޑު ފައުޖެއް އެ ގައުމުގައި އޮވެގެންނެވެ.

ކެމްބޯޑިއާގެ ވެރިކަމުގައި ޚިމަރ ރޫޖް ހުންނެވިއިރު 1975 އިން 1979 އަށް ހިންގި އަނިޔާވެރިކަމުގައި ލޭ އޮހޮރުވުމުގައި ދެ މިލިއަނެއްހާ މީހުން މަރުވެފައި ވާކަމަށް ލަފާކުރެވެއެވެ.

މިހާރު ވެރިކަމުގައި ހުންނެވި ހުން ސެންއަކީ ޚިމަރ ރޫޖްގެ ވެރިކަމުގައި ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު ފަހުން އެ ވެރިކަމާ ދެކޮޅުވެރިވި ފަރާތެކެވެ.

ކެމްބޯޑިއާގައި 1993 ވަނަ އަހަރު އދ. ގެ އެހީތެރިކަމާ އެކު ބޭއްވި އިންތިޚާބަށް އެމެރިކާ އާއި އީޔޫ އިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް މިފަހަރު އޮބްޒާވަރުން ފޮނުވާފައި ވަނީ ދާދި ފަހުން އަސްކަރީ އެހީގެ ގޮތުގައި 130 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އެހީ ކެމްބޯޑިއާއަށް ދިން ޗައިނާ އިން އެކަންޏެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް