
| 28 ޖުލައި 2018 | ހޮނިހިރު 15:32 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޕާކިސްތާނުގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލާވާލުމަށްޓަކައި ކުޑަ ޕާޓީތަކާއި، ހޮނިހިރު ދުވަހު މަޝްވަރާތައް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް 116 ގޮނޑި އިހައްދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ލިބިފައިވާއިރު މިއީ އިމްރާންޚާންގެ ޕާޓީ އަށް އެކަނި ސަރުކާރެއް އެކުލަވާލެވޭނެ މިންވަރެއް ނޫނެެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމާޓަކައި 137 ގޮނޑި ބޭނުންވެއެވެ.
ޕާކިސްތާނުގެ އިލެކްޓޯރަލް ކޮމިޝަނުން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން 16.86 މިލިއަން ވޯޓު ހޯދާފައިވާއިރު، އެ ޕާޓީއާ އެންމެ ގާތުން ވާދަކުރެއްވި، ޖަލުގައި ހުކުމެއްގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އަށް ލިބިފައި ވަނީ 12.89 މިލިއަން ވޯޓެވެ.
ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ ކަންކަން ހިނގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އެކުލަވާލާގާނޫނު ހަދާ އާ މަޖިލިސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާއާ މެދު ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ. ގައުމުގެ ޑިމޮކްރަސީއަށްޓަކައި އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނެ ކަަމަށް ޕީއެމްއެލް-އެން ޕާޓީ އިން ބުނެއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފައި ވަނީ އާއްމު އިންތިޚާބުގެ ކުރިން، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ސިޔާސީ ހަރަކާތް ހިންގުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ފާޑުކިޔާފައެވެ. އެމެރިކާ އިން ވެސް ވަނީ ހަމަ މިމޭރުމުން ފާޑުކިޔާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް