14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޖަޕާން

މަހެއްގެ ތެރޭގައި ޖަޕާނަށް ތިންވަނަ ކާރިސާ: ބާރުގަދަ ތޫފާނެއް އަރައިފި

  • 150,000 ގެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 29 ޖުލައި 2018 | އާދީއްތަ 12:43 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ޖަޕާނަށް ކުރި ވިއްސާރައެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެނީ -- އޭއެފްޕީ

ޖޮންގްޑާރީގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން އާދީއްތަ ދުވަހު ޖަޕާނަށް އަރައިފިއެވެ.

މިއީ މިމަހުގެ ތެރޭގައި  ޖަޕާނުގައި ހިނގި ގުދުރަތީ ތިންވަނަ ކާރިސާއެވެ.

ޖަޕާނުގެ އެކި ސަރަހައްދުތަކަށް ހޫނު ގަދަ ވުމުގެ ސަބަބުން 30 މީހުން މަރުވެ އެތަކެއް ހާސް މީހުން ހޮސްޕިޓަލުގައި އެޑުމިޓް ކޮށް ފަރުވާދީފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އޭގެ ކުރިން  މިމަހުގެ ތެރޭގައި ޖަޕާނަށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 218 އަށް ވުރެ ގިނަ މީހުން މަރުވެ 12 މީހުންނަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

އާދީއްތަ ދުވަހު ޖަޕާނަށް އެރި ޖޮންގްޑާރީގެ ނަމުން ނަންދީފައިވާ ތޫފާނުގައި 150,000 ގެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވާއިރު މި ތޫފާނުގައި 16 މީހުން ވަނީ ޒަހަމު ވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޖަޕާނުގެ ހީރޯޝީމާގެ ގަވަރުނަރު ހިދެހިކޯ ޔުޒަކީ ވަނީ ތޫފާނާއި ގުޅިގެން ރައްކާތެރިވުމަށާއި ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި ކުރިއާލާ ރައްކާތެރިވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް