18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

 • އިބޫ އާއެކު ރަނިންގމޭޓް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި
 • ކެންޑިޑެސީ ފޯމު ހުށަހަޅާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއިއެކު
 • ރައްޔިތުންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަން
މުހަންމަދު ވިސާމް | sampathmasiw

| 26 ޖުލައި 2018 | ބުރާސްފަތި 15:39 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ކުރިއަށް ފިޔަވަޅެއް އެޅިއްޖެއެވެ. އެތައް ދުވަސްތަކަށް ފަހުގައެވެ. ސަފުތައް އޮތީ ބަދަހި ކަމާއި އެކުގައެވެ. ގުޅިފައިވާ ހަތަރު ޕާޓީގެ ދިދަ ވިހުރަމުން އެބޭފުޅުން ހިންގަވާފައި ވަޑައިގެންނެވީ އިލެކްޝަން ކޮމިޝަނަށެވެ. ފުލުހުންގެ ހުރަސް އެޅުމެއް ނެތިއެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ޕާޓީތަކުން ފެށި މައްސައްކަތަށް މިއަދު ވެސް ބޮޅެއް އިތުރުވީއެވެ. ކާމިޔާބީގެ ބޮޅެކެވެ. ހައްގުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ. އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ކުރިއަށް އެޅުނު ފިޔަވަޅެކެވެ.

ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އިބޫ އާއި ފައިސަލް އަދި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އެހެން ވެސް ލީޑަރުން ވަޑައިގަންނަވާފައިވަނީ ހިންގަވައިފަ އެވެ. އިދިކޮޅު މައި ޕާޓީގެ އޮފީސް ދޮރުމަތިން ފެށި ރަސްމިއްޔާތުގައި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އިސްބޭފުޅުން ތިއްބެވީ އެ ޕާޓީތަކުގެ ކުލަތައް ރަމްޒްކޮށްދޭ ދިދަތައް ހިއްޕަވައިގެންނެވެ. އޭގެ ތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނު ތަމްސީލު ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ވާހަކަ ދައްކަން ފެށުމާއި އެކު ސަރުކާރުން އެކި ގޮންޖެހުންތައް ކުރިމަތިކުރިވި ކަމަށެވެ. އެހެން ނަމަވެސް މިއަދު ގޮންޖެހުންތައް ގިރާކުރެވޭނެކަން ޕާޓީތަކުން ސާބިތު ކޮށްދެމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

"އެންމެ ފުރަތަމަ ސަރުކާރުން ވިދާޅުވީ އަޅުގަނޑުމެންނަކަށް އެއް ކެނޑިޑޭޓެއް ނުނެރެވުނޭ، އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއް ކެނޑިޑޭޓް ނެރެ އެހެރީ ދައްކާފަ، ދެން އެހެން ވިދާޅުވި އެބޭފުޅުން ވިދާޅުވާ ގޮތް ނޫން ގޮތަށް، އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން، މިއަދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓްގެ ފޯމް އިލެކްޝަން ކޮމިޝަނަން ހުށައަޅާ ދުވަސް" ހަސަން ލަތީފް ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓްގެ ކެންޑިޑެންސީ ފޯމު ހުށަހަޅަން ވަޑައިގެންނެވިއިރު، ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ސަޤާފަތް ރަމްޒު ކޮށްދޭ ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ފެނިގެން ގޮސްފައިވެއެވެ. އަދި މި ހަރަކާތައް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރުގެ ގޮންމުށުގެ ބާރުގެ ދަށުގައި ދެން އިތުރު މިނިވަން ދުވަހެއް ނާންނާނެ ކަމަށެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

" އަޅުގަނޑު މި ދަންނަވަނީ އޭގެ ލަފްޒުތަކުގެ މާނަ ނުހިމެނޭ ގޮތަށް، މާތް ﷲ ގެ ހެޔޮރަހުމަތް ފުޅުން އިރާދަކުރެއްވިއްޔާ ރާއްޖެ މި އަންނަ އަހަރު ބައްދަލު ކުރާނީ ޙަގީގީ މިނިވަން ދުވަހަކާއި އެކީގައި، ހަގީގީ ރައްޔިތުންގެ ވެރިކަމެއް ގާއިމްވެގެން، އަޅުގަނޑުމެންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ރައްޔިތުންގެ ހައްގުތައް އިޔާދަވެގެންދާތަން ފެންނަން" ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ސޯސަންމަގުން ފެށި މި ރަސްމިއްޔާތު ނިންމާލާފައި ވަނީ ބުރުޒު މަގުން ކުރިއަށް ގޮސް އިލެކްޝަން ކޮމިޝަން ކުރި މައްޗަށެވެ. އިބޫ އާއި ފައިސަލް ހިންގަވާފައި ވަޑައިގެންނެވިއިރު، މަގުތަމިން ހިނގާފައި ދިޔަ އެތައް ބައެއް އިބޫއަށް މަރުޙަބާ ދެންނެވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މިއަދަކީ ވައްކަމާއި ކޮރަޕްޝަނުން ރައްޔިތުން ސަލާމަތް ވުމަށް ބިންގާ އަޅާލި ދުވަސް ކަމަށެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

"އަޅުގަނޑު އެދެނީ ހުރިހާ ދިވެހި ރައްޔިތުން ވެސް ނުކުމެވަޑައިގެން 23 ސެޕްޓެމްބަރ ގައި، ހަމަ ހެޔޮފާހަގަ އިބްރާހިމް މުހައްމަދު ސޯލިހަށް ޖައްސަވާ ދެއްވުމަށް ، އިރާދަ ކުރެއްވިއްޔާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިކުރާ މަސައްކަތުން އަޅުގަނޑުމެންނަން މިރާއްޖެ ސަލާމްތް ކުރެވޭނެ" މާރިޔާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު މިއަދު ރައީސް މައުމޫން އަރިހުގައި މަސައްކަތް ކުރައްވާ ނާދިރާ ވިދާޅުވީ ރައީސް މައުމޫން ދެން ވެސް ރައީސް ޔާމީންނަން ތާއީދު ނުކުރައްވާނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މިއަދު ކުރިއެރުން ލިބޭކަން ނާދިރާ ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުން ހިންގަވަމުންދާ ޖަރީމާތަކުގެ ތެރެއިން ރައީސް މައުމޫން އެވަނީ ޖަލުގައި ބަންދު ކޮށްފަ، ވަރަށް ސާބިތުކަމާއި ސާފުކޮށް ރައީސް މައުމޫން ވިދާޅުވެއްޖެ، ތިމަންނަ ޔާމީނަކަށް ތާއީދެއް ނުކުރައްވާނަމޭ، އެހެންވީމަ އެކަން އެއޮތީ ވަރަށް ސާފުކޮށް އެނގިފަ، ރައީސް ޔާމީނަކަށް ތާއީދެއް ރައީސް މައުމޫނެއް ދެނެން ނުކުރައްވާނެ" ނާދިރާ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވަޑައިގަތުމުން އެދެބޭފުޅުންނަށް މަރުޚަބާ ދެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ. އިބޫގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ. ޝަރީފާއެކު އިލެކްޝަންސް ކޮމިޝަނުގެ އެހެން މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ މިނިވަން ދުވަހު ދިވެހި ރައްޔިތުންނަން ލިބެމުން މިދަނީ އުފާވެރި އުންމީދުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީތަކުގެ ހަރާކާތްތައް ވަރަށް ކުރިއަށްދާނެ ކަމަށް ސައުދު ހުސެއިން ވިދާޅުވިއެވެ.

"ހަތަރު އަހަރަށް ފަހުގައި މިގޮތަށް މާލޭގައި ހިނގާލަން ފުރުސަތު މިލިބުނީ، އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ މިއަދަކީ މިނިވަން ދުވަހުގެ އުފާ ދިވެހި ރައްޔިތުން ލިބިގަންނަން ބޭނުންވެފައި އޮތް ދުވަހެއްގައި، ހިނގާލުމުގެ މިނިވަންކަން މިއަދު ލިބިގެން ދިއުމަކީ ވެސް ސަރުކާރު ބަލިވަމުންދާ ކަމުގެ ސިގުނަލެއް ކަމަށެވެ.

ފޯމް ހުށައެޅުންވުމަށް ފަހު އިބޫ ހިންގަވާފައި ވަޑައިގެންނެވީ މި ކެމްޕެއިންގައި އެންމެ ފުރަތަމަ ހުޅުވި ހުވަދޫ އަޓިގެޔާ ޖަގައަށެވެ. އެ ޖަގަހައިގައި ހުންނަވައިގެން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާދަމް އާޒިމް ވިދާޅުވީ ކާނަލް ނާޒިމް އަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުން ވެސް އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

"ކާނަލް ނާޒިމްގެ ފަރާތުން ވެސް އަޅުގަނޑު އެދޭ ކަމަކީ، އާއިލާގެ ފަރާތުން ވެސް އެދޭ ކަމަކީ އަދި ޖަލުތަކުގައި ބަންދުވެފައި ތިބި އެންމެ ބޭފުޅުންގެ ފަރާތުން ވެސް އެދޭ ކަމަކީ، ރައީސް ޔާމީން ދުރުކުރުމަށް ކުރާ މަސައްކަތް ކޮށްދެއްވާށޭ، މިއަދު ބިރުގަންނާނެ ކަމެއް ނެތް" އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

7 މަސް ކުރިން

މަޢުމޫން ރިފޯމް މޫވްމަންޓް

0
0