18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

ޕްރިޔަންކާ ބާރަތް ދޫކޮށްލުމުން ސަލްމާން މާޔޫސް އެއް ނުވޭ!

  • އެ ރޯލަށް އެހެން ތަރިއަކު ވަރަށް އަވަހަށް ހަމަޖައްސާނެ
  • އެ ރޯލް ކޮންމެ ތަރިއަކަށް ވެސް އަދާކުރެވޭނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 29 ޖުލައި 2018 | އާދީއްތަ 11:45 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ސަލްމާން ޚާން -- ގޫގުލް

ސަލްމާން ޚާން އާއި ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލް ކުޅުމަށް ހަމަޖައްސާފައިވާ ފިލްމު "ބާރަތް" ޕްރިޔަންކާ ދޫކޮށްލުމުން އެކަމާ ސަލްމާން މާޔޫސް ނުވާ ކަމަށް އޭނާގެ ބައްޕަ ސާލިމްޚާން ބުނެފިއެވެ.

ޕްރިޔަންކާ މި ފިލްމް ދޫކޮށްލުމުން އެކަމާއި ގުޅިގެން އެކިގޮތްގޮތަށް މީޑިއާގައި ވާހަކަ ދެކެވެމުންދަނިކޮށް ސަލްމާން ޚާންގެ ބައްޕަ ސަލިމްޚާން ބުނެފައިވަނީ ސަލްމާން އެކަމާއި މާޔޫސް ވެ ރުޅިނާންނަ ކަމަށާއި އެ ރޯލަށް އެހެން ތަރިއަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

"ޕްރޮޖެކްޓްތައް ދޫކޮށްލުމާއި ޕްރޮޖެކްތަކާއި ގުޅުން އެއީ އާކަމެއް ނޫން. ހިނގިކަމެއް ހިނގާދިޔައީ އެކަމާ އެއްވެސް މައްސަލައެއްނެތް. ޕްރިޔަންކާ "ބާރަތް" އެއް ނުކުޅޭނެ. އޭނާ ބޭނުންވާ ގޮތަށް ދޫކޮށްލާ. އަހަރުމެންގެ މި އިންޑަސްޓްރީގައި އެފަދަ ކަންކަން ހިނގާ" ސަލީމް ވަނީ ބުނެފައެވެ.

ފިލްމްގެ ޝޫޓިން ފެށެން ތައްޔާރުވެފައި ވަނިކޮށް ފިލްމް ދޫކޮށްލުމުން އެކަމާ "ބާރަތް" ޓީމުން ތިބީ ހިތްހަމަ ނުޖެހިތޯ މީޑިއާއިން ސުވާލު ކުރުމުން ސަލިމް ބުނެފައިވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ.

ސަލީމް ބުނެފައިވަނީ އެފަދަ ކަންކަން ދިމާވަނީ ބައެއް ފަހަރަށް  ފިލްމް ސޫޓްކުރަން ހަމަޖައްސާ ތާރީޚުންނާއި، ކުޅެން ލިބޭ ރޯލް ނޫނީ ތަރިން ބޭނުންވާ އަގަށް ފިލްމް އުފައްދާ ފަރާތުން އެއްބަސް ނުވުމުން ކަމަށެވެ.

ޕްރިޔަންކާ މި ފިލްމް ދޫކޮށްލީ ކީއްވެގެންކަމުގެ ތަފްސީލް އަދި ނުލިބޭ ކަމަށް ސަލީމް ވަނީ ބުނެފައެވެ. އެހެން ތަރިއަކު އެރޯލަށް ވަރަށްއަވަހަށް ހަމަޖައްސާނެ ކަމަށާއި އެކަމާއި ސަލްމާން ވެސް އަދި އެހެން މީހުން ވެސް ރުޅި ނާންނަ ކަމަށް ސަލީމް ވަނީ ބުނެފައެވެ.

ޕްރިޔަންކާ އެ ފިލްމްގައި އަދާކުރަން ހަމަޖެހިފައިވާ ރޯލް ކޮންމެ ތަރިއަކަށް ވެސް އަދާކުރެވޭނެ ކަމަށާއި ބައިވަރު ތަރިން އެ ރޯލަށް އެބަތިބި ކަމަށް ސަލީމް ވަނީބުނެފައެވެ.

ރީލް ލައިފް ޕްރޮޑަކްޝަންގެ ސީއީއޯ ނިކިލް ނަމިތް ވަނީ ޕްރިޔަންކާ "ބާރަތް" ގެ ޝޫޓިންތައް ފެށުމަށް އެހާ ކުޑަދުވަސް ކޮޅަކަށް ވެފައިވަނިކޮށް އެ ފިލްމް ދޫކޮށްލުމުން އެނިންމުމާއި ދޭތެރޭ ނުރުހުން ފާޅުކޮށްފައެވެ. ނިކިލް ބުނެފައިވަނީ ޕްރިޔަންކާ އޭނާގެ އެންގޭޖްމަންޓާއި ގުޅިގެން ފިލްމް ދޫކޮށްލިކަން އަންގާފައިވަނީ މީގެ ދެދުވަސް ކުރިން ކަމަށާއި ޕްރިޔަންކާގެ ކުއްލި ނިންމުމަކީ އަންޕްރޮފެޝަނަލް ކަމެއް ކަމަށެވެ.

" ބާރަތް" ގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓުއްގައި ވަނީ ޕްރިޔަންކާ މި ފިލްމް ނުކުޅެ، ދޫކޮށްލާފައި ވަނީ "ވަރަށް ވަރަށް ޚާއްސަ ސަބަބަކާ ހުރެ" ކަމަށާއި ޕްރިޔަންކާ އެވާހަކަ ބުނެފައި ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި އެންމެން ވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވާ ކަމަށް ޒަފަރު ވަނީ ބުނެފައެވެ. 'ބާރަތު'ގެ ޓީމުން ޕްރިޔަންކާ އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ޒަފަރުގެ ޓްވީޓްގައި ވެއެވެ.

 " ބާރަތް" ދޫކޮށްލި ނަމަވެސް ސޮނާލީ ބޯސްގެ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގައި ޕްރިޔަންކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފަރްޚާން އަޚްތަރު އަދި ޒައިރާ ވަސިމް ފެނިގެންދާ މި ފިލްމްގައި ޕްރިޔަންކާ ފެނިގެންދާނީ މަންމަ އެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް