18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޕޯޓް

އަދާލަތު ޕާޓީގެ ވައުދު: އިސްލާމީ އިޤްތިސޯދެއް ބިނާކޮށް އިސްލާމީ ފައިނޭސްގެ ނިޒާމެއް ޤާއިމް ކުރާނަން

 • ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާނަން
 • ސިޔާސީ ލޮޅުންތަކުން ރައްކާތެރިކުރެވިގެންވާ ފަދަ އިޤްތިޞާދީ ނިޒާމެއް ތަޢާރަފް ކުރާނަން
 • ދައުލަތުގެ އިސްރާފް ކުޑަ ކުރުމާއެކު ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންވަރަކަށް ކުޑަ ކުރެވިގެންދާނެ
އަހުމަދު މުހުސިނު | dhonbandaara

| 29 ޖުލައި 2018 | އާދީއްތަ 03:59 | |

މަގުބޫލް

 1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ައަދާލަތު ޕާޓީގެ މެނިފެސްޓޯ އިއުލާން ކުރައްވަނީ -- ރާއްޖެއެމްވީ

ކަންކަން ހިނގަމުންދާގޮތުން މިވަގުތު ރާއްޖޭގައި ހަރުދަނާ ސިޔާސަތެއް އޮތްކަމަކަށް ނުފެނެއެވެ.  ޚާއްސަގޮތެއްގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލްތަކަށް ބަލާއިރު ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިޤްތިޞާދީ ސިޔާސަތުގެ ދޯދިޔާކަން ވަރަށް ބޮޑެވެ.

ރިޔާސީ އިންތިޚާބަށް ދޮންވެ ފައްކާވަމުންދާއިރު ރައްޔިތުން ތިބީ ޕާޓީތަކުގެ ސިޔާސަތުތަކަށް ބަލަބަލައެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އިއުލާން ކުރުމަށް ތައްޔާރު ކުރަމުންދާ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތުޕާޓީން ހުށަހަޅާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ ސިޔާސަތުގައި ވަނީ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާ ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ.  އެޕާޓީން ހުށަހަޅާފައިވާ އިޤްތިޞާދީ ސިޔާސަތުގައިވަނީ ޤައުމަށް އަންނަ ސިޔާސީ ލޮޅުންތަކުން ރައްކާތެރިކުރެވިގެންވާ ފަދަ އިޤްތިޞާދީ ނިޒާމެއް ތަޢާރަފް ކުރުމަށް ބާރުއަޅުއްވާފައެވެ. އެފަދަ އިޤްތިޞާދީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާއި ޤުދުރަތީ ވަޞީލަތްތައް ސިޔާސީ ލޮޅުންތަކުން ރައްކާތެރި ކުރެވިގެންދާނެ ކަމަށް އެޕާޓީގެ ސިޔާސަތު ކޮމެޓީގެ މުޤައްރިރު އަހުމަދު ނުއުމާން ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކީ އިސްލާމީ އިޤްތިސޯދެއް ބިނާ ކުރުން. އެގޮތުން އިސްލާމީ ފައިނޭންސްގެ ނިޒާމެއް ޤާއިމް ކުރާނަން" ނުއުމާން ވިދާޅުވިއެވެ.

ނޫމާނު ވިދާޅުވީ މި ސިޔާސަތާއެކު ގެނެވޭ ތަރައްޤީގެ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ސަރަޙައްދީ ހަމަހަމަ ކަމަށް ރިޢާޔަތް ކުރެވިގެން ދައުލަތަށް ލިބޭ އާމްދަނީއިން ފުއްދައިގެން ދިގު ރާސްތާއަށް އަމާޒުކުރެވިގެން ހިންގޭ މަޝްރޫޢުތަކެއްކަން ޔަޤީން ކުރެވޭނެ ކަމަށެވެ. އަދި ޤައުމުގެ ވަޞީލަތްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވި ދައުލަތުގެ އިސްރާފް ކުޑަ ކުރުމާއެކު ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންވަރަކަށް ކުޑަ ކުރެވިގެންދާނެ ކަމަށް ވެސް އަދާލަތުޕާޓީން ވަނީ ބުނެފައެވެ.

ފަހުގެ ތާރީޚުގައި ރާއްޖޭގެ ވެރިކަމަށް އައި ބައެއް ސަރުކާރުތަކުން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމުގައި ގެންގުޅެފައިވަނީ ވަރަށް ތަފާތު ވިސްނުންތަކާއި އުސޫލުތަކެއް ކަމަށާއި އެކަމުގެ ނަތީޖާއަކީ ޤައުމުގެ ތަރައްޤީގެ މިސްރާބު އެކިއިރު އެކިދިމާލަށް ހުރުން ކަމަށް އަދާލަތުން ސިފަ ކުރެއެވެ. އަދި ދިގު ރާސްތާއަށް އަމާޒު ކުރެވިގެން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ސިޔާސީ މަޤްޞަދުތަކެއް ޙާޞިލް ކުރުމަށްޓަކައި ސިޔާސަތުތައް ތަންފީޒު ކުރެވި ޤައުމުގެ ވަޞީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރުމުގެ ނަތީޖާއަކީ އިސްރާފު ބޮޑުވުމާއި ދައުލަތުގެ ދަރަނި އިތުރުވުން ކަމަށް އަދާލަތު ޕާޓީން ވިދާޅުވޭ. މީގެ އިތުރުން މާލެއާއި އަތޮޅުތަކާ ދެމެދުގައިވާ ފަރަގު އިތުރަށް ބޮޑުވެ ރަށްރަށާއި އެރަށްރަށުގެ ވަށައިގެންވާ ނާޒުކު ތިމާވެއްޓަށް އެކަށީގެންވާ މިންވަރަށް ބެލުމެއް ނެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީވެސް ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް ނެތުމުން ދިމާވާ ކަމެއް ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގެ އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން އެކަން ކަމަށް ހައްލު ހޯދައިދެވޭނެ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.  

ކޮންމެއަކަސް އަދާލަތު ޕާޓީގެ އަމާޒަކީ ގުޅިފައިވާ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގެ މަތިން އެކުލެވޭ މެނިފެސްޓޯއަކީ އެޕާޓީގެ މައިގަނޑު ވިސްނުންތައް ހިމެނޭފަދަ އެއްޗަކަށް ވެގެން ދިއުމެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީ

4 މަސް ކުރިން

އަދާލަތު ޕާޓީގެ މުހިންމު ޢެއް ރުކުން އަދުލު އިންސާފް ގެ ވާހަކަ ހަނދުމަފުޅު ނެތީތޯ؟

0
0