20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އިންޑިއާގެ ބޮޑުވަޒީރު

ވެރިކަމުގެ ފަހު ދުވަސްކޮޅު 8.7 ބިލިއަން ޑޮލަރުގެ ޕްރޮޖެކްތަކެއް ފައްޓަވަން މޯދީ ނިންމައިފި

  • ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާނެ
  • އާންމުންނާއި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ބައްދަލު ކުރައްވާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 28 ޖުލައި 2018 | ހޮނިހިރު 12:58 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


އިންޑިއާގެ ބޮޑުވަޒީރު މޯދީ އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހުއާ އެއްކޮށް -- އޭއެފްޕީ

ބަރުލަމާނީ ވެރިކަން ކުރާ އިންޑިއާގެ ގާނޫނު ހަދާ މަޖްލީހުގެ އިންތިޚާބު ބާއްވާ ތާރީޚް ކައިރިވެފައި ވަނިކޮށް 8.7 ބިލިއަން ޑޮލަރުގެ ޕްރޮޖެކްތަކެއް ފައްޓަވަން އިންޑިއާގެ ބޮޑުވަޒީރު ނަރަންދްރާ މޯދީ ނިންމަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ހޮނިހިރު ދުވަހު ތާޖްމަހަލް ހުންނަ އުއްތާ ޕްރަޑޭޝްގެ މައި ސިޓީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ފުޅުގައި 8.7 ބިލިއަން ޑޮލަރު ޕްރޮޖެކްތަކުގެ ބިންގާ އަޅުއްވައި ދެއްވުމަށް ވަނީ ނިންމަވައިފައެވެ. އަދި އެ ދަތުރުފުޅުގައި އުމްރާނީ ތަރައްގީ ގެނައުމާ ބެހޭ ޚާއްސަ އިވެންޓަކަށް ދާން ވެސް ތައްޔާރުވެފައިވާ ކަމަށާއި ސަރުކާރުން ހިންގާ މަޝްރޫއު ޕީއެމްއޭވައި – ގެދޮރު ނެތް އާންމުންނަށް، ގެދޮރު ފޯރު ކޮށްދިނުމުގެ ޕްރޮޖެކްޓުގައި އުއްތާ ޕްރަދޭޝްގެ އެކި ސަރަހައްދުތަކުން ގެދޮރު ލިބުނު މީހުންނާ ވީޑިއޯ ކޮންފަރަންސްއަކުން ބައްދަލު ކުރުމަށް ވެސް ހަމަޖެހިފައި ކަމަށް ވަނީ ބުނެފައެވެ.

ސަރުކާރުން އުމްރާނީ ތަރައްގީ ޔަގީން ކުރުމަށް ހިންގާ ތިން މަޝްރޫއުއަށް މިއަހަރަށް ތިން އަހަރުފުރޭއިރު، އޭގެ އެނިވާސަރީ ފާހަގަ ކުރުން ވެސް އެ ދަތުރުގައި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

އެ ސިޓީގައި ބާއްވާ ޚާއްސަ އިވެންޓަށް ދާއިރާތަކުގެ ފުންނާބު އުސް 1500 ލީޑަރުންނާއި، އިންވެސްޓަރުންނާއި، ބޭންކަރުންނާއި، ބޭރުގެ ފަރާތްތަކާއި، ޔޫނިއަންތަކުގެ މެމްބަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ ސަރުކާރުން އެ ދަތުރު ސިފަ ކުރަނީ "އާދަޔާ ޚިލާފަށް" ބޮޑު، އަދި މުހިންމު ނިންމުންތައް ނިންމާނެ އިވެންޓެއްގެ ގޮތުގައެވެ.

އާންމުން ދެކޭގޮތުގައި މިއީ 2019 ވަނަ އަހަރު އޮންނަ ގާނޫނީ ހަދާ މަޖްލީސް އިންތިޚާބުގައި ނަރެންދަ މޯދީގެ ބީޖޭޕީ ޕާޓީއަށް ވޯޓު ހޯދުމަށް ކުރާ ކަމެކެވެ. އިންޑިއާގެ ވެރިކަން ކުރާ ނިޒާމް އޮންނަ ގޮތުން ބޮޑުވަޒީރުކަމަށް އާދެވޭނީ ގާނޫނު ހަދާ މަޖްލީހުގެ ފުރިހަމަ އަގްލިބައްޔަތު ލިބޭ ޕާޓީއަކަށް ނުވަތަ ފުރިހަމަ އަގުލަބިއްޔަތު ލިބޭ ކޯލިޝަނަކުން އިޚްތިޔާރު ކުރާ މީހެކެވެ. އަދި އޭނާ ވާންޖެހޭނީ ގާނޫނު ހަދާ މަޖްލީހުގެ ވެސް މެމްބަރަކަށެވެ. 

ބޮޑުވަޒީރު މޯދީ ވެރިކަމުގައި އިންޑިއާގައި ގިނަ ވެފައިވާ ރޭޕް މައްސަލަތަކާ ގުޅިގެން އެތައްބައެއްގެ ފާޑު ކިޔުންތައް ވެސް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް