17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެމެރިކާގެ ކޯޅުން

ބޮޑު ފާރު ރާނަން ބަޖެޓް ނުދީފިނަމަ ސަރުކާރު ހުއްޓުވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

 • އިމިގްރޭޝަން ސިސްޓަމް ވަނީ ބޮޑު ތަނުން ފެއިލްވެފައި
 • ޓުރަމްޕްގެ ޕާޓީއަށް ވޯޓް ކާމިޔާބު ކުރުމަށް އަގްލަބިއްޔަތެއް ނުލިބޭ
 • ވޯޓް ކާމިޔާބު ނުވަންޏާ ސަރުކާރު ހުއްޓުވާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 30 ޖުލައި 2018 | ހޯމަ 09:27 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ޓުރަމްޕް އާންމުންނާ މުޚާތަބްކޮށް ބޮޑު ފާރާއި ބެހޭ ވާހަކަ ދައްކަަވަނީ -- ގޫގުލް

މެކްސިކޯއާއި އެމެރިކާއާއި ދެމެދުގައި އަޅާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވައުދުވި 25 ބިލިއަން ޑޮލަރުގެ ފާރު ރާނަން ބަޖެޓް ނުދީފިނަމަ ސަރުކާރު ހުއްޓުވާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އިމިގްރޭޝަން ސިސްޓަމްވަނީ ބޮޑު ތަނުން ފެއިލްވެފައި ކަމަށާއި އެކަން ރަގަނޅު ކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އެ ފާރުގެ ސަބަބުން މެކްސިކޯގެ މަގުން ގަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެ ފާރު ރޭނުމަށާއި އިމިގްރޭޝަން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅައިފައިވާ ބަޖެޓު ފާސް ކުރުމަށް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއަށް ވޯޓު ކާމިޔާބުކުރުމަށް ބޭނުންވާ އަގުލަބިއްޔަތު ނެތުމުން އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުން ލިބިގެން ނޫނީ ބަޖެޓް ވަނީ ފާސް ކުރެވޭގޮތް ނުވެފައެވެ.

ޓްރަމްޕް ވަނީ އިދިކޮޅު ޕާޓީތަކުން އިމިގްރޭޝަންގެ ބިލް، ފާރުވެސް ހިމެނޭގޮތަށް ފާސް ކުރަން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. ޚާއްސަކޮށް އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޑިމޮކްރެޓިކް ޕާޓީން އެއްބާރުލުން ދިނުމަށް ވަނީ ގޮވާލާފައެވެ. ޑިމޮކްރެޓިކް ޕާޓީން އިމިގްރޭޝަނުގެ ބަޖެޓު ފާސް ކުރުމަށް ތާއީދު ނުކުރާނަމަ ސަރުކާރު ހިންގަން ބޭނުންވާ އެހެން ބަޖެޓްތައް ފާސް ކުރުމަށް ނަގާ ވޯޓުތަކުގައި ރިޕަބްލިކަން ޕާޓީން ބައިވެރި ނުވާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ބަޖެޓް ފާސް ކުރުމުގައި އެއްވެސް ލަސް ކަމެއް އައިސްފިނަމަ ސެޕްޓަމްބަރު މަސް ނިމޭއިރަށް އިދާރާތްތައް ހިންގުމަށް ނުކުޅެދޭނެއެވެ.

ޓްރަމްޕް ވަނީ މި އަހަރުގެ ކުރީކޮޅު ވެސް އިމިގްރޭޝަން ކަންތައް ހައްދުން ނައްޓައިފައިވާ ކަމަށް ވިދާޅުވެ ދެ ފަހަރެއްގެ މަތިން ސަރުކާރު ހުއްޓުވާނެ ކަމަށް ބުނެފައެވެ. ފައިސާ ހުސްވެގެން އޮކްޓޯބަރު މަހު ސަރުކާރުގެ ހުއްޓިއްޖެނަމަ އެކަން ވެގެންދާނީ ގާނޫނު ހަދާ މަޖްލީހަށް މެމްބަރުން އައްޔަން ކުރުމުގެ އެއް މަސް ކުރިން ހިނގާނެ ކަމަކަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުންގެ އިންތިޚާބު ދެ އަހަރުން އެއް އަހަރުން ބާއްވައެވެ. އަދި އިންތިޚާބު އޮންނަނީ ނޮވެމްބަރު މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް