23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ދިރާގު

ދުނިޔޭގައި މަޝްހޫރު ކޮފީ އިވެންޓެއް ރާއްޖޭގައި، ދިރާގުން ބާއްވަނީ

  • އިވެންޓް އޮންނާނީ ސެޕްޓެމްބަރު 7 ގައި
  • މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާއަށް ދިއުމުގެ ފުުރުސަތު
ސިމާހާ ނަސީމް | sim_kamana

| 27 ޖުލައި 2018 | ހުކުރު 13:24 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ދިރާގާއި ލެބް ރޯސްޓަރސްގެ އިސްވެރިން -- ދިރާގު

ދިރާގާއި ކޮފީ ލެބް ރޯސްޓަރސް އިން އިންތިޒާމު ކޮށްގެން ދުނިޔޭގައި މަޝްހޫރު ކޮފީ އިވެންޓެއް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

'ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018" ގެ "ދަ ރިންގ ފޯރ ކޮފީ ލަވަރސް" ބޭއްވުމަށް ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރަސްރަނި ބަގީޗާގައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މިފަދަ އެންމެ ބޮޑު ކޮފީ އިވެންޓެވެ. މި އިވެންޓުގައި 'ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018' ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނަކުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަރ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިންގ) ފަދަ ސްޕެޝިއަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެންމެ ފުރަތަމަ 2010 ވަނަ އަހަރު ލަންޑަންގައި ފެށި މި މުބާރާތް ކޮންމެ އަހަރަކު ވެސް ތަފާތު ޤައުމެއްގެ ތަފާތު ސިޓީއެއްގައި ދަނީ ބާއްވަމުންނެވެ. އަދި މިއަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ޤައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެއެވެ. ރާއްޖޭގައި ބާއްވާ މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދިރާގުގެ އެހީގައި ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސެޕްޓެމްބަރު 7 ގައި މި އިވެންޓް ބޭއްވުމުގެ ކުރިން އޭރޯޕްރެސް އިން ކޮފީ ހެދުމުގެ ޕަބްލިކް ވޯކްޝޮޕްތަކެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން މި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:

19 ޖުލައި – ފެމިލީރޫމް ކެފޭ (ހުޅުމާލެ)

16 އޮގަސްޓް – ފެމިލީރޫމް ކެފޭ (ހުޅުމާލެ)

30 އޮގަސްޓް – ދިރާގު ޕްރިމިއަރ ލައުންޖް (މާލެ)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް