17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މޮބައިލް މިސްކިތް

ޖަޕާނުން އުފެއްދި މޮބައިލް މިސްކިތަށް މުސްލިމުން މަރުހަބާ ކިޔައިފި

  • މޮބައިލް މިސްކިތް އުފެއްދީ 2020 ގައި އޮންނަ އޮލިމްޕިކް ކުޅިވަރު މުބާރާތަށް އަމާޒުކޮށް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 28 ޖުލައި 2018 | ހޮނިހިރު 09:54 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ޖަޕާނުން އުފެއްދި ފުރަތަމަ މޮބައިލް މިސްކިތް -- ގޫގުލް

އަޅުކަންކުރާ މިސްކިތްތައް މަދު ޖަޕާނުގައި 2020 ވަނަ އަހަރު ބާއްވާ ސަމާ އޮލިމްޕިކްސް އަށް، އެ ގައުމަށް އަންނަ މުސްލިމުންނަށް ޚާއްސަކޮށްގެން އުފެއްދި މޮބައިލް މިސްކިތްތަކަށް މުސްލިމުންގެ ބޮޑު ތަރުހީބެއް ލިބި މަރުހަބާ ކިޔައިފިއެވެ.

ޓޯކިޔޯ ސްޕޯޓްސް އެންޑް ކަލްޗަރަލް އިވެންޓްސް ކޮމްޕެނީން ބުނީ އެ މިސްކިތް އުފެއްދީ 2020 ވަނަ އަހަރު އެގައުމަށް ޒިޔާރަތް ކުރާނެ މުސްލިމުންނަށް އެންމެ ފުރިހަމައަށް މެހްމާންދާރީ އަދާކުރުމަށް ކަމަށެވެ.

އެ ގައުމަށް އެ އަހަރު ޒިޔާރަތް ކުރާ މުސްލިމް މެހެމާނުންނަށް އެކަށީގެންވާ އަދަދަށް ޖަޕާނުގައި މިސްކިތް ނެތުމުގެ ބިރު އެބަ އޮތް ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ މޯބައިލް މިސްކިތްތައް އޮލިމްޕިކްސްގެ އެކި ވެނިއުތަކުގައި ބޭނުން ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެ ކަމަށް ޚާއްސަކޮށް ތައްޔާރުކުރާ ފުރަތަމަ މޯބައިލް މިސްކިތް ވަނީ މި ހަފުތާގައި، ޓޮޔޯޓާ ސްޓޭޑިއަމްގެ ބޭރުގައި ދައްކާލައިފައެވެ. ފަންސަވީސް ޓަނުގެ "ރިކްރިއޭޝަނަލް ވެހިކަލް" މިސްކިތުގެ ދެ އަރިމަތި ބޭރަށް ނެރެފައިވާ އިރު 48 އަކަމީޓަރުގެ ޖާގަ ލިބެއެވެ.

އެ ވެހިކަލްގައި ގާއިމްކޮށްފައިވާ މިސްކިތުގައި ގާތްގަނޑަކަށް 50 މީހުންނަށް ނަމާދު ކުރެވެއެވެ. ވެހިކަލް މިސްކިތުގެ ބޭރުގައި ވަނީ ވުޟޫކުރާ ތަނެއް ވެސް ހަދާފައެވެ.

ޖަޕާނުގައި ގާތްގަނޑަކަށް 100،000 އާއި 200،000 އާ ދެމެދުގެ އަދަދަކަށް ދިރިއުޅޭ މުސްލިމުންގެ އިތުރުން މުސްލިމް ފަތުރުވެރިންނަށް އޭގެ ޚިދުމަށް ވަރަށް މުހިއްމުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް