17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޕާކިސްތާންް

ނަވާޒް ޝަރީފު ބަލި ގަބޫލު ކުރައްވައިފި

  • ޕާކިސްތާނުގެ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވީ އިމްރާން ޚާން ގެ ޕާޓީ، ޕާކިސްތާން ތަހްރީކީ އިންސާފް
އަހުމަދު އަނޫޝު | IamAhmedAnoosh

| 27 ޖުލައި 2018 | ހުކުރު 22:26 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް -- ގޫގުލް

ޕާކިސްތާނުގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި އިމްރާން ޚާން އާ އެންމެ ގާތުން ވާދަކުރެއްވި، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕާޓީން ބަލި ގަބޫލުކޮށްފިއެވެ. 

އިމްރާން ހާންގެ ޕާޓީއާ އެންމެ ވާދަ ކުރި ޕާޓީއަކީ މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ކަމަށްވާއިރު، ނަވާޒް ޝަރީފް ވިދާޅުވީ ޕާކިސްތާނުގައި އެކުލަވާލާ އާ ގާނޫނު ހަދާ މަޖިލިސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާނެ ކަމަށާއި އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާއާ މެދު ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ. 

ނަވާޒް ޝަރީފްގެ ޕީއެމްއެލް-ޕާޓީގެ އިސް އޮފިޝަލަކު ބަލި ގަބޫލުކުރައްވިކަން ހާމަކުރައްވާ ވިދާޅުވީ އާއްުމު އިންތިޚާބުގެ ނަތީޖާ ގައުމުގެ ޑިމޮކްރަސީ އަށްޓަކާ ގަބޫލު ކުރައްވާ ކަމަށެވެ. 

ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް މިހާތަނަށް ގުނާ ނިމިފައިވާ ވޯޓުތަކުން، ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އެ ޕާޓީ އިން ވަނީ ކާމިޔާބީ އިއުލާންކޮށްފައެވެ. ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ބުނަމުން ދަނީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު، އިމްރާން ޚާން ގެ ޕާޓީ އިން ގާނޫނު ހަދާ މަޖިލީހުގެ 114 ގޮނޑި ހޯދައިފައިވާއިރު، ނަވާޒް ޝަރީފުގެ ޕާޓީ އިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 65 ގޮނޑި ހޯދާފައެވެ. އަދި ތިން ވަނާގައި އޮތީ އަވާހަރަކޮށްލެވިފައިވާ ޕީޕީޕީ، ނުވަތަ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާޓީއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި މަޖިލީހުގެ މެޖޯރިޓީ ހޯދާ، އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމާޓަކާ 137 ގޮނޑި ބޭނުންވެއެވެ. ނަމަވެސް އިމްރާން ޚާންގެ ޕާޓީއަށް އަދި ގުނާނިމިފައިވާ ވޯޓުތަކުން ލިބިފައި ވަނީ 114 ގޮނޑިކަމަށްވާއިރު އެ ޕާޓީ ޖެހޭނީ ކޯލިޝަން ސަރުކާރެއް އުފައްދަން ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް