23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ޒިމްބާބުވޭގެ އިންތިޚާބު

ޒިމްބާބުވޭގެ އިންތިޚާބު:މިހާރުގެ ރައީސްއަށް ތާއީދު ނުކުރާކަން މުގާބޭ ހާމަކުރައްވައިފި

  • ވެރިކަމުން ދުރުކުރީ ބަޣާވާތަކުން:މުގާބޭ
  • ރިޔާސީ އިންތިޚާބުގައި 23 ކެނޑިޑޭޓަކު ވާދަކުރައްވާ
އަބުދުﷲ މުހައްމަދު | 8Abbo

| 29 ޖުލައި 2018 | އާދީއްތަ 20:10 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޒަނޫ ޕީއެފް ޕާޓީގެ ލީޑަރަށް ވޯޓް ނުދެއްވާނެކަމަށް މުގާބޭ ވިދާޅުވި -- އީޕީއޭ

ޒިމްބާބުވޭގެ ރިޔާސީ އިންތިޚާބާއި ގުޅުވައި ކުރީގެ ރައީސްގެ ރޮބަޓް މުގާބޭ ކުއްލި ނޫސްކޮންފަރެންސެއް ދެއްވައިފިއެވެ.

މުގާބޭ ވިދާޅުވީ އެ މަނިކުފާނަށް ފަހު ޒަނޫ ޕީއެފް ޕާޓީގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި އެމަރސަން ނަންގަގްވާއަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މުގާބޭ ސިފަކުރައްވާފައިވާ ގޮތުގައި އެމަނިކުފާނު އުފެއްދެވި ޕާޓީން އެމަނިކުފާނު ބޭރުކުރައްވާފައި ވަނީ ގަދަބާރުންނެވެ.

"އަޅުގަނޑަކަށް ވޯޓެއް ނުދެވޭނެ އެ ޕާޓީއަކުން އަހަރެން ބޭރުކޮށްލި މީހާއަކަށް، ދެންތިބި 22 މީހުންގެ ތެރެއިން އަހަންނަށް ފެންނަ މީހަކު ހޮވާނަން،"

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުގާބޭ މަގާމުން ދުރުކުރުމަށް ފަހު އެ ގައުމުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު ހޯމަ ދުވަހު އެ ގައުމުގައި އޮންނާނެއެވެ.

ވެރިރަށް ހަރާރޭގައި ހުންނަ މުގާބޭގެ ގެކޮޅުގައި އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުގާބޭ ވިދާޅުވީ އެމަނިކުފާނު މަގާމުން ދުރުކުރީ އަސްކަރީ ބަޣާވާތަކުން ކަމަށާއި މަގާމު ދޫކޮށްލެއްވީ ހަމަނުޖެހުމެއް އުފެދުނަ ނުދެއްވުމަށްކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު އެދިވަޑައިގަންނަވަނީ އިދިކޮޅު މޫވް މެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) ކެންޑިޑޭޓް ނެލްސަން ޗެމީސާ ހޮވިވަޑައިގަތުމަށްކަމަށެވެ.

"ފެންނަ ފެނުމަށް އޭނާ ރަނގަޅު، އޭނާ ހޮވިއްޖެނަމަ އޭނާއަށް ރަނގަޅު ގޮތް އެދެން،"

މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ފަރާތެއް ހޮވުމަށް 38 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބާއްވާ އިންތިޚާބު ހޯމަ ދުވަހު ބާއްވާއިރު އެ އިންތިޚާބުގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލާނެއެވެ.

ރިޔާސީ އިންތިޚާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް އިންތިޚާބު އެކުގައި ކުރިޔަށް ދާއިރު ރިޔާސީ އިންތިޚާބުގައި 23 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް