13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މިލޯސްވިޗްގެ ވަކީލު މަރާލުން

ސްލޮބޮޑާން މިލޯސްވިޗްގެ ވަކީލުގެ ގަޔަށް ބަޑިޖަހައި މަރާލައިފި

  • 26 އަހަރުގެ ފިރެހެން ދަރިފުޅުވެސް ޒަޚަމްވި
  • މާފިއާގެ ބޮޑެތި މައްސަލަތަކުގައިވެސް އޮންޖަނޮވިޗް މަސައްކަތްކުރެއްވި
އަބުދުﷲ މުހައްމަދު | 8Abbo

| 29 ޖުލައި 2018 | އާދީއްތަ 11:42 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ޑްރެގޮސްލާވް އޮންޖަނޮވިޗް މަރާލާފައިވަނީ އޭނާގެ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ބޭރުގައި ހުއްޓައި -- ރޮއިޓަރސް

ހަނގުރާމައިގެ ޖަރީމާ ހިންގެވުމުގެ ކުށުގައި ދައުވާކުރެވުނު ސަރބިއާގެ ކުރީގެ ލީޑަރު ސްލޮބަޑާން މިލޯސެވިޗްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މަޝްހޫރު ގާނޫނީ ވަކީލުގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

އުމުރުން 57 އަހަރުގެ ޑްރެގޮސްލާވް އޮންޖަނޮވިޗް މަރާލާފައި ވަނީ ސަރބިއާގެ ވެރިރަށް ބެލްގްރޭޑްގައި އޭނާގެ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ބޭރުގައި ހުއްޓައި ހޮނިހިރު ދުވަހުއެވެ.

ދާޚިލީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަޑި ޖެހުމުގެ ތެރޭގައި އުމުރުން 26 އަހަރުގެ ފިރެހެން ދަރިފުޅުވެސް ޒަޚަމްވި ކަމަށެވެ.

އޮންޖަނޮވިޗް ވަނީ 2000 ގެ ކުރީ ކޮޅުގެ އަހަރުތަކުގައި ދަ ހޭގް ގައި ކުރިޔަށް ގެންދިޔަ މިލޯސެވިޗްގެ ޝަރީއަތުގައި ވަކީލުންގެ ޓީމުގައި މަސައްކަތްކުރައްވާފައެވެ.

ސަރބިއާގެ ކުރީގެ ރައީސް ހައްޔަރުކޮށްފައިވަނީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން އދގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައިހުރީ ނަސްލުނެތިކޮށްލުމުގެ ޖަރީމާއާއި ހަނގުރާމައިގެ އެހެނިހެން ޖަރީމާ ހިންގުމުގެ ކުށުގައެވެ.

އޭނާގެ މައްޗަށް ތިން މައްސަލައެއްގައި ދައުވާކުރެވޭއިރު އެއްކަމަކީ ކޮސޯވޯގައި ހިންގާފައިވާ ޖަރީމާތަކާއި،ކްރޮއޭޝިއާގައި ހިންގާފައިވާ ޖަރީމާތަކާއި، އަދި 1992 ވަނަ އަހަރާއި 1995 ވަނަ އަހާރާއި ދެމެދު ބޮސްނިއާގައި ހިންގި ނަސްލު ނެތިކޮށްލުމުގެ ޖަރީމާއާއި ގުޅިގެންނެވެ.

ބެލްގްރޭޑްގެ ބާ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮންޖަނޮވިޗްއަށް ދެވުނު ހަމަލާއަކީ ހުރިހާ ގާނޫނީ ވަކީލުންނަށް ދިން ހަމަލާއެއްކަމަށެވެ.

އޮންޖަނޮވިޗްވަނީ ސަރބިއާއާއި މޮންޓެނީގްރޯގެ މާފިއާގެ ބޮޑެތި މައްސަލަތަކުގައިވެސް ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް