19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ޓްވިޓަރގެ ހިއްސާގެ އަގުތައް

ޓްވިޓަރގެ ހިއްސާގެ އަގުވެސް ދަށަށް!

  • ހިއްސާގެ އަގުން 20 އިންސައްތަ ވަނީ ދަށްވެފައި
  • މިދިޔަ ދެތިން މަހުގެތެރޭގައި އެތައް ލައްކަ ފޭކް ޓްވިޓަރ އެކައުންޓްތައް ވަނީ ޑިލީޓްކޮށްފައި
މިއުވާން މުހައްމަދު | Miuvaan

| 28 ޖުލައި 2018 | ހޮނިހިރު 18:18 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު މާބޮޑަށް އިތުރެއް ނުވޭ -- ރޮއިޓަރސް

ފޭސްބުކް ކުންފުނީގެ އަގުން އެއް ދުވަހުގެތެރޭގައި އެތައް ބިލިއަން އެމެރިކާ ޑޮލަރެއް ދަށްވެފައި ވަނިކޮށް، ސޯޝަލް މީޑިއާގެ ޕްލެޓްފޯރމް ޓްވިޓަރގެ ހިއްސާގެ އަގުވެސް ދަށަށް ގޮސްފިއެވެ.

ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެން މިއައި ބަދަލާއިއެކު، ޓްވިޓަރގެ ހިއްސާގެ އަގުން 20 އިންސައްތަ ދަށްވެފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު ވަނީ 335 މިލިއަނަށް ދަށްވެފައެވެ. މިއަދަދު ދަށްވި އެންމެ މައިގަނޑު އެއް ސަބަބަކީ ޓްވިޓަރގައި އޮޕަރޭޓްކުރާ ގިނަ އަދަދެއްގެ ފޭކް އެކައުންޓައް ޑިލީޓްކުރުމަށް ޓްވިޓަރގެ ސީއީއޯ. ޖެކް ޑޯސޭ ނިންމުމުންނެވެ. މިދިޔަ ދެތިން މަހުގެ ތެރޭގައި އެތައް ލައްކަ ފޭކް ޓްވިޓަރ އެކައުންޓްތައް ވަނީ ޑިލީޓްކޮށްފައެވެ. 

ހިއްސާގެ އަގު 35 ޑޮލަރަށް ވެއްޓުނު ނަމަވެސް، ނިމިދިޔަ ކުއާރޓަރ ގައި ޓްވިޓަރ އިން ވަނީ ރެކޯޑް ޢަދަދަކަށް ފައިދާ ހޯދާފައެވެ. އެގޮތުން ހީކުރި މިންވަރަށްވުރެ ވިޔަފާރި ރަނގަޅުވެ، ސޭލްސް 711 މިލިއަން ޑޮލަރަށް އެކުއާރޓަރގައި އެރިއިރު، 100 މިލިއަން ޑޮލަރު ފައިދާވެފައި ވެއެވެ. 

ޓްވިޓަރގެ ހިއްސާގެ އަގު ދަށްވެފައި ވާ މި ދަނޑިވަޅަކީ ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް ޑޭޓާ ޕްރައިވަސީ އާއި ފޭކް ޚަބަރުގެ މައްސަލައިގައި އިންވެސްޓަރުންގެ ޝަކުވާގެ މައްސަލަ ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ޖެކް ޑޯސޭ ބުނީ ނުރަނގަޅު ކޮންޓެންޓާއި ނުރަނގަޅު އަމަލުތައް ހުއްޓުވުމަށް ޓްވިޓަރއިން މެޝިން ލަރނިން ބޭނުންކުރާ ޓޫލްތަކެއް ބޭނުން ކޮށްފައިވާކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހިނގާ ނުރަނގަޅު ކަންކަން ހުއްޓުވުމަކީ ހުއްޓާނުލައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދާއި، އެޕްލެޓްފޯމް ބޭނުންކުރުން ނިމިދިޔަ ވާރލްޑްކަޕްގައި އިތުރުވި ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު އެދުވަސްވަރު ޓްވިޓަރ ބޭނުންކުރި މީހުންގެ އަަދަދު 11 އިންސައްތަ އިތުރުވި ކަމަށް ޖެކް ޑޯސޭ ބުންޏެވެ. އަދި އެދުވަސްވަރު އެކުންފުންޏަށް 30 މިލިއަން ޑޮލަރު ފައިދާވިކަމަށް އޭނާ ބުންޏެވެ.

އިންތިޚާބުތަކާއި، ކުޅިވަރު މުބާރާތްތަކުގެ އިތުރުން ސަރަހައްދީ އެކިއެކި އިވެންޓްތަކާއި ގުޅިގެން ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް