14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

އެމްއެމްއޭ

އެމްއެމްއޭ އިން ހަނދާނީ ފައިސާ ފޮއްޗެއް ނެރެފި

  • ފައިސާ ފޮތި ނެރެފައިވަނީ ޖުމްހޫރީ 50 ފާހަގަކުރުމުގެ ގޮތުން
  • ފައިސާ ފޮތި މަރުކަޒީ ބޭންކުން ވިއްކަމުންދާނެ
ސިމާހާ ނަސީމް | sim_kamana

| 27 ޖުލައި 2018 | ހުކުރު 14:11 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


އެމްއެމްއޭ އިން ނެރުނު ހަނދާނީ ފައިސާ ފޮތި -- އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދަނީ ފައިސާ ފޮއްޗެއް ނެރެފިއެވެ.

ޖުލައި 26 ވަނަ ދުވަހު މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސާ ފޮތި ނެރެއްވައި ދެއްވީ ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއެވެ.

އެމްއެމްއޭގެ ފަރާތުން ބުނީ މިނިވަން ދުވަހު މި ފައިސާ ފޮތި ނެރުނު ނަމަވެސް މި ފައިސާ ފޮތި ނެރެފައިވަނީ ޖުމްހޫރީ 50 ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

އެމްއެމްއޭ އިން ނެރެފައިވާ ފައިސާ ފޮތީގެ މޫނުމަތީ އަގަކީ 150 ރުފިޔާއެވެ. އަދި 925 ގްރާމް ރިހި މައުދަނުގައި ހުންނައިރު މި ފައިސާ ފޮތި ވަނީ ރަން ޕްލޭޓް ކުރެވިފައެވެ. ފައިސާ ފޮތީގެ ބަރުދަނުގައި 28.28 ގްރާމް ހުރިއިރު ޑައިމީޓަރުގައި ހުންނަނީ 38.61 މިލިމީޓަރެވެ.

އެމްއެމްއޭ އިން އިތުރަށް ބުނީ މި ފައިސާ ފޮތި މަރުކަޒީ ބޭންކުން ވިއްކަމުންދާނެ ކަމަށާއި ފައިސާ ފޮތި ވިއްކާނެ އަގު 29 ޖުލައިގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް