22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އެމެރިކާ - ރަޝިއާ

ރަޝިއާގެ ރައީސް އެމެރިކާއަށް ވަނޑައިގަންނަވަން ތައްޔާރު، އަދި ޓުރަމްޕް އެގައުމަށް ގެންނަން ވެސް ތައްޔާރު!!!

  • އެމެރިކާއާއި ރަޝިއާގެ ގުޅުން ވަނީ ރަނގަޅުވެފައި
  • ޓްރަމްޕް ވެސް ވަނީ ރަޝިއާގެ ރައީސް އެމެރިކާއަށް ވަޑައިގެންވުމަށް ދައުވަތު ދެއްވާފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 28 ޖުލައި 2018 | ހޮނިހިރު 17:03 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


ރަޝިއާގެ ރައީސް ޕޫޓިންއާއި އެމެރިކާގެ ރައީސް ޓްރަމްޕް ސަލާމް ކުރަށްވަނީ -- އާކައިވް

އެމެރިކާއަށް ވަނޑައިގަންނަވަން ތައްޔާރު ކަމަށް ރަޝިއާގެ ރައީސް ޕޫޓީން ވިދާޅުވެއްޖެއެވެ. އަދި އެމަނިކުފާނު ވަނީ އެމެރިކާގެ ރައީސް ޓްރަމްޕަށް ރަޝިއާއަށް ވަޑައިގަތުމުގެ ދައުވަތު ވެސް ދެއްވާފައެވެ.

ދުޝްމަނެއްގެ ގޮތުގައި ދެކެމުން އައި ރަޝިއާއާ އެމެރިކާގެ ގުޅުން ބަދަހިކޮށްފައިވާ އިރު، ކުޑަ ދުވަސްކޮޅެއްގެ ކުރިން ދެ ގައުމުގެ ވެރިން ވަނީ ފިންލޭންޑުގައި ބައްދަލު ކުރަށްވާފައެވެ. އަދި އެކަހެރިކޮށް ގިނައިރުތަކެއް ވަންދެން މަޝްވަރާ ވެސް ކުރައްވާފައެވެ.

ރައީސް ޕޫޓިން ވިދާޅުވީ ރަޝިއާ އިން ވަނީ ޓުރަމްޕް އެގައުމަށް ގެންނަވައިގެން ބައްދަލު ކުރެއްވޭ ކަހަލަ މާހައުލެއް އުފައްދާފައިވާ ކަމަށެވެ. އަދި ފިންލޭންޑްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ޓުރަމްޕަށް އެގައުމަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު ދެއްވައިފައިވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސް ވިދާޅުވީ ރައީސް ޓްރަމްޕް ރަޝިއާއަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، މަޑުއެކުރައްވަނީ ރަސްމީކޮށް ދައުވަތު ލިބެވަޑއިގަންނަވަންދެން ކަމަށެވެ.

ޕޫޓިން ދައުވަތު ދެއްވުމުގެ ކުރިން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޕޫޓިންއަށް އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތު ވެސް ދެއްވާފައެވެ. ނަމަވެސް އެމެރިކާގެ ފަހުގެ އިންތިޚާބުގައި ރަޝިއާ އިން ނުފޫޒު ފޯރުވިކަމުގެ ތަހްގީގު ހިނގަމުންދާތީ ބައްދަލު ކުރެއްވުމަށް އެރުވި ދައުވަތުގެ ތާރީޚް އަންނަ އަހަރަށް ވަނީ ފަސް ކުރަށްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް