15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފޯޑް ކުންފުނި

ފޯޑް ކުންފުންޏަށް ބަދަލުތަކެއް ގެނައުމަށް 11 ބިލިއަން ޑޮލަރު ހަރަދުވާނެ

  • ކުރިއަށް އޮތް 3 އަހަރު 11 ބިލިއަން ޑޮލަރު ހަރަދުވާނެ
  • އެ ކުންފުނިން ގެންނަނީ ކޮން ބަދަލެއްކަން ހާމަ ކޮށްފައެއް ނުވޭ
ސިމާހާ ނަސީމް | sim_kamana

| 26 ޖުލައި 2018 | ބުރާސްފަތި 20:41 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ފޯޑް ކުންފުނީގެ ކާރެއް -- ގޫގުލް

ފޯޑް މޮޓާ ކުންފުންޏަށް ބަދަލުތަކެއް ގެނައުމަށް ކުރިއަށް އޮތް 3 އަހަރު 11 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެއެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ "އޮޓޯ ބިޒްނަސް" އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެ ކުންފުނިން ގެންނަނީ ކޮން ބަދަލެއްކަން ހާމަ ކޮށްފައިނުވާއިރު ފޯޑް ކުންފުނީގެ އިތުރުން ގިނަ ކާރު އުފައްދާ ކުންފުނިތަކުން ދަނީ ސެލްފް ޑްރައިވިން ކާރު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ފޯޑް ކުންފުނިން ސެލްފް ޑްރައިވިން ކާރު ޓެސްޓް ކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާއިރު އެ ކާރުތަކުގެ އައު ޖެނެރޭޝަނެއް ތައްޔާރުކޮށް 2016 ވަނަ އަހަރު ވަނީ ޓެސްޓް ކުރަން ފަށާފައެވެ.

އެ ކުންފުނިން ބުނީ މި ކާރުތަކަކީ ކުރިއާ އަޅާބަލާއިރު އިތުރު ކުރިއެރުންތަކެއް ގެނެސްފައިވާ "ލިޑަރ" ސެންސަރުތަކާއި އޮންބޯޑް ކޮމްޕިއުޓިން ހާޑްވެއަރ ބޭނުންކޮށްފައިވާ ކާރުތަކެއް ކަމަށެވެ.

ފޯޑު ކުންފުނީގެ ސެލްފް ޑްރައިވިން ކާރު މާރކެޓަށް ނެރެން ނިންމާފައިވަނީ 2021 ވަނަ އަހަރުގައެވެ.

އެ ކުންފުނިން ގެންނަން އުޅެނީ ކޮން ބަދަލެއްކަން އެނގިފައިނުވާއިރު އެ ބަދަލު ގެނައުމުގެ ކުރިން ޕާޓްނަރުންނާއި ސަޕްލަޔަރުންގެ އިތުރުން މުވައްޒަފުންނާ ވެސް މަޝްވަރާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފޯޑް ކުންފުނިން އިތުރަށް ބުނެފައިވަނީ "އޮޓޯނޮމޮސް ވެހިކަލް" ތަކަށް ހާއްސަ ކޮށްގެން ކުންފުނީގެ އޮފީހުގައި ވަކި ޔުނިޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ފޯޑް ކުންފުންނަކީ ކާރު އުފެއްދުމުގެ އިތުރުން ޓްރަކްތަކާއި ޓްރެކްޓަރު އުފައްދާ މަޝްހޫރު ކުންފުންޏެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް