20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

އައްޑޫ ސިޓީ

ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

 • ނުހިންގާ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ހިމަނާފައިވޭ
 • ކުރީގެ ސަރުކާރުތަކުން ނިންމި މަޝްރޫއުތައް ވެސް ލިސްޓްގައި ހިމެނޭ
 • މަރާމާތު ކުރުމުގެ މަޝްރޫއުތައް ގިނަ އަދަދަކަށް ހިމެނޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 26 ޖުލައި 2018 | ބުރާސްފަތި 11:57 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
 3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


އައްޑޫ ސިޓީގައި ވީރާނާވަމުންދާ އިމާރާތެއް -- އާކައިވް

ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ބުނެ ދައްކާ ވާހަކަތައް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ތަކުރާރުކޮށް ފާހަގަ ކުރަމުންދެއެވެ. މިނިސްޓަރުންނާއި މަޖިލީސް މެންބަރުން ވެސް ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކުގެ ބިޔަކަމާއި މޮޅު ވާހަކަ ދަނީ ދައްކަމުންނެވެ. ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ތަސައްވަރު ނުކުރެވުނު ތަރައްގީ ސަރުކާރުން ގެނެސްފައިވާ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަން ސާބިތު ކުރުމަށް "ރައްވެހި ތަރައްގީ"ގެ ނަމުގައި ފޮތެއް ވެސް ވަނީ ނެރެފައެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު އެންމެ ބޮޑު އާބާދީއެއް އޮތް އެއް އަތޮޅަކީ އައްޑޫ ސިޓީއެވެ. އެގޮތުން އައްޑޫ ސިޓީ އަށް ސަރުކާރުން 1.81 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 129 މަޝްރޫއުއެއްގެ މައުލޫމާތު ހިމަނާފައިވެއެވެ.

މީދޫއަށް 131.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު 15 މަޝްރޫއެއް ހިންގާފައިވެއެވެ. މީދޫގައި ހިންގާފައިވާ މަޝްރޫއުތަކުގެ ތަފްސީލަށް ބަލާ އިރު ފުޓްސަލް ދަނޑެއް ވަނީ ގާއިމް ކުރެވިފައެވެ. ފެނުގެ ނިޒާމުގެ މަޝްރޫއު ނިމިފައިވާ ކަމަށް ހިމަނާފައިވާ އިރު އެ މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް ނިންމާފައި ވަނީ މިފާއިތުވެދިޔަ ސަރުކާރުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އެރަށުގައި މިހާރު ކުރިއަށްދަނީ ނަރުދަމާގެ މަޝްރޫއުއާއި މަސް ފެކްޓްރީއެއްގެ މަސައްކަތް ކަމަށް ވެސް އެރަށު ކައުންސިލުން ބުނެއެވެ.

ގާތްގަނޑަކަށް 12.4 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް ސަރުކާރުން ބުނާ އިރު އެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް މީދޫ ދާއިރާގެ ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ހުޅުދޫގައި މަގު ހެދުމުގެ މަސައްކަތްތަކެއް ކުރަން ފަށާފައިވާކަން އެނގިފައިވާ ކަމަށާއި ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެނގޭ ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫއު ހިމަނާފައިވަނީ  ނިންމާފައިވާ މަޝްރޫއުތަކެއްގެ ގޮތުގައެވެ.

ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއެއް ޖަހާފައިވާ އިރު ފެން ހޮޅި އެޅުމުގެ މަސައްކަތެއް ވެސް ވަނީ މިފޮތުގައި ވަކިން ހިމަނާފައެވެ. ފެނުގެ ނިޒާމު ގާއިމް ކުރުމަށް 5.8 މިލިއަން ރުފިޔާ ނިމިފައިވާ މަޝްރޫއުއެއްގެ ގޮތުގައި ޖަހާފައިވާ އިރު ފެންހޮޅި އެޅުމުގެ މަޝްރޫއުއަށް 15.7 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކުރެވިފައެވެ. މީގެ އިތުރުން ހުޅުދޫ އާއި މީދޫ ހިމެނޭ ގޮތަށް ދެރަށުގެ މެދުގައި ގާއިމް ކުރެވިފައިވާ ބަނދަރުގެ މަޝްރޫއު 48.4 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ނިމިފައިވާ ކަމަށް ޖަހާފައިވާއިރު އެ މަޝްރޫއުގެ މަސައްކަތް ޑރ މުހައްމަދު ވަހީދު ގެ ސަރުކާރުން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ހިތަދޫގައި 1.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު 60 މަޝްރޫއު ވަނީ ހިންގާފައެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ބަނދަރާއި ފްލެޓް އިމާރާތްތަކާއި 100 އެނދުގެ ހޮސްޕިޓަލެއް އެޅިފައިވާ ކަމަށް ރަށްވެހި ތަރައްގީ ފޮތުގައި ވަނީ ބަޔާންކޮށްފައެވެ. ގާތްގަނޑަކަށް 161 މިލިއަން ރުފިޔާ ހަރަދު ކޮށްގެން 100 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ފޮތުގައި ބަޔާން ކޮށްފައިވާ އިރު އައްޑޫ ސިޓީގެ ރައްޔިތުންނަށް އެހޮސްޕިޓަލެއް އެޅިފައި ހުރިތަނެއް ނުފެނެއެވެ.  ސަރުކާރުންދަނީ އައްޑޫ ކޮންވެންޝަން ސެންޓަރުގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އޭގެ މަސައްކަތްތަކެއް އަދިވެސް ނުނިމެއެވެ. ހޮސްޕިޓަލުގެ މަރާމާތައް ދެ ފަހަރެއްގެ މަތިން ތިން މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާ އިރު މިފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްވެސް މަރާމާތެއް ކޮށްފައެއް ނުވެއެވެ. މަރާމާތައް ބޮޑު ހޭދައެއްކޮށްފައިވާ އިރު ހޮސްޕިޓަލުގެ ފުރާޅު ފޫވެއްޓި ވާރޭ ވެހޭ ދުވަސް ދުވަހު އެތަންތަނުގައި ބާލިދީތައް ބަހައްޓަން މިހާރުވެސް ޖެހޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އޭސީ ހަރުކުރުމުންފެށިގެން ތިއޭޓަރ ބޮޑުކުރުމުގެ މަސައްކަތްތައް ކުރުމަށް 5.3 މިލިއަން ރުފިޔާ ވަނީ ހޮސްޕިޓަލަށް ހޭދަ ކޮށްފައެވެ.

ފުޓްބޯޅަދަނޑެއް ތަރައްގީ ކޮށްފައިވާ އިރު ފުޓްބޯޅަދަނޑު ތަރައްގީ ކޮށްފައި ވަނީ ކައުންސިލުންނެވެ. ގާތްގަނޑަކަށް 12.5 މިލިއަން ހަދަރު ކޮށްގެން ބަނދަރު ހެދުމުގެ މަޝްރޫއުއެއް ހިންގާފައިވާ އިރު އެފަދަ މަޝްރޫއުއެއް މިސަރުކާރުގައި ކޮށްފައި ނުވާ ކަމަށާއި 407 މިލިއަން ހަރަދު ކޮށްގެން 264 ޔުނިޓްގެ ފްލެޓް އިމާރާތް ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަމަށް އައްޑޫ ކައުންސިލުން ބުނެއެވެ. ހިތަދޫގައި ހަމައެކަނި ކުރަމުންދަނީ ނަރުދަމާގެ މަސައްކަތް ކަމަށާއި ފެނުގެ ހިދުމަތް މި ސަރުކާރުގައި ފޯރުކޮށްދިން ނަމަވެސް އެ މަސައްކަތުގެ ބޮޑުގައި ކުރީގެ ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

 މީގެ އިތުރުން 74.5 މިލިއަން ރުފިޔާ މަރަދޫއަށް ހޭދަކޮށްފައިވާ އިރު 12 މަޝްރޫއުއެއް އެރަށުގައި ވަނީ ހިންގާފައެވެ.

ހުޅުދޫ އާއި މީދޫއަށް ބަލާ އިރު ރަށްވެހި ތަރައްގީ ފޮތުން ފާހަގަކުރެވޭ ކަމަކީ ފެންހޮޅި އެޅުމާއި ފެނުގެ ނިޒާމު ގާއިމް ކުރުމާއި ފެބްރިކޭޝަން އެންޑް ސަޕްލައިންގ އިންސިނެރޭޓަރު ބެހެއްޓުން ވެސް ވަނީ ވަކި ތިން މަޝްރޫއު އެއްގެ ގޮތުގައި ހިމަނާފައެވެ. މީގެ އިތުރުން 1.1 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ޕޮލިސް ވަށާފާރު ރޭނުގެ މަސައްކަތް ވަކި މަޝްރޫއުއެއްގެ ގޮތުގައި ޖަހާފައިވާ އިރު ފޮލިސް އެކޮމޮޑޭޝަން ބިލްޑިންގ 12.3 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތް ކޮށްފައިވެއެވެ. މީގެ އިތުރުން ފަސް ލައްކަ ރުފިޔާ ހަރަދުކޮށް ސިއްހީ މަރުކަޒު މަރާމާރު ކުރުމާއި ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އެޅުނު ޔޫތް ސެންޓަރުގެ މަރާމާތުގެ މަސައްކަތަށް 3 ލައްކަ ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މީގެ އިތުރުން ފޭދޫގައި 12 މަޝްރޫއު އަށް 116.7 މިލިއަން ރުފިޔާ ވަނީ ހަރަދު ކުރެވިފައެވެ. މަރަދޫ ފޭދޫގައި 85.9 މިލިއަން ރުފިޔާ 9 މަޝްރޫއުއަށް ވަނީ ހަރަދު ކުރެވިފައެވެ. މީގެ އިތުރުން ހުޅުދޫގައި 244 މިލިއަން ރުފިޔާ 21 މަޝްރޫއު އަކަށް ހޭދަކޮށްފައިވެ އެވެ.

މަޝްރޫއުތަކުގެ ލިސްޓުވަރަށް ދިގެވެ. އެހެން ނަމަވެސް މަރާމާތަށް ދެ ފަހަރު ތިން ފަހަރު އެކި އަގުތަކުގައި ހިމަނާފައިވެއެވެ. އައްޑޫ ސިޓީ ރައްޔިތުން ބުނަނީ ފޮތުގައި އައްޑޫ ސިޓީއަށް ގިނަ ކަންކަން ކޮށްދިނުމަށް ޖެހި އިރު އައްޑޫ މަގު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރެވިފައިނުވާ ކަމަށެވެ. ލިސްޓުގައި ގިނައީ ސަރުކާރުން ކޮށްދިން މަސައްކަތައް ވުރެ ބޮޑަށް ސަރުކާރު ވެރި ކަމަށް އައިއިރު ލެއްގި މަޝްރޫއުތައް ކަމަށެވެ. ބޮޑު ހަރަދުކޮށްގެން ބަހުގެ ހިދުމަތް ދެވުނު އިރު ބަހުގެ ހިދުމަތް ވެސް މިހާރު ވަނީ ހުއްޓިފައެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކީ ދައްކާ ވާހަކަތަކާ އަމަލާ ދިމާނުވާ ކަމަށް ފެތުރޭ އަޑުތައް އިންތިހާއަށް ގަދަވުމެވެ. ރައްޔިތުންގެ ފައިސާ އިން ކުރެވުނު ޚަރަދުގެ ތަފްސީލުތައް އާންމު ކުރެވުނު ސަރުކާރުގެ   އިހްލާސްތެރިކަމުގެ ފޭރާން ވީދިހަލާކުވެފައިވާ މިންވަރު  މިދަނީ ހާމަވަމުންނެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް