12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ދީން ހަތިޔާރަކަށް ހައްދަވައިގެން މިފަހަރު ރައީސް ޔާމީނަށް މޮޅުވެވިދާނެބާ؟

 • ދީނީ އިލްމުވެރިންގެ ކިބައިން އެދެނީ މިވަގުތު ރައީސް ޔާމީނާ އެކު ސާބިތުވެ ތިބުމަށް ޝަހީމް އެދިވަޑައިގެންނެވި
 • ޝަހީމް ރަނިންގ މޭޓަކަށް ނެންގެވީ އިސްލާމްދީނަށް ކަމޭހިއްތަވާ މިންވަރުން ކަމަށް ރައީސް ވިދާޅުވި
 • ދީނީ އިލްމުވެރިން ދަނީ އަނިޔާވެރިންނަށް އެއްބާރުލުން ދިނުމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރައްވަމުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 30 ޖުލައި 2018 | ހޯމަ 10:29 | |

މަގުބޫލް

 1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
 4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
 5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
 6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
 7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
 8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު -- ޓްވިޓަރ

ރިޔާސީ އިންތިޚާބަށް ވޯޓުލުން އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި އޮންނައިރު ކެންޕެއިން ކުރުމުގެ ފޯރި މިވަނީ ގަދަވެފައެވެ. ކޮންމެ ބަޔަކު ވެސް އެބަޔަކަށް ކިޔުނު އެއްޗެއް ކިޔައި، އެބަޔަކީ މޮޅު ބައެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރަނީއެވެ.

ރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެކެވެ. އާ ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން ބޭއްވި އިންތިޚާބުތަކުގައި ކާމިޔާބު ވެފައި ވަނީ އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ކަމަށް ގަބޫލުކުރާ ސިޔާސީ ބޭފުޅުން މަދެއް ނޫނެވެ.  

ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކުރެއްވުނީ ދީނީ އިލްމުވެރިން އެމަނިކުފާނާ އެކީގައި ތިއްބެވުމުން ކަމަށް ގަބޫލުކުރާ ދިވެހި ރައްޔިތުން ވެސް މަދެއް ނޫނެވެ. ރާއްޖޭގައި ޒަމާނުއްސުރެ ދެމިއޮތް މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ޕީޕީއެމަށް ވޯޓްލުމަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަޑަށް ބާރުލައްވާފައި ރައީސް ޔާމީނާއި އެމަނިކުފާނަށް އޭރު ބައިއަތު ހިއްޕެވި ފަރާތްތައް ދިޔައީ ވިދާޅުވަމުންނެވެ. އޭރު ކެންޕެއިނަށް ވުރެ ބޮޑަށް ދީނީ އިލްމުވެރިން މެދުވެރިކުރައްވައި ދެއްވި ދީނީ ދަރުސްތައް ވެސް ގިނައެވެ.

މިފަހަރުގެ އިންތިޚާބުގައި ވެސް ރައީސް ޔާމީން ނެންގެވީ ދީނީ ކާޑެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ނެންގެވީ އިސްލާމީ މުގައްރަރު ރާއްޖޭގައި އަށަގެންނެވުމަށް ކަމަށެވެ. އަދި ޝަހީމް ރަނިންމޭޓަކަށް ނެންގެވީ އިސްލާމްދީނަށް ކަމޭހިއްތަވާ މިންވަރާއި އިސްލާމީ އެންމެ ނުފޫޒު ގަދަ 500 ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާތީ ކަމަށެވެ.

 
ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން (ވ) އަދި ޝަހީމް

ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ޝަހީމް ވަނީ ރައީސް ޔާމީނަކީ އިސްލާމްދީނާއި ގާތް ބޭފުޅެއް ކަމަށް ވިސްނަވައިދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަށް ގެއްލުންވާނެ ކަމެއް ރައީސް ޔާމީން ނުކުރައްވާނެ ކަމަށެވެ. ރައީސް ޔާމީންގެ އާއިލާއަކީ ވެސް މާޒީގައި ވެސް އިސްލާމް ދީނަށް ޚިދުމަތް ކުރައްވާފައިވާ އާއިލާއެއް ކަމަށާއި ރައީސް ޔާމީނަކީ އިސްލާމީ ދައުލަތްތަކާ އެކު ގާތް ގުޅުމެއް ބާއްވަވާ ވެރިއެއް ކަމަށް ވުމުން މިފަހަރުގެ އިންތިޚާބުގައި ވޯޓުދެއްވުމަށް ވަނީ އާދޭސްކުރައްވާފައެވެ. ރައީސް ޔާމީނުގެ އާއިލާއޭ ވިދާޅުވާ އިރު އެއްބަފާ ބޭބެ އަދި ކުރީގެ ރައީސް، އަދި ރާއްޖޭގައި އިސްލާމީ ތައުލީމު ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ރައީސް މައުމޫނު ހުންނެވީ ޖަލުގައެވެ.

ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންގެ ތަމްސީލްކުރައްވާ ކަމަށް ބުނެ ދަރުބާރުގޭގައި ސަރުކާރަށް ނިސްބަތްވާ މަދު ދީނީ އިލްމުވެރިންތަކެއް ރައީސްޔާމީނަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ވެސް ރައީސް ޔާމީނު ދީނީ ކާޑު ކުޅުއްވާ ކަމުގެ އެއް ހެއްކެކެވެ. އެ ކޮންފަރެންސްގައި ރާއްޖޭގައި ދީނީ ވަހުދަތު ރައްކާތެރި ކުރުމަށްޓަކައި ރައީސް ޔާމީނަށް ވޯޓު ދިނުމަށާއި ދީނުގެ މަސްލަހަތާއި، ވަތަނުގެ މަސްލަހަތަކީ ފަރުދީ ކަންތައްތަކަށް ވުރެ، އިސްކަން ދޭންޖެހޭނެ ކަމަށް ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މުޅި ގައުމުގެ މަސްލަހަތަށް ވިސްނެވުމަށް ފަހު، ހުރިހާ އިލުމުވެރިންގެ މަޝްވަރާގެ މަތިން ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޝަހީމަށް ވޯޓުދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

ދީނީ އިލްމުވެރިންގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން 

އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ސިޔާސީ ކަންކަމުގައި އުޅުއްވާ ބައެއް ބޭފުޅުން ދީނީ އިލްމުވެރިންގެ ނަމުގައި އެފަދަ ކަމެއް ކުރެއްވުމުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް އެބޭފުޅުންނަށް ވަނީ އަމާޒުވެފައެވެ.

މިފަހަރު ރައީސް ޔާމީން ދީން ހަތިޔާރަކަށް ނެންގެވިއަސް ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން އަނިޔާވެރިކަމުގެ އެތަކެއް ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ގިނަ ބަޔަކު ކުރަމުންދާއިރު، ރަނިންގ މޭޓުކަން ޝެއިޚް ޝަހީމް ޤަބޫލުކުރެއްވުމާ ގުޅިގެން ގިނަ ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޝަހީމް ކުރިން ނިސްބަތްވާ ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ދީނީ އިލްމުވެރިންނާއި، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ ދީނީ އިލްމުވެރިން ދަނީ އަނިޔާވެރިންނަށް އެއްބާރުލުން ދިނުމާ ދެކޮޅަށް އެކިއެކި އާޔަތްތަކާއި ހަދީސްތަކުން ދަލީލު ދައްކަވައި ޚިޔާލުފާޅު ކުރައްވަމުންނެވެ.

އަނެއްކޮޅުން މިހާތަނަށް ސަރުކާރުން ދީނާ ފުށުއަރާ ގޮތަށް ކޮށްފައިވާ ކަންކަމުގައި މަތި އަޅައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ޝެއިޚަކު ރަނިންގ މޭޓަކަށް ނެންގެވި ނަމަވެސް ގިނަ ބަޔަކު ދަނީ އެ ވާހަކަތައް ދައްކަމުންނެވެ. އެއީ ހުއްޓުވޭނެ ވާހަކަތަކެއް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޝިޔާން

3 މަސް ކުރިން

ޝަހީމަށްވެސް އިތުބާރެއް ނުކުރެވޭ ކިހިނެތް އެނގޭނީ އޭނައަށް ޔާމީން އިތުބާރު ކުރާކަން

0
0