18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

ދަޅަކްގެ ކާމިޔާބީ ފާހަގަކޮށްފި

  • "ދަޅަކް" ގެ އަމްދަނީ ވަނީ ބޮކްސް އޮފީހުގައި 50 ކުރޯޑާ ގާތް ކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 27 ޖުލައި 2018 | ހުކުރު 09:34 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ދަޅަކްގެ ޕޯސްޓަރު -- ގޫގުލް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ދަޅަކް" ރިލީޒް ކުރިތާ ހަފްތާއެއް ވެގެން ދިޔަ އިރު ވެސް ފިލްމަށް ދަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބެމުންނެވެ.

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތަޢާރަފްވެގެން ދިޔަ "ދަޅަކް" ގެ އަމްދަނީ ވަނީ ބޮކްސް އޮފީހުގައި 50 ކުރޯޑާ ގާތް ކޮށްފައެވެ.

ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާގޮތުން މި ފިލްމަށް މިހާރު ވަނީ 48.01 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމްގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ޖާންވީ އާއި އިޝާންގެ އިތުރުން ފިލްމްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރާއި، ޑައިރެކްޓްރ ޝަޝާންކް ކެއިތަން ބައިވެރިވެފައިވާ ފޮޓޯތަކާއި ވީޑިއޯތައް ފޮޓޯގްރާފަރ މާނަވް މަންގަލަނީ ވަނީ ޝެއަރކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ދަޅަކް" ގެ ކާމިޔާބީއާ ބެހޭ ގޮތުން ޖާންވީ ބުނެފައި ވަނީ ކުރިއަށް ދިއުމަށް އަދި ވަރަށް ބޮޑުތަން އެބައޮތް ކަމަށެވެ. "ދަޅަކް" ގެ ކާމިޔާބީ އަކީ އޭނާއަށް ހުރިހާ އެއްޗެއް ނަމަވެސް އެންމެ ފިލްމެއް ކާމިޔާބު ވުމުން އޭގެ މާނައަކީ ކާމިޔާބުވުން ކަމަށް ނުދެކޭ ކަމަށް ޖާންވީ ވަނީ ބުނެފައެވެ. މީހުން ބަލައިގަންނަ އަދި މީހުންގެ އަޅާލުމާއި ލޯބި ހޯދުމަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އަދި މިއީ ފުރަތަމަ ހަރުފަތް ކަމަށް ޖާންވީ ބުންޏެވެ.

މީގެ އިތުރުން ޖާންވީ ބުނެފައި ވަނީ މީހުން ކޮށްފައި ހުންނަ ނެގެޓިވް ކޮމެންޓްތައް ކިޔާފައި ފާހާނާގައި ހުރެ ރޯކަށާއި މީހުން އެނާއަށް ކޮށްފައި ހުންނަ ތައުރީފް ފެނުމުން 100 ފަހަރު "ޔޭ" ހަދާ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

މިދިޔަ ބުދަ ދުވަހު ޖާންވީ ވަނީ  އޭނާގެ އިންސްޓަގްރާމްގައި ފޭނުންގެ ފަރާތުން ލިބޭ ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ވެސް ޖާންވީ ވަނީ "ދަޅަކް" ގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ޝަޝާންކް "ޔޭ ޖަވާނީ ހޭ ދިވާނީ" ގެ "ޗަންނާ މޭރޭޔާރ"  ލަވަ ކިޔާފައިވާ މަޖާ ވީޑިއޯ އެއްވެސް އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް