21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އުކާލާ ހެދުން

ބޭނުން ނެތިގެން އުކާލާ އަންނައުނަށް ހަދާ ގޮތް އިނގޭތަ؟

  • ބޭނުން ނެތިގެން އުކާލާ އަންނައުނުތައް އިންޑިއާ އަށް ފޮނުވަނީ
ސިމާހާ ނަސީމް | sim_kamana

| 28 ޖުލައި 2018 | ހޮނިހިރު 12:56 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ބޭނުންނެތިގެން އުކާލާފައިވާ އަންނައުނު -- ބީބީސީ

ހުޅަނގުގެ ޤައުމުތަކުގައި އާންމު ގޮތެއްގައި ބޭނުން ނު ކުރާ އަންނައުނު އެކި ޗެރިޓީތަކަށް ހަދިޔާ ކުރެއެވެ. އަދި އެ ޗެރިޓީތަކުގައި ހަރަކާތްތެރިވާ މީހުން ފަޤީރުންނަށް އެ އަންނައުނުތައް ބަހައެވެ.

އެހެން ނަމަވެސް އެ ޤައުމުތަކުން ބޭނުން ނެތިގެން އުކާލާ އަންނައުނުތައް އިންޑިއާ އަށް ފޮނުވައެވެ. އެންމެ ގިނައިން އެކަހަލަ އަންނައުނުތައް ފޮނުވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ޕަނީފަތު އަށެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ހާސް ޓަނުގެ ހެދުން އެމެރިކާ އާއި އިނގިރޭސިވިލާތުން އެ ސިޓީއަށް ފޮނުވައެވެ.

އިންޑިއާއަށް އިމްޕޯޓް ކުރާ އަންނައުނުތައް ދެ ކެޓަގަރީއެއްގެ ދަށުން އިމްޕޯޓް ކުރެވިގެންދެއެވެ. އެއީ "މިއުޓިލޭޓަޑް" އާއި "ވެއާރަބަލް" ކެޓަގަރީއެވެ. "ވެއާރަބަލް" ކެޓަގަރީގެ ދަށުން އަންނައުނު އިމްޕޯޓް ކުރާ ފަރާތްތަކުން އިންޑިއާގެ ސަރުކާރުން ލައިސެންސް ބޭނުންވެއެވެ. އަދި އެ ޤައުމުގެ ސަރުކާރުން ލައިސެންސް ދޫކުރަނީ އަންނައުނުތައް ގެންނަ ފަރާތްތަކުން އިންޑިއާގައި އެ އަންނައުނުތައް ނުވިއްކާ ރީއެކްސްޕޯޓް ކުރާނެ ކަމުގެ ޔަޤީންކަން ދިނުމުންނެވެ.

އެހެން ނަމަވެސް "މިއުޓިލޭޓަޑް" ކެޓަގަރީގެ ދަށުން އަންނައުނު އިމްޕޯޓްކުރާ ފަރާތްތަކަށް ލައިސެންސްއެއް ބޭނުމެއް ނުވާނެއެވެ. އެ ކެޓަގަރީގެ ދަށުން އަންނައުނު ގެންނަ ފަރާތަކުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފުރަތަމަ އެ ތަނަށް އަންނައުނުތައް ގެނައުމުން، އެ ކުންފުނީގައި މަސައްކަތް ކުރާ ލޭބަރުން އަންނައުނުތަކުގައި ހުންނަ ގޮށްތަކާއި ޒިބުތަކާއި ލޭބަލްތަކާ އެއްޗެހި ނައްޓާ ހަދާ ކަމަށެވެ. އަދި އެއަށް ފަހު އެ އަންނައުނުތަކުގެ ކުލަތައް ވަކިކޮށް ތަރުތީބު ކުރާ ކަމަށެވެ. .

ކުޑަ މެޝިނަކަށް ލުމަށް ފަހު އެ އަންނައުނުތައް ކުދި ކުރާ ކަމަށާއި އޭގެ ފަހުން ބޮޑު މެޝިނަކަށް އެ އަންނައުނުތައް ލުމަށް ފަހު ވޫލް، ސިލްކް، އަދި ކަފަ މެޝިނަށް ލުމަށް ފަހު ޕްރޮސެސް ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ މެޝިންތަކުގެ ޒަރިއްޔާ އިން ރަޖާތައް އުފައްދައެވެ.

އެ ރަޖާތައް ކުޑަ އަގުގައި ވިއްކަމުންދާއިރު ދިމާވާ އެކި ކާރިޘާތަކުގައި އެ ރަޖާތައް ބޭނުން ކުރުމުންދާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު ބޭނުންކޮށްފައިވާ އަންނައުނުތައް އިމްޕޯޓް ކުރުމުގައި ޕާކިސްތާން އަދި ރަޝިއާއަށް ވުރެ ވެސް ކުރީގައި އުޅޭނީ އިންޑިއާއެވެ.      

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް