19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ގްރީސްގެ އަލިފާން

އަލިފާނުގެ ޙާދިސާގެ 'ސިޔާސީ ޒިންމާ' ނަގަން: ގްރީސްގެ ބޮޑުވަޒީރު

  • 87 މީހުން މިހާދިސާގައި މަރުވި
  • 13 ސަރަހައްދެއްގައި އަލިފާން ރޯވި
  • ބަޔަކު ގަސްދުގައި ކުރިކަމެއްކަމަށް ބެލެވޭ
މިއުވާން މުހައްމަދު | Miuvaan

| 28 ޖުލައި 2018 | ހޮނިހިރު 17:20 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


މިއީ ފަހުގެ ތާރީޚެއްގައި ގްރީސްގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ޙާދިސާ -- ގެޓީ އިމޭޖާސް

ނިމިދިޔަ ހަފްތާގައި ގްރީސްގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާތަކުގެ 'ސިޔާސީ ޒިންމާ' ނަންގަވާ ކަމަށް އެޤައުމުގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ޙާދިސާގައި އާއްމު ރައްޔިތުންގެ ފުރާނައަށް ގެއްލުން ލިބުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ގްރީސްގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ މި ދަނޑިވަޅުގައި ހުކުރު ދުވަހު ކެބިނެޓާއި ބައްދަލު ކުރައްވައި ސިޕްރާސް ވިދާޅުވީ ކާރިސާގެ ދަނޑިވަޅުގައި ކަމާއި ބެހޭ އިދާރާތަކަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވިފައިވާކަމާއި މެދު ހިތްޕުޅުގައި ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި 87 މީހުން މަރުވި މިހާދިސާތަކުގެ ސިޔާސީ ޒިންމާ ކެބިނެޓާއި ގްރީކް ރައްޔިތުންގެ ކުރިމަތީގައި ނަންގަވާ ކަމަށް ސިޕްރާސް ވިދާޅުވިއެވެ. 

ވެރިރަށް އެތެންސްގެ އިރުމަތީގެ ސަރަހައްދުތަކުގައި ހިނގި އަލިފާނުގެ ޙާދިސާތަކުގައި 87 މީހުން މަރުވިއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. 

އަލިފާނުގެ ޙާދިސާތަކާއި ބެހޭ ގޮތުން ސަރުކާރުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު އިދިކޮޅު ފަރާތްތަކުން ދަނީ އެހާދިސާގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ބުނަމުންނެވެ. އިދިކޮޅު މައި ޕާޓީ ނިއު ޑިމޮކްރަސީ ޕާޓީ ބުނީ ރައްޔިތުންނާއި އެރައްޔިތުންގެ މުދާ ރައްކާތެރިކުރުމުގެ ޤާބިލްކަން ސަރުކާރުގެ ކިބައިގައި ނެތް ކަމަށެވެ. ކޮންޒަވޭޓިވް ޕާޓީއިން ވަނީ އަލިފާން ނިވާ މީހުން އެކަށީގެންވާ މިންވަރަށް ތިބިތޯ ސުވާލު އުފައްދާފައެވެ. އަދި ސޯޝަލިސްޓް ޕާޓީއިން ވަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އެހެން ނަމަވެސް އަދި އެއްވެސް ވަޒީރެއް އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އެޕާޓީއިން ސަރުކާރު ސިފަކުރީ ނުރައްކާތެރި ބައެއްގެ ގޮތުގައެވެ. 

ސެޓެލައިޓް ފޮޓޯތައް ދައްކާ ގޮތުން ގްރީސްގެ ވެރިރަށް އެތެންސް ހިމެނޭ ސަރަހައްދުތަކުގައި ހޯމަ ދުވަހު 13 އަލިފާންގަނޑެއް ރޯވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް ބެލެވެއެވެ. މިއީ ގަސްދުގައި ބަޔަކު ކުރިކަމެއް ކަމަށް ބެލެވޭ އެއް ސަބަބަކީ އަލިފާންގަނޑު ފެތުރިގެން ދިޔަ ސްޕީޑާއި، އެއްފަހަރާއި އެތައް ތަނެެއްގައި ރޯވުމެވެ. އަދި ބައެއް ސަރަހައްދުތަކުގައި އަލިފާންގަނޑު ފެތުރިގެން ދިޔަ އެއް ސަބަބަކަށްވެފައިވަނީ އެސަރަހައްދުތަކުގައި ގެތައް އިމާރާތްކޮށްފައި ހުރި ގޮތުންނެވެ. އޭގެ ސަބަބުން އަލިފާންގަނޑުން ސަލާމަތްވެގެން ރައްކާތެރި ހިސާބުތަކަށް ދިޔުމަށްވެސް ހުރަސްތަކެއް ކުރިމަތިވިއެވެ. 

އަލިފާނުގެ ސަބަބުން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި، ގެދޮރު ގެއްލުނު މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ޕްލޭންތަކެއް އެކުލަވާލާފައެވެ. އެގޮތުން މަރުވި މީހުންގެ އާއިލާތަކަށް 10 ހާސް ޔޫރޯގެ ފައިސާގެ އެހީއަކާއި، އެމީހުންގެ އަނބިދަރިންނަށް ސަރުކާރުގެ ވަޒީފާއާއި އެހެނިހެން އެހީވަނީ ހަމަޖައްސާފައެވެ. 

އަލިފާނުގެ ސަބަބުން ރޯވެ، ބިމާހަމަވެފައިވާ ގެތަކުގެ ދަށުގައި އެއްވެސް މީހަކު ނުވަތަ ހަށިގަނޑެއް ވޭތޯ ބެލުމަށް އަލިފާން ނިވާ މީހުންނާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުކުރު ދުވަހުވެސް މަސައްކަތްކުރިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް