19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް: ދަގަނޑޭ ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑް އިއުލާންކޮށްފި

  • ރާއްޖެ އޮތީ އިންޑިއާއެކު ގްރޫޕް ބީގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 29 ޖުލައި 2018 | އާދީއްތަ 17:49 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ދަގަނޑޭ - މިފަހަރުގެ ސްކޮޑްގައި އޭނާ ހިމަނާފައެއް ނުވޭ -- ފޭސްބުކް

ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ބާކީކޮށް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމުގެ ސްކޮޑް އިިއުލާންކޮށްފިއެވެ. 

އެފްއޭއެމްއިން ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްުޔާރުވުމަށް އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފައެވެ. ޕީޓާރ ސެގެޓްގެ އިރުޝާދުގެ ދަށުން ތަމްރީންވާ މި ސްކޮޑްގައި އެންމެ ގިނައިން ހިމެނިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. ގައުމީ ސްކޮޑްގައި ހިމެނޭ 30 ކުޅުންތެރިންނަކީ؛ 

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން: ހުސައިން ޝަރީފް (ގޯލްކީޕަރު)، މުހައްމަދު މުޖުތާޒް، މޫސާ ޔާމީން، އަލީ ސަމޫހް (ޑިފެންޑަރ)، މުހައްމަދު އިރުފާން (މިޑްފީލްޑަރ)، އަސަދުﷲ އަބްދުﷲ، ހަސަން ނާއިޒް، އަހުމަދު އިމާޒް (ފޯވާޑް)

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް: މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކްރަމް އަބްދުލް ޣަނީ (ޑިފެންޑަރ)، މުހައްމައު އުމައިރު، ރިހާމް އަބްދުލް ޣަނީ، ހަމްޒާ މުހައްމަދު (މިޑްފީލްޑަރ)، އަލީ ފާސިރު (ފޯވާޑް)

ކްލަބް އީގަލްސް: މިފްދާދް މުހައްމަދު (ގޯލްކީޕަރު)، ހުސައިން ޝިފާއު މޫސާ، އަހުމަދު ނޫމާން (ޑިފެންޑަރ)، މުހައްމަދު އާރިފް (މިޑްފީލްޑަރ)، މުހައްމަދު ނާއިމް، ހުސައިން ރާއިފް އަހުމަދު (ފޯވާޑް)

ޓީސީ ސްޕޯޓްސް ކްލަބް: މުހައްމަދު ސާމިރު (ޑިފެންޑަރ)، އައްޒާމް އަބްދުﷲ، އިބްރާހިމް ހަސަން ވަހީދު، މުހައްމަދު އައްޒާމް (މިޑްފީލްޑަރ)، އިބްރާހިމް މަހުދީ ހުސައިން (ފޯވާޑް)

ކްލަބް ގްރީން ސްޓްރީޓްސް: މުހައްމަދު ސާއިފް، މުހައްމަދު ސަމްދޫހު (ޑިފެންޑަރ)، އަބްދުﷲ ޔާމީން (މިޑްފީލްޑަރ)

ވިކްޓްރީ ސްޕޯޓްސް ކްލަބް: ހުސައިން ނިހާން (މިޑްފީލްޑަރ)

ޔުނައިޓެޑް ވިކްޓްރީ: ހަސަން ތޮލާލް (ގޯލްކީޕަރު) 

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލާފައި ވަނީ އިންޑިއާ އަދި ސްރީ ލަންކާއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ބޫޓާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް