13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ޓްރާންސްފާ މާކެޓް

ވާރލްޑް ކަޕްއިން ވިދާލި ގޮލޮވިން މޮނާކޯއަށް ބަދަލުވަނީ

  • މޮނާކޯއަށް އޭނާ ބަދަލުވާނީ 30 މިލިއަން ޔޫރޯއަށް
  • އޭނާ ސޮއިކުރާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 ޖުލައި 2018 | ބުރާސްފަތި 19:18 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ރަޝިއާގެ ޓީމާއެކު ވާރލްޑް ކަޕްއިން ވިދާލި ގޮލޮވިން -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި ވާދަކުރި ރަޝިއާގެ ގައުމީ ޓީމުން ވިދާލި ޒުވާން މިޑްފީލްޑަރު އެލެކްޒެންޑަރ ގޮލޮވިން ފްރާންސްގެ މޮނާކޯއަށް ސޮއިކުރުމަށް ނިންމައިފިއެވެ. 

ޗެލްސީއިން ވެސް ހޯދުމަށް މަސައްކަތްކުރި ގޮލޮވިން ހޯދުމަށް ޗެލްސީއިން ވެސް މަސައްކަތްކުރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެހެން ނަމަވެސް އުމުރުން 22 އަހަރުގެ ގޮލޮވިން ހޯދުމަށް މޮނާކޯއިން ހުށަހެޅި 30 މިލިއަން ޔޫރޯގެ ފީ އޭނާ މިހާރު ކުޅެމުން އަންނަ ކްލަބް ކަމަށްވާ ސީއެސްކޭއޭ މޮސްކޯއިން ގަބޫލުކޮށްފައިވާ ކަމަށް ގޯލް ޑޮޓްކޮމްއިން ވަނީ ރިޕޯޓްކޮށްފައެވެ. 

އޭނާ މޮނާކޯއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާއިރު ހުކުރު ދުވަހުގެ ވަގުތެއްގައި އޭނާ މޮނާކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލާނެއެވެ.

މީޑިއާތަކުން މީގެކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗެލްސީއަށް ގޮލޮވިން ދިޔުމުގެ ފުރުސަތު ބޮޑުވި މައިގަނޑު ސަބަބަކީ އެކްލަބަކީ ރަޝިއާގެ ބިލިއަނަރަކު ހިންގާ ކްލަބަކަށް ވާތީއެވެ. އެންމެ ފުރަތަމަ ޗެލްސީގެ އިތުރުން ޔުވެންޓަސްއިން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރި ކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. މި ދެ ކްލަބަށް ވެސް ފުރަގަސްދީ އޭނާ މޮނާކޯއަށް ބަދަލުވީ އެކްލަބްގައި ހުރެގެން ގަވާއިދުން ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.  

މިއަހަރުގެ ވާރލްޑް ކަޕްގައި ރަޝިއާގެ ޓީމުން އެންމެ ވިދާލި އެއް ކުޅުންތެރިޔަކީ ގޮލޮވިންއެވެ. ރަޝިއާއިން ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދިއިރު ގޮލޮވިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް