16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބާސެލޯނާ

ބާސާއަށް އިތުރު ކުޅުންތެރިން ގެންނާނެ ކަމުގެ އިޝާރާތެއް ވަލްވާޑޭ ދީފި

  • ބާސާއިން ވަނީ އައު ތިން ކުޅުންތެރިޔަކު ގެނެސްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 28 ޖުލައި 2018 | ހޮނިހިރު 15:57 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ - އައު ކުޅުންތެރިން ގެންނާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައި -- ގެޓީ އިމޭޖާސް

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއަށް އިތުރު ކުޅުންތެރިން ގެންނާނެ ކަމުގެ އިޝާރާތެއް އެކްލަބްގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ދީފިއެވެ.

ބާސާއިން ވަނި މިހާރު ވެސް އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. އެގޮތުން އެޓީމުން ވަނީ ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް އާއި ބްރެޒިލްގެ މިޑްފީލްޑަރު އާތުރުގެ އިތުރުން ބްރެޒިލްގެ ފޯވާޑް މެލްކޮމް އެޓީމަށް ގެނެސްފައެވެ. ބާސާއިން މިހާތަނަށް އެކްލަބަށް ގެނެސްފައި ވަނީ ޒުވާން ކުޅުންތެރިންނަށްވާއިރު މިއީ ކުރިމަގަށް އެކްލަބުން ކުރާ އިންވެސްޓްމެންޓެއް ކަމަށް ބެލެވެއެވެ. އެގޮތުން އެކްލަބުގައި ތިބި އުމުރުން ދުވަސްވީ ކުޅުންތެރިން ކަމަށްވާ އަންދްރޭސް އިނިއެސްޓާ އަދި ޕައުލީނިއޯ ވަނީ އެހެން ޓީމުތަކަށް ބަދަލުވެފައެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ ކޮންމެ ކަމެއް ވެސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިޑްފީލްޑުން ވަރަށް މުހިންމު ކުޅުންތެރިން ދިޔުމާއެކު ސީޒަން ފެށުމުގެ ކުރިން އިތުރު ކުޅުންތެރިން އަދިވެސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޕައުލީނިއޯ އަދި އިނިއެސްޓާ ނެތްކަން ބަލައިގަނެގެން ސްކޮޑް ބިނާކުރާނެ ކަމަށާއި ވީހާވެސް ވާދަވެރިކަން ބޮޑު ސްކޮޑެއް ބިނާކުރަން ބޭނުންވާ ކަމަށެވެ.

ވަލްވާޑޭ ބުނީ ކުޅުންތެރިން ގެންނަނީ ހަމައެކަނި އޭނާގެ ވިސްނުމަކަށް ނޫން ކަމަށާއި އެއީ ކްލަބްގެ މެނޭޖްމަންޓުގެ ނިންމުންތަކެއް ވެސް އޮންނަ ކަމެއް ކަމަށެވެ. ބޭނުންވަނީ ބާސާގެ ސްޓައިލްގައި ކުޅެވޭ ކުޅުންތެރިން ކަމަށާއި މެދުތެރެ ވަރުގަދަ ކުރަން އިތުރު ކުޅުންތެރިން ޓީމަށް ގެންނަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ނިމިގެންދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ޓީމުތަކަށް ކުޅުނު ކުޅުންތެރިން ވެސް ތިބޭނެ ކަމަށާއި ހަމައެހެންމެ ޒުވާން ޓީމުގެ ކުޅުންތެރިން ވެސް ސްކޮޑްގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ބާސާއިން އަންނަނީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މިހާރު ވާދަކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް