19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ހިންދީ ފިލްމް "ރައީސް"

ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން

  • މިއީ އަހަރެންގެވެސް ފިލްމެއް، އެހެންކަމުން ފިލްމުގެ ޕްރޮމޯޝަންގައި ބައިވެރިވާން އިންތިހާއަށް ބޭނުންވޭ: މާހިރާ ޚާން
  • ޝާހުރުކް ޚާން އާއެކު މަސައްކަތްކުރުން ވެގެން ދިޔައީ ހުވަފެނެއް ޙަޤީޤަތަކަށް ވުން ކަހަލަ ކަމަކަށް: މާހިރާ ޚާން
އާލާ އިބުރާހިމް | aalu_aala

| 24 ޖެނުއަރީ 2017 | އަންގާރަ 16:09 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


ފިލްމު ރައީސްގެ މަންޒަރެއްގައި ޝާހުރުކްއާއެކު މާހިރާ ޚާން -- ގޫގުލް

"ރައީސް" ގެ ޕްރޮމޯޝަން މަސައްކަތްތަކުގައި ޝާހުރުކްއާ އެކު ބައިވެރި ނުވެވުނީތީ ދެރަވާ ކަމަށް ފިލްމުގެ ލީޑް އެކްޓްރެސް މާހިރާ ޚާން ބުނެފިއެވެ.

މިމަހު 25ގައި (މާދަމާ) ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ރައީސް" ގެ ޕްރޮމޯޝަން މަސައްކަތްތަކުގައި ޝާހުރުކް އަވަދިނެތި އުޅޭއިރު، އެކަމުގައި ބައިވެރިނުވެވުމުގެ ހިތާމަ އިންތިހާއަށް ކުރާ ކަމަށް ފިލްމުގައި ޝާހުރުކްއާ އެކު ފެނިގެންދާ ޕާކިސްތާނު އެކްޓްރެސް މާހިރާ ޚާން ބުނެއެވެ. ތަފާތު އެކި ޕްލެޓްފޯމްތަކުގައި ފިލްމުގެ ޕްރޮމޯޝަންތައް ޝާހުރުކް ޖައްސަމުން ގެންދާއިރު، ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މާހިރާ ޚާންއަށް އިންޑިޔާއަށް ދިއުމަށް ވަނީ ހުރަސް އެޅިފައެވެ.

 

އިންޓަނޭޝަނަލް ޑެއިލީ ނޫހަށް މާހިރާ ޚާން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، "ރައީސް"ގެ މަސައްކަތްތަކާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށާއި އެހެންނަމަވެސް، ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކުގައި ވެސް ބައިވެރިވާން ބޭނުންވާ ކަމަށެވެ. އަދި ފިލްމާ ގުޅޭ ގޮތުން ޝާހުރުކް ދޭ އިންޓަވިއުތަކުގައި އޭނާ ވެސް ބައިވެރިވާން ބޭނުންވާކަން ފާހަގަކުރަމުން މާހިރާ ޚާން ބުނީ މިއީ އޭނާގެ ވެސް ފިލްމެއް ކަމަށެވެ.

 

"ރައީސް" ގައި ޝާހުއާއެކު މަސައްކަތް ކުރުން ވެގެން ދިޔައީ ހުވަފެނެއް ޙަޤީޤަތަކަށް ވެގެން ދިއުން ކަހަލަ ކަމަކަށް ކަމަށް މާހިރާ ޚާން ބުންޏެވެ. އަދި ފިލްމުގެ މަންޒަރުތައް ނެގުމުގައި އެތައް ގޮތަކުން ޝާހުރުކް އެހީތެރިވިކަން ފާހަގަކުރަމުން މާހިރާ ބުނީ، ޝާހުރުކް އަކީ "ޖާދޫ" ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް