19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އިންޑިޔާ

އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ

  • މިފެއަރ ކުރިއަށްދަނީ އިންޑިޔާގެ ބެންގަލޯރގައި
  • މިއިވެންޓްގައި ރާއްޖޭގެ 10 ކުންފުންޏަކުން ވަނީ ބައިވެރިވެފަ
ރިޒުނާ ޒަރީރު | RiznaZareer

| 28 ޖުލައި 2018 | ހޮނިހިރު 23:58 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގެ ތެރެއިން -- މަޓާޓޯ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓް 2018ގައި މަޓާޓޯއިން ބައިވެރިވެއްޖެއެވެ.

އިންޑިޔާގެ ބެންގަލޯރގައި މި ފެއަރ ކުރިއަށްދާނީ މިމަހުގެ 27 އިން 29ގެ ނިޔަލަށެވެ.

1998 އިން ފެށިގެން މިފެއަރ ކުރިއަށްގެންދާއިރު މިއީ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމަށް އިންޑިޔާގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ.

މިފެއަރ މަޝްހޫރުވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ލިބޭ ފެއަރއެއްގެ ގޮތުގައި ކަމަށާއި އަދި ފެއަރގެ ތެރެއިން މިދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް ފަރާތްތަކާއި ބައްދަލުވެ ގުޅުން ބަދަހިވެގެންދާ ފެއަރއެއްގެ ގޮތުގައެވެ.

މިއިވެންޓްގައި އިންޑިޔާގެ ޓުއަރިޒަމް ބޯޑާއި، ބައިނަލްއަޤްވާމީ އެއަރލައިންތަކާއި ކުރޫސް ލައިނާސް، ޓްރެވެލް އެޖެންޓްސް ޓުއަރ އޮޕަރޭޓާސް، އޮންލައިން ޓްރެވެލް ޕޯޓަލްސް، ހޮޓެލްސް، ރިސޯޓްސް ތަކުން ވަނީ ބައިވެރިވެފައެވެ.

ބެންގަލޯއަކީ އޭޝިޔާ ޕެސިފިކް ރީޖަންގައި ފަތުރުވެރިކަން އެންމެ ފުޅާދާއިރާއެއްގައި ކުރިއަރަަމުން އަންނަ އެއް ސިޓީ ކަމަށްވާއިރު އިންޑިޔާގެ ސިޓީތަކުގެ ތެރެއިންވެސް ބޭރުގެ އެހެން ގައުމުތަކާއި އޮންނަ ގުޅުން އެންމެ ބޮޑު އެއް ސިޓީވެސްމެވެ. އެގޮތުން ފާއިތުވި ފަސް އަހަރަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އެއް ސިޓީއަކީ ބެންގަލޯރއެވެ.

މިއިވެންޓްގައި ރާއްޖޭގެ 10 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މަޓާޓޯގެ އަމާޒަކީ 2018 ވަނަ އަހަރުގެ ނިޔަލަށް އިންޑިޔާއިން އެކަނިވެސް އެއްލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ.

މިއަހަރުގެ މިހާތަނަށް މަޓާޓޯއިން ވަނީ އިންޑިޔާގެ ދިއްލީ އަދި މުމްބާއީގައި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިވެންޓްތަކުގައި ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް