19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޔަމަން ހަނގުރާމަ

ޔަމަނުގެ ހުދައިދާއަށް ސަައުދީ އާއި ޔޫއޭއީން ހަމަލާދީފި

  • ހުދައިދާއަކީ 6 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެއް
އަބުދުﷲ މުހައްމަދު | 8Abbo

| 28 ޖުލައި 2018 | ހޮނިހިރު 08:53 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ހުދައިދާ ބަނދަރަކީ ޔަމަނަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ 70 އިންސައްތަ އެތެރެކުރާ ބަނދަރު -- ސުޕުނިޓްނިކް އިންޓަނޭޝަނަލް

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ނިސްބަތްވާ އަސްކަރީ މަތިންދާބޯޓްތަކުން ޔަމަނުގެ ހުދައިދާގައި ތިބި ހޫޘީ ހަނގުރާމަވެރިންނަށް ހަމަލާތަކެއް ދީފިއެވެ.

ހޫޘީން ހިންގާ އަލް މައިސަރާ ޓީވީ އިން ހުކުރު ދުވަހު ސިލްސިލާކޮށް ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ ސައުދީ އާއި ގުޅިފައިވާ ފައުޖުން ވައިގެ މަގުން ދިން ހަމަލާތައް ރެޑްސީ ސިޓީގައި ހުރި ރޭޑިއޯ ސްޓޭޝަނަކަށާއި މަސްވެރިކަން ކުރުމަށް އަޅާފައި އޮންނަ ފާލަމަކަށް އަމާޒުވި ކަމަށެވެ.

ހުދެއިދާގައި ސައުދީ ކޯލިޝަނުގެ އަސްކަރީ އޮޕަރޭޝަން އަލުން ފަށާފައި މިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މައި އެއަރޕޯޓަށް ދިން ޑްރޯން ހަމަލާގެ ޒިންމާ ހޫސީން އުފުލިތާ އެއް ދުވަހުގެ ތެރޭގައެވެ.

އަލް މައިސަރާ ޓީވީ ޗެނަލް އިން ބުނާ ގޮތުގައި ސައްމާދު 3 މަރުކާގެ ޑްރޯންއަކުން ވަނީ އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތިން ފަހަރެއްގެ މަތިން ހަމަލާދީފައެވެ.

އަބޫދާބީ އެއަރޕޯޓުން ވަނީ ސަޕްލައި ވެހިކަލެއްގައި ހާދިސާއެއް ހިނގާފައިވާ ކަމަށާއި ނަމަވެސް އޮޕަރޭޝަނަށް ބުރުލެއް އަރާފައިވާ ނުވާ ކަމަށް ބުނެ ބުރާސްފަތި ދުވަހު ޓްވީޓެއްކޮށްފައެވެ.

ހޫޘީ އަސްކަރިއްޔާގެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އަބޫދާބީ އެއަރޕޯޓާ ހަމައަށް ފޯރުމުގެ ކުރިން 1،500 ކިލޯމީޓަރުދުރުން އުދުހިފައިވެއެވެ.

ހުދައިދާއަކީ ހަ ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގެ ބަނދަރަކީ ޔަމަނަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ 70 އިންސައްތަ އެތެރެކުރާ ބަނދަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް