19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބީއެމްއެލް

ބީއެމްއެލްގެ އޭޓީއެމްތަކުން ކާޑު ބޭނުންކުރަން ޖެހޭ ގޮތް ބަދަލު ބަދަލުކޮށްފި

 • ބަދަލު ގެނެސްފައި ވަނީ ޖުލައި 20 ވަނަ ދުވަހު
 • އޭޓީއެމަށް ކާޑު ލެއްވުމަށް ފަހު އަނބުރާ ނެގޭނީ އެ މުއާމަލާތެއް ނިމުމުން
 • މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެނައި ބަދަލެއް
ސިމާހާ ނަސީމް | sim_kamana

| 26 ޖުލައި 2018 | ބުރާސްފަތި 18:55 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޕްރިޔަންކާ އިނީ ބަލިވެ؟
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މީހަކު ބޭނުންކު ރަނީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުގައި ކޭޝް ކާޑު ބޭނުންކުރަން ޖެހޭ ގޮތް ބަދަލު ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައި ވަނީ ޖުލައި 20 ވަނަ ދުވަހުން ފެށިގެންނެވެ.

ކުރިން އޭޓީއެމް އިން ކާޑު ބޭނުންކޮށް މުއާމަލާތު ކުރާއިރު ފުރަތަމަ ޖެހެނީ ކާޑު އޭޓީއެމް އަށް ލައްވާފައި ވަގުތުން ނަގާށެވެ. އެހެންނަމަ ވެސް މިހާރު ގެނެވުނު ބަދަލާއެކު ކާޑު އޭޓީއެމަށް ލެއްވުމަށް ފަހު އަނބުރާ ނެގޭނީ އެ މުއާމަލާތެއް ނިމުމުންނެވެ.

ބީއެމްއެލުން ބުނީ މި ބަދަލު އެ ކުންފުނިން ގެންނަން ނިންމީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ކަމަށާއި، އަދި މާލެ ސީޓީގައި އެކަނި މި ބަދަލު ގެނެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ބަހައްޓާފައި ހުރި އޭޓީއެމްތަކަށް ވެސް ވަރަށް އަވަހަށް އެ ބަދަލު ގެންނާނެ ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެނައި ބަދަލެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގގެ ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް