18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޕާކިސްތާން

ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

 • ވޯޓުގެ 49 އިން ސައްތަ ގުނާ ނިމިފައިވާއިރު، އިމްރާން ޚާން ގެ ޕާޓީ އިން ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑި ހޯދައިފައިވާ ކަމަށް ބެލެވޭ
 • ޕާކިސްތާނުގައި ސަރުކާރެއް އުފައްދަން 137 ގޮނޑީގެ އަޣުލަބިއްޔެއް ބޭނުންވާނެ
 • އިމްރާން ޚާން އާ ގާތުން ވާދަ ކުރަނީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ގެ ޕާޓީ
އަހުމަދު އަނޫޝު | IamAhmedAnoosh

| 26 ޖުލައި 2018 | ބުރާސްފަތި 19:07 | |

މަގުބޫލް

 1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) 1996 ވަނަ އަހަރު އުފެއްދި އިމްރާން ޚާން -- އޭއެފްޕީ

ޕާކިސްތާނުގައި ބުދަ ދުވަހު ބޭއްވުނު އާއްމު އިންތިޚާބު ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ޕާޓީއިން ކާމިޔާބު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. 

ޓީވީ މެދުވެރިކޮށް އޭނާ ވިދާޅުވީ "އަޅުގަނޑުމެންނަށް ކާމިޔާބު ލިބިއްޖެ ކަމަށާއި އަދި މޭންޑޭޓެއް ލިބިފައިވާ ކަމަށެވެ." 

އިމްރާން ޚާންގެ ޕާޓީ، "ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް މުޅި ޖުމްލަ މެޖޯރިޓީއެއް ނުލިބޭނެ ކަމަށް ބެލެވޭއިރު އެ ޕާޓީ ޖެހޭނީ ކޯލިޝަނެއް ހަދަން ކަމަށް ބެލެވެއެވެ.  

ވޯޓު ލުމުގެ ކުރިން ވެސް ހަމަނުޖެހުމާއި، ހިޔާނާތުގެ ސަބަބުން ކެމްޕެއިނަށް ހިޔަނި އެޅިފައިވާއިރު، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް "ފާޅުކަން ބޮޑު ގޮތެއްގައި" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށާއި އަދި ހަތަރު ޕްރޮވިންޝަލް ގާނޫނު ހަދާ މަޖިލީހަކަށް މެމްބަރުން ހޮވުމަށް ބުދަ ދުވަހު އާއްމު އިންތިޚާބު ބޭއްވިއިރު، ބުދަ ދުވަހު ބޮމެއް ގޮއްވާލާ 31 މީހަކު މަރުވިއެވެ. 

ރިޕޯޓުތައް ބުނާގޮތުން ވޯޓުގެ ރަސްމީ ނަތީޖާ އާ ބެހޭގޮތުން ބަހެއް، ޕާކިސްތާނުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ރޭގަނޑު ހާމަކުރައްވާނެއެވެ. 

އިމްރާން ހާންގެ ޕާޓީ އާ އެންމެ ވާދަ ކުރާ ޕާޓީ އަކީ މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އެވެ. ނަވާޒް ޝަރީފް ގެ ޕާޓީ އާއި އަދިވެސް އެހެނިހެން ކުޑަ ޕާޓީތައް ބުނަމުން ދަނީ ބުދަ ދުވަހު ބޭއްވުނު އިންތިޚާބަކީ ވޯޓު އޮޅުވާލުމުގެ ތެރެއިން ބޭއްވުނު އިންތިޚާބެއް ކަމަށެވެ. 

ހުރިހާ ވޯޓެއް ގުނާ ނިމޭއިރު ތިން ވަނަ އަށް އަންނާނެ ކަަމަށް ބެލެވެނީ އަވާހަރަކޮށްލެވިފައިވާ ކުރީގެ ބޮޑު ވަޒީރު، ބޭނަޒީރް ބުއްޓޫގެ ޕީޕީީޕީ އެވެ. 

އުމުރުން 65 އަހަރުގެ އިމްރާން ޚާން އުފަންވެފައި ވަނީ ޕާކިސްތާނުގެ ލާހޯރުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޕަންޖާބް އަށެވެ. މްރާން ޚާން އަކީ މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ޕާކިސްތާނުގައި އެއީ އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާއެވެ. 1992 ވަނަ އަހަރު ދުނިޔޭގެ ކްރިކެޓް ޗެމްޕިއަންކަން ޕާކިސްތާނަށް ހޯދައިދިނީ އިމްރާން ޚާންގެ ކެޕްޓަން ކަމުގެ ދަށުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް