22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އަހަދު ތަމީމީ

ފަލަސްތީނުގެ އެކްޓިވިސްޓް އަހަދު ތަމީމީ މިނިވަންވެއްޖެ

  • އަހަދުގެ މައްޗަށް 12 ދައުވާއެއް އުފުލި
  • އަހަދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު
އަބުދުﷲ މުހައްމަދު | 8Abbo

| 29 ޖުލައި 2018 | އާދީއްތަ 10:15 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އަހަދު ހައްޔަރުކުރިއިރު އޭނާގެ އުމުރަކީ 16 އަހަރު -- އަލްޖަޒީރާ

އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިގެ ސަރަހައްދުގައި އިސްރާއީލުގެ ސިފައިންގެ މީހެއްގެ ގައިގައި ޖެހިކަމަށްބުނެ އަސްކަރީ ކޯޓުން ހުކުމްކޮށް ޖަލަށްލާފައި ހުރި ފަލަސްތީނުގެ އެކްޓިވިސްޓް އަހަދު ތަމީމީ އަށް މަސްދުވަހަށްފަހު އާދީއްތަ ދުވަހު މިނިވަންކޮށްފިއެވެ.

ނަބީ ސާލިހްގައި ހުންނަ ތަމީމީގެ ގޭގެ ބޭރުގައި ހިނގި މި ހާދިސާގެ ވީޑިއޯ މިދިޔަ އަހަރުވަނީ ވައިރަލްވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަހަދު ހައްޔަރުކުރީ، އަހަދުގެ އަވަށަށް ވަދެގަނެގެން އުޅުނު އިސްރާއީލު ސިފައިންގެ ދެ މީހެއްގެ މޫނުމަތީގައި އަހަދު ޖަހާތަން ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

މިހާރު އުމުރުން 17 އަހަރުގެ އަހަދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު، އެއް ރެއެއްގެ ދަންވަރު އިސްރާއީލް ސިފައިން އޭނާގެ ގެއަށް ވަދެއެވެ.

އިސްރާއީލުގެ މިލިޓަރީ ކޯޓް އަފަރ އިން މާޗު މަހު އަހަދަށް ހުކުމް ކޮށްފައިވާއިރު އަހަދުގެ ބަންދަކީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ.

އަހަދުގެ ޖަލުބަންދުގެ މުއްދަތު ގުނާފައިވަނީ ހުކުމް ކުރުމުގެ ކުރިން އޭނާ ޖަލަށްލެވިފައި ހުރި މުއްދަތު ވެސް ހިމަނައިގެންނެވެ. ޖަލު ހުކުމުގެ އިތުރުން 1،500 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ވެސް އޭނާ ދައްކަން ޖެހޭނެއެވެ.

އަހަދުގެ މައްޗަށް އެންމެ ފުރަތަމަ 12 ދައުވާއެއް ކުރެވުނުއިރު ހަތަރު ދައުވާއަކަށް އެއްބަސްވެ އަށް މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރާ ގޮތަށް ދެން ހުރި ދައުވާތައް ނުއުފުލާ ގޮތަށް އިސްރާއީލު އަސްކަރިއްޔާގެ ޕްރޮސިކިއުޓަރުން ހުށަހެޅި ހުށަހެޅުން އޭނާ ވަނީ ގަބޫލުކޮށްފައެވެ.

މާރާމާރީ ހިންގުމާއި، މާރާމާރީއަށް ހިތްވަރު ދިނުމާއި، އޮއްގައު އުކުމުގެ ކުށުގެ ދައުވާ ހިމެނޭ ގޮތުން އަހަދުގެ މައްޗަށް 12 ދައުވާއެއް އުފުލިއިރު އޭނާގެ އުމުރަކީ 16 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް