19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

ޕްރިޔަންކާ 'ބާރަތު' ދޫކޮށްލާ، ނިކްއާ އެންގޭޖް ކޮށްފި

  • ބާރަތު ދޫކޮށްލިކަން ފިލްމްގެ ޑައިރެކްޓަރ ވަނީ ޔަގީން ކޮށްދީފައި
  • ބައިނަލްއަގްވާމީ މީޑިއާތަކުން ވެސް ވަނީ މި ދެ މީހުން އެންގޭޖް ކޮށްގެން އުޅޭ ކަމަށް ބުނެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 27 ޖުލައި 2018 | ހުކުރު 12:44 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް -- ގޫގުލް

ފިލްމް "ބާރަތު" ގައި ސަލްމާން ޚާނާ އެކު ލީޑްރޯލު ކުޅުމަށް ހަމަޖައްސާފައިވާ ޕްރިޔަންކާ ޗޯޕްޅާ އެ ފިލްމް ދޫކޮށްލައިފިއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމް ޕްރިޔަންކާ ދޫކޮށްލިކަން އޭނާ ވަނީ ޔަގީން ކޮށްދީފައެވެ.

އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޕްރިޔަންކާ މި ފިލްމް ނުކުޅެ، ދޫކޮށްލާފައި ވަނީ "ވަރަށް ވަރަށް ޚާއްސަ ސަބަބަކާ ހުރެ" ކަމަށާއި ޕްރިޔަންކާ އެވާހަކަ ބުނެފައި ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި އެންމެން ވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވާ ކަމަށް ޒަފަރު ވަނީ ބުނެފައެވެ. 'ބާރަތު'ގެ ޓީމުން ޕްރިޔަންކާ އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ޒަފަރުގެ ޓްވީޓްގައި ވެއެވެ.

ފާއިތުވެ ދިޔަ މަސްތަކުގައި ޕްރިޔަންކާ އާއި ނިކްގެ ލޯބީގެ ވާހަކަ ވަނީ މުޅި އިންޓަނެޓްގައި ފެތުރިގެން ގޮސްފައެވެ. ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ސައިޓްތައް ކަމަށްވާ "ޕީޕަލް" އަދި "އީ ރިޕޯޓް" ގައި ވެސް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ނިއު ޔޯކްގައި ބޭއްވި މެޓްގާލާ 2017 އިން ދިމާވި މި ދެ މީހުންގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސްފައި ވަނީ މި ހުސްވި ހަފްތާގައި ލަންޑަންގައި ޕްރިޔަންކާގެ 36 އުފަންދުވަސް ފާހަގަކުރި ހަފްލާގައެވެ. މި ހަފްލާގައި  ނިކް 25، އާއި އޭނާގެ ބޭބެ ޖޯއީ އާއި އޭނާގެ ގާލްފްރެންޑް އެކްޓްރެސް ސޯފީ ވަނީ ބައިވެރި ވެފައެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ނިކް ވަނީ އިންޑިއާއަށް ގޮސްފައެވެ. އެދަތުރުގައި ޕްރިޔަންކާގެ ކޮއްކޮ ސިދާތު އާއި ކަޒިން ޕްރިނީތީ ޗޯޕްޅާއާ އެކު ޕްރިޔަންކާ އާއި ނިކް ވަނީ ގޯއާގައި ޗުއްޓީ ހޭދަކޮށްފައެވެ. އެދަތުރުގައި ޕްރިޔަންކާ ވަނީ އޭނާގެ މަންމަ މަދޫ ޗޯޕްޅާ އަށް ނިކް ތައާރަފްކޮށްދީފައެވެ. ނަމަވެސް އޭރު މަދޫ ބުނެފައި ވަނީ ނިކްއާ ބެހޭ ގޮތުން އެއްޗެއް ބުނަން މާ އަވަސް ކަމަށެވެ. ނިކްއާއި ދިމާވެފައި ވަނީ ރޭގަނޑުގެ ކެއުމެއްގެ ތެރެއިން ކަމަށާއި އެތަނުގައި އޭނާ ނުދަންނަ ގިނަ މީހުން ތިބުމުގެ ސަބަބުން ނިކްއާ ވާހަކަދައްކަން ފުރުސަތު ނުލިބުނު ކަމަށް މަދޫ ވަނީ ބުނެފައެވެ.

ދާދި ފަހުން ނިކް އާއި ޕްރިޔަންކާ އެއްވަތަރުގެ އަނގޮނޓިއެއް އަޅައިގެން އުޅެނިކޮށް ވަނީ ފެނިފައެވެ. 

ޕްރިޔަންކާ މިވަގުތު ހުރީ އިންޑިއާގައި ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ ކުޅޭ ސޮނާލީ ބޯސްގެ ފިލްމް "ސްކައި އިޒް ޕިންކް"ގެ ގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމްގައި ޕްރިޔަންކާއާ އެކު ލީޑް ރޯލުން ފެނިގެން ދާނީ ފަރްޚާން އަޚްތަރެވެ.

"ބާރަތު" ގައި ޕްރިޔަންކާ ފެނިގެންދިޔަ ނަމަ މި ފިލްމް ވެގެންދާނީ ސަލްމާން ޚާނާ އެކު އޭނާ ކުޅޭ ހަތަރު ވަނަ ފިލްމަށެވެ. މި ދެތަރިން އެކުގައި އެންމެ ފަހުން ފެނިފައި ވަނީ މީގެ 11 އަހަރު ކުރިން ކުޅުނު ފިލްމް "ގޯޑް ތުސީ ގްރޭޓް ހޯ" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް