17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

މަސްނޫޢީ ވިސްނުން: ޢަދާލަތު ޕާޓީއިން ހުށަހެޅި ޒަމާނީ ވިސްނުން

  • އަދާލަތު ޕާޓީގެ މެނިފެސްޓޯގައި ވަނީ މަސްނުއީ ވިސްނުން ތަރައްގީ ކުރުމަށް ހުށަހަޅާފައި
  • އެޕާޓީގެ އެންމެ ބޮޑު ވިސްނުމަކީ ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ފޯކަސްކޮށްގެން ތަރައްޤީ ކުރުން
މިއުވާން މުހައްމަދު | Miuvaan

| 26 ޖުލައި 2018 | ބުރާސްފަތި 17:45 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


މަސްނުއީ ސިކުނޑިއެއް ދައްކުވައިދޭ ފޮޓޯއެއް -- ޑެއިލީ މިރޯ

މަސްނޫއީ ވިސްނުން ނުވަތަ އާޓީފިޝަލް އިންޓެލިޖެންސްއަކީ އިންސްނުންނާއި އެހެނިހެން ޖަނަވާރުތަކުގައިވެސް ހުންނަ ޤުދުރަތީ ވިސްނުން ނުވަތަ އިންޓެލިޖެންސް ނޫން އެހެނިހެން ދާއިރާތަކުން މަސްނޫއީ ގޮތުން މެޝިންތަކުގެ ޒަރީއާއިން އުފައްދާފައި ހުންނަ އިންޓެލިޖެންސް އަދި އެ ދާއިރާއިން އައިސްފައިވާ ކުރިއެރުމެވެ. މަސްނޫއީ ވިސްނުމުގެ ދާއިރާއަކީ އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދުނިޔޭގައި ނަންހިނގާ ބޮޑެތި އިޤްތިޞާދުތަކުން ވަރަށް ބޮޑަށް ބަރޯސާ ވެފައިވާ ދާއިރާއެކެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ކުދި ޤައުމުތަކުންވެސް އެންމެ ބޮޑަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ދާއިރާއެއްގެ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ވިސްނުމުގެ ދާއިރާ ފާހަގަ ކޮށްލެވެއެވެ.

އިޤްތިސާދީ ދާއިރާއިން ދުނިޔެއަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި މުޅި ދުނިޔޭގެ އިޤްތިސާދު ވެސް މުސްތަޤުބަލުގައި އެންމެ ބޮޑަށް ބަރޯސާވާނެ އެއް ދާއިރާއަކީ މަސްނޫއީ ވިސްނުން ނުވަތަ އާޓީފިޝަލް އިންޓެލިޖެންސް ގެ ދާއިރާ ކަމަށް އިޤްތިސާދީ މާހިރުން ދެކިލައްވައެވެ. ޤުދުރަތީ ގިނަ ވަސީލަތްތަކެއް ނެތް ނަމަވެސް ކުޑަ ޚަރަދަކުން ބޮޑު ކުރިއެރުމަށް ފަސޭހަކަމާއި ހަލުވިކަމާއެކު ތަރައްޤީ ކޮށް ކުރި އެރުވިދާނެ ދާއިރާއަކަށް މި ދާއިރާވާތީ މިދާއިރާ ތަރައްޤީ ކުރުމަށް ޤައުމުތަކުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.

ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތު ޕާޓީން ހުށެހެޅި މަސްނޫއީ ވިސްނުމުގެ ސިޔާސަތާ ގުޅޭ ގޮތުން އެޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު ވިދާޅުވީ އެޕާޓީގެ އެންމެ ބޮޑު ވިސްނުމަކީ ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ފޯކަސްކޮށްގެން ތަރައްޤީ ކުރުން ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ކަރިކިއުލަމްގެ ތެރެއިންނާއި ކޮލެޖް ޔުނިވަރސިޓީތަކުގެ ތެރެއިން މަސްނޫއީ ވިސްނުމުގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާނެ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މަސްނޫއީ ވިސްނުމުގެ ދާއިރާއިން އިންވެސްޓް ކުރަން ބޭނުންވާ ޒުވާނުންނަށް އިސްލާމިކް ފައިނޭންސްގެ ތެރެއިން ލޯނު ހަމަޖައްސައިދޭނެ އުސޫލްތަކެއް ހަމަޖެއްސުމަކީ ވެސް އަދާލަތު ޕާޓީގެ ވިސްނުމެއް ކަމަށް ނަޒީރު ވިދާޅުވިއެވެ.

މަސްނޫއީ ވިސްނުމާއެކު ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި ރާއްޖެއިން ފައިހަމަ ކުރުމަށްޓަކައި ހަރުދަނާ ޕްލޭންތަކެއް ރާވައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި މަސްނޫއީ ވިސްނުމުގެ ދާއިރާގައި ހިމެނޭ މެޝިން ލަރނިންގެ އިތުރުން ޑީޕް ލަރނިން އާއި ކޮމްޕިއުޓަރ އިންޖިނިއަރިންގ ފަދަ ދާއިރާތަކުގެ ދައުރު މިހާރަށް ވުރެ ބޮޑަށް ފުޅާކުރެވޭނެ ކަމަށް އަދާލަތު ޕާޓީން ބުނެއެވެ. ނަޒީރު ވިދާޅުވި ގޮތުގައި މަސްނޫއީ ވިސްނުމުގެ ސިޔާސަތު ބިނާކޮށްފައިވަނީ ޒުވާނުންނަށް މި ދާއިރާއިން އިތުރު ފުރުސަތުތައް ހޯދައިދީ މި ދާއިރާއިން ކުރިއަށް ގޮސް ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައި ކުރުމަށް ކަމަށާއި އިޤްތިޞާދު ވަކި ކަމަކަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަ ކުރުމަކީ މިފަދަ ސިޔާސަތެއްގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ޖުމްލަ ސަތިރީސް ސިޔާސަތެއްގެ މައްޗަށް އެކުލެވޭ އަދާލަތު ޕާޓީގެ މެނިފެސްޓޯ އިއްޔެ އާންމުކޮށްފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެ ސިޔާސަތުތަކާމެދު މަޝްވަރާކޮށް ހުރިހާ ޕާޓީތަކެއް އެއްބަސްވާ މެނިފެސްޓޯއެއް ވަރަށް އަވަހަށް އިއުލާން ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް