16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބޮލީވުޑް

ޔޫލިއާގެ އުފަންދުވަސް ފާހަގަ ކުރިއިރު ސާލްމާން ޚާން ފެންނާކަށް ނެތް!

  • ޔޫލިއާގެ އުފަންދުވަސް ފާހަގަ ކޮށްފައިވަނީ ސަލްމާންގެ ގޭގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 ޖުލައި 2018 | ބުރާސްފަތި 13:32 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ސަލްމާން ޚާން އަދި ޔޫލިއާ ވަންތޫރު -- ގޫގުލް

ސަލްމާން ޚާން އާއި ޔޫލިއާ ވަންތޫރު ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ފެތުރެން ފަށާފައިވަތާ ދުވަސް ތަކެއް ވަނީ ވެފައިވެފައެވެ.

ނަމަވެސް މިމަހުގެ 24 ގައި ޔޫލިއާ ގެ 38 ވަނަ އުފަންދުވަސް ސަލްމާންގެ ގޭގައި ފާހަގަ ކޮށްފައިވާއިރު ނަގާފައިވާ ފޮޓޯ ތަކުން ސަލްމާން ޚާން ފެނިފައެއް ނުވެއެވެ.

ޔޫލިއާ އެނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކޮށްފައިވާ ބައެއް ފޮޓޯތަކުގެ ކެޕްޝަންގައި ލިޔެފައިވަނީ "މައި މިޑް ނައިޓް ސަޕްރައިޒް. ލަވް ޔޫ ގައިޒް" އެވެ. ޔޫލިއާ ޝެއަރކޮށްފައިވާ ފޮޓޯގައި ސޯނާކްޝީ ސިންހާ ކެންޑްލް ރޯކޮށްފައިހުރި ކޭކެއް ހިފައިގެން ހުރި ފޮޓޯއެއް ވަނީ ފެނިފައެވެ. މީގެ އިތުރުންވެސް ސަލްމާން ޚާންގެ ބޮޑިގާޑް ޝޭރާ ވަނީ ފެނިގެން ގޮސްފައެވެ.  

ސަލްމާން ޚާން އާއި ރައްޓެހިވެގެން އުޅޭ ކަމަށް ދެކޭވޭ ވާހަކަތަކާއި ގުޅިގެން ޔޫލިއާ ކުރިން ބުނެފައިވަނީ އެކަމާއި ބެހޭގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ޔޫލިއާ ބުނެފައިވަނީ އޭނާއަށް މީހުން ކިޔާއެއްޗެއް ނުހިފެހެއްޓޭނެ ކަމަށާއި އޭނާ ސަލްމާނަށް ވަރަށް އިހުތިރާމް ކުރާކަމަށެވެ.

ރޯމަނަށް އުފަން ޔޫލިއާ ބުނެފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ.

ޔޫލިއާ އަކީ ރޯމަން ލަވަކިޔުންތެރިއެއްގެ އިތުރުން ހިންދީ ލަވަކިޔުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ ދާދިފަހުން ސަލްމާން ޚާންގެ "ރޭސް3" އަށް ލަވައެއް ކިޔައިދީފައެވެ. ޔޫލިއާ އޭނާގެ ކެރިއާ އާއި ބެހޭގޮތުން ބުނެފައިވަނީ ލަވަކިއުމަށް ވަރަށް ޝައުގުވެރިވާ ކަމަށާއި ނަމަވެސް އެކްޓް ކުރަން ބޭނުން ނުވާކަމަށެވެ. އޭނާއަށް "ސަރްގަމް" އަދި ޕްރަނައުންސިއޭޝަން ދަސްކޮށްދޭ ޓީޗަރަކު ހުންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. ޔޫލިއާއަށް ކްލާސިކަލް މިއުޒް ވަރަށް ރީތި ކަމަށް ބުނެއެވެ.

މީގެ އިތުރުން ޔޫލިއާ ބުނެފައިވަނީ ސަލްމާން އަކީ ހުރިހާ ހުނަރެއް ހުރި މީހެއް ކަމަށާއި ސަލްމާން ވަރަށް ލަވަކިޔާ ހިތްވާ ކަމަށެވެ. އަދި ސަލްމާން އޭނާއަށްވުރެ ރީތިކޮށް ލަވަ ކިޔާކަމަށް ޔޫލިއާ ބުންޏެވެ. ސަލްމާން އެކްޓް ކޮށް ނަށާ އަދި މިއުޒިކް ހަދާ އިރުވެސް ޔޫލިއާ އަށް ވުރެ މޮޅަށް ލަވަ ކިޔާ ކަމަށް ވަނީ ބުނެފައެވެ. ސަލްމާން އަށް ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ކުރެވޭނެ ކަމަށް ޔޫލިއާ ވަނީ ބުނެފައެވެ.

ސަލްމާން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އޭނާގެ ޅިޔަނު އަތުލް އަގްނިހޯތްރީ ޕްރޮޑިއުސް ކުރާ ފިލްމް " ބާރަތް" ގެ ޝޫޓިންތައް ވަނީ ފަށާފައެވެ. މި ފިލްމްގައި ސަލްމާން އާއި އެކު ފެނިގެންދަނީ ޕްރިޔަންކާ ޗޯޕްރާ އާއި ތައްބޫ، ދިޝާ ޕަޓާނީ، ސުނިލް ގްރޯވާ އަދި ވަރުން ޝަރްމާއެވެ. ސަލްމާންގެ އެހެން ފިލްމް ތަކެކޭ އެއްގޮތަށް މި ފިލްމްރލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފިތުރު އީދު ބަންދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް