15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ބޮލީވުޑް

އަނެއްކާ ވެސް ސަލްމާން އާއި ކެޓްރީނާގެ ޚާއްސަ ފެނިލުމެއް!

  • މި ދެތަރިން އެކުގައި ފެނިގެން ދާނީ މަނީޝް މަލޯތްރާގެ ޝޯ ސްޓޮޕާރ ގެ ގޮތުގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 ޖުލައި 2018 | ބުރާސްފަތި 16:09 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ކެޓްރީނާ ކައިފް އަދި ސަލްމާން ޚާން -- ގޫގުލް

ބޮލީވުޑްގެ ތަރިންގެ ތެރެއިން ސަލްމާން ޚާނާއި ކެޓްރީނާ ކައިފް އެކުގައި ކުޅެފައިވާ ފިލްމްތަކުގައި އެ ޖޯޑުގެ ކެމިސްޓްރީ ދިމާވާ ކަމަށް ބެލުންތެރިން ދަނީ ބުނަމުންނެވެ.

ނަމަވެސް މިފަހަރު ސަލްމާނާއި ކެޓްރީނާ އެކުގައި ފެނިގެން ދަނީ ފިލްމަކުން ނޫނެވެ. މިފަހަރު  މި ދެތަރިން އެކުގައި ފެނިގެންދަނީ ބޮލީވުޑްގެ ގިނަ ފަންނާނުންގެ " ފޭވަރިޓް" ފެޝަން ޑިޒައިނާ މަނިޝް މަލޯތްރާގެ ފެޝަން ޝޯގެ ޝޯ ސްޓޮޕަރ ގެ ގޮތުގައެވެ.

މިޝޯގެ ޝޯ ސްޓޮޕާރ ގެ ގޮތުގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނެ ކަން މަނީޝް ވަނީ އޭނާގެ އިންސްޓަގްރާމްގައި ސަލްމާން އާއި ކްޓްރީނާގެ ވީޑިއޯއެއް ޕޯސްޓްކޮށް އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައެވެ.

މި ޝޯގައި މި ދެތަރިންގެ އިތުރުން ވެސް ގިނަ ސެލެބްރިޓީން ބަވެރިވާނެ ކަމަށް މަނީޝް ވަނީ ބުނެފައެވެ.

ސަލްމާން އާއި ކެޓްރީނާ އެކުގައި މަސައްކަތް ކޮށްފައިވާ ފިލްމް ތަކުގެތެރޭގައި "މައިނޭ ޕިޔާރް ކިޔުކިޔާ އާއި، "ޔުވްރާޖް"، "އޭކް ތާ ޓައިގަރ އާއި "ޓައިގަރ ޒިންދާހޭ" ހިމެނެއެވެ. ސަލްމާންގެ "ދަބަންގް" ޓުއަރ ގައި ވެސް ކެޓްރީނާ ވަނީ ބައިވެރި ވެފައެވެ. މި ދެ ތަރިން މީގެ އަހަރުތަކެއް ކުރިން ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވި ނަމަވެސް ރަޙްމަތްތެރިކަން ކަނޑާފައި ނުވެއެވެ.

މިދިޔަ އަހަރު އިންޑިއަން އެކްސްޕްރެސް އަށް ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ކެޓްރީނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތަރިއެއް ކަމަށާއި އޭނާގެ ފިލްމެއް ފްލޮޕްވެ ޕާރފޯމަންސާއި ގުޅޭ ގޮތުން މީހަކު ގޯސްއެއްޗެއް ލިޔުނު ކަމުގައި ވި ނަމަވެސް އެކަމާ ޑިޕްރެސް ވެގެން ނޫޅޭ ކަމަށެވެ. އަދި މީހަކު އޭނާގެ މަސައްކަތަށް ތައުރީފް ކުރި ނަމަވެސް ނުރުހުން ފާޅުކުރި ނަމަވެސް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީހަކު ބުނާ އެއްޗަކަށް ނުރުހުން ފާޅުކޮށް އެމީހަކު ދެރަކޮށް ނުލައި ކަމަށާއި އެއްވެސް މީހަކާއި ބެހޭގޮތުން ގޯސްކޮށް ވާހަކައެއް ކެޓްރީނާ ނުދައްކާ ކަމަށެވެ. އަދި ކެޓްރީނާ ދިރިއުޅެމުންދަނީ ވަރަށް ރީތި އަދި ފުރިހަމަ ދިރިއުޅުމެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކޮށްފައިވާ ފިލްމް " ބާރަތް" އިންނެވެ. މިވަގުތު ކެޓްރީނާ މަސައްކަތް ކުރަނީ ޝާހްރުޚް ޚާންގެ "ޒީރޯ" އަދި އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ތަކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް