24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ޓޫރިޒަމް އިންޑަސްޓްރީ

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

  • ބިދޭސީންނާއި ދިވެހިންގެ މެދުގައި ރިސޯޓުތަކުގައި ތަފާތުކުރުން ގެންގުޅޭ
ސިމާހާ ނަސީމް | sim_kamana

| 30 ޖުލައި 2018 | ހޯމަ 02:31 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ރާއްޖޭގެ ރިސޯޓެއް -- ގޫގުލް

ރާއްޖޭގައި ވަޒީފާ އަދާކުރާ ޒުވާނުންގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ޓޫރިޒަމް އިންޑަސްޓްރީގައެވެ. އެކި ރިސޯޓުތަކުގެ އެންމެ އާދައިގެ މަޤާމުން ފެށިގެން ގޮސް އެންމެ މަތީ މަގާމުތަކުގައި ޒުވާނުން ވަޒީފާ އަދާކުރެއެވެ. އެހެންނަމެވެސް އެ ޒުވާނުންގެ ޝަކުވާތައް ގިނައެވެ. ހާއްސަކޮށް ބިދޭސީންނާއި ދިވެހިންނާ ދެމެދު ގެންގުޅޭ ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމުގެ ޝަކުވާއެވެ.

ޒުވާނުންނާ އެއްކޮށް އެހެން ޤައުމުތަކުގެ ބިދޭސީ މުވައްޒަފުން ވެސް ހަމަ ރިސޯޓުތަކުގައި ވަޒީފާ އަދާކުރެއެވެ. އެ ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންނާ ދެމެދު ގެންގުޅޭ ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުން ބުނެއެވެ. މުސާރައިގެ ގޮތުން ގެންގުޅޭ ތަފާތު ކުރުންތަކާއި ދިވެހިންނަށް ވަޒީފާ ދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލަން ޖެހޭ ކަމަށް ވެސް އެ ޒުވާނުން ބުނެއެވެ. މީގެ އިތުރުން ވަކި ކަހަލަ ވަޒީފާތަކަށް ބިދޭސީން އިސްކުރުމާއި ހާއްސަކޮށް ސީނިއަރ ޕޯސްޓްތަކަށް ބިދޭސީން އައްޔަންކުރުމަކީ އާންމު ކަމެކެވެ. އަދި މުސާރައިގެ ތަފާތުކުރުން ގެންގުޅުމަކީ މަސައްކަތުގެ މާހަލުގައި ކުރެވޭ ފުރައްސާރައެއް ކަމުގައި އެ ޒުވާނުން ދެކެއެވެ. އެފަދަ ވާހަކައެއް ވަޒީފާ ދޭ ފަރާތުގެ ސަމާލު ކަމަށް ގެނެސްފި ނަމަ އެ ފަރާތެއް ލޭބަލް ކުރުމަކީ ވެސް ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެއް ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގިނަ ޒުވާނުން ފާހަގަކުރެއެވެ.

އެ ޒުވާނުން ޤަބޫލު ކުރާ ގޮތުގައި ސަރުކާރުން "މިނިމަމް ވޭޖް" އެއް ކަނޑައަޅަން ޖެހެއެވެ. އޭރުން މުސާރައިގައި ގެންގުޅޭ ތަފާތު ކުރުންތައް ހައްލުވެގެންދާނެއެވެ. އަދި ރިސޯޓުތަކުން ޒުވާނުންނަށް ދޭ އިންޓަރންޝިޕްގެ ފުރުސަތުތައް ވެސް އިތުރު ކުރަން ޖެހޭ ކަމަށް އެ ޒުވާނުން ދެކެއެވެ. މަދު ރިސޯޓުތަކުން އިންޓަރންޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވާއިރު އެ ފުރުސަތުތައް އެންމެ އެދެވޭ ގޮތެއްގައި ޒުވާނުންނަށް ފޯރުކޮށްދެމުން ނުދާ ކަމަށާއި ބައެއް ރިސޯޓުތަކުން އެކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގާ ކަމަށް ވެސް ޒުވާނުން ފާހަގަކުރެއެވެ. އެގޮތުން އެންމެ ޕީކް ސީޒަންތަކާ ދިމާކޮށް ޒުވާނުންނަށް އިންޓަރންޝިޕްގެ ފުރުސަތުތައް ދިނުމަށް ފަހު އެ ޕީކް ސީޒަން ނިމުމުން އިންޓަރޝިޕްގެ ފުރުސަތު ދިން ޒުވާނުން ފޮނުވާލާ ކަމަށް ވެސް ޒުވާނުން ބުންޏެވެ.

އަދިވެސް މުޖުތަމައު ތެރޭގައި މަދުން ނަމަވެސް ބައެއް މީހުންނަށް ވިސްނިފައި އޮންނަ ގޮތުން ބައެއް ޒުވާނުން ގޯސް މަގުން ދަނީ ރިސޯޓުތަކަށް ވަޒީފާއަށް ދިޔުމުންނެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ޒުވާނަކު ގޯސް މަގުން ދަނީ ކޮންމެހެން ރިސޯޓެއްގައި ވަޒީފާ އަދާކޮށްގެން ނޫންކަމެވެ. އެ ވިސްނުން ދިވެހިންގެ ތެރޭގައި ބަދަލު ކުރަން ޖެހެއެވެ. ކޮންމެ ޒުވާނަކީ ވެސް ހެވާއި ނުބައި ވިސްނޭ ޒުވާނުންނެވެ. އަދި އެ ޒުވާނުން ނުބައި މަގުންދާ ކަމުގައިވާ ނަމަ އެ ޒުވާނަކު ހަމަމަގަށް އެޅުވުމަކީ އާއިލާ އާއި ރައްޓެހިންގެ ޒިންމާއެކެވެ. މުޖުތަމަޢުގެ ޒިންމާއެކެވެ.

ޒުވާނުންނަށް މިއަދު ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަމަކީ ކޮންމެ ފަރާތަކުން ވެސް ކުރަންޖެހޭ ކަމެކެވެ. ޒުވާނުންނަކީ މިއަދު މި ޤައުމު ބިނާކުރުމުގައި ކުރިއަށް އޮތް ތަނުގައި މުހިންމު ރޯލެއް އަދާކުރާނެ ބައެކެވެ. އެހެންކަމުން އެ ޒުވާނުންގެ މައްސަލަތަކަށް ހައްލެއް ހޯދައިދީ އެ ޒުވާނުންގެ ވާހަކަތައް އަޑުއެހުމަކީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރުގެ ވެސް ޒިންމާއެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Samaanubey

9 މަސް ކުރިން

Kaleymen ves echchekey kiyanee ey. Photo negumaa gulhey dhaairaathakaa moodhu kulhivaraa gulhey dhaairaathakaa thakuga bidheyseen gengulhun manaa. Ekamu. Sonefushi misaalakah nagaabala. Photographer nukiyaa mikyanee Digital Story Teller. Alicia kiyaa meeheh eheree mihaaruves. Raalhaa alhaa thanuga hunnanee bidheyseen dhemeehun. Komme verikameggaves mihen

2
0