23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ނޯރާ ފަތޭހީ

ނޯރާ ފަތޭހީގެ ހާއްސަ ފެނިލުމެއް

 • ބާރަތު އަކީ ސަލްމާން ޚާންގެ ފިލްމެއް
 • މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 2019
 • ނޯރާގެ އިތުރު ފިލްމެއް ވަރަށް އަވަހަށް ރިލީޒްވާނެ
ރިޒުނާ ޒަރީރު | RiznaZareer

| 26 ޖުލައި 2018 | ބުރާސްފަތި 07:04 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
 6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
 8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އެކްޓްރެސް، ޑާންސަރ ނޯރާ ފަތޭހީ: ބެލުންތެރިން ބަލައިގެންފައިވާ ތަރިއެއް -- ގޫގުލް

ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ މަޝްހޫރު އެކްޓެރެސް، އަދި ނެށުންތެރިޔާ ނޯރާ ފަތޭހީގެ އެންމެ ފަހުގެ ފެނިލުން ކަމަށްވާ "ދިލްބަރު" މިލަވަ ދަނީ އިންޑިޔާގެ ޓޮޕް ޗާޓުތަކުން އެއްވަނަ ހޯދަމުންނެއެވެ. ޖޯން އަބްހަރަމްގެ ފަހުގެ ފިލްމު ކަމަށްވާ 'ސަތްޔަވަމް ޖަޔެތޭ" ގެ އައިޓަމް ލަވައިން ފެނިގެންދާ ނޯރާ ވަނީ މި ލަވައަށް ފަހު ބެލުންތެރިންގެ ހިތް އަތުލާފައެވެ.

ހަބަރުތައް ބުނާ ގޮތުން ދެން އެންމެ އަވަހަށް ނޯރާ ފެނިގެން ދާނީ ސަލްމާން ޚާންގެ ފަހުގެ ފިލްމު ކަމަށްވާ "ބާރަތް" އިންނެވެ. އެހެން ނަމަވެސް މި ފިލްމުން ނޯރާ ފެނިގެން ދާނީ އައިޓަމް ލަވައަކުން ނޫން ކަމަށާއި މިފިލްމުގައި ނޯރާ ހާއްސަ ފެނިލުމަކުން ކަމަށް ހަބަރުތައް ބުނެއެވެ.

މިފިލްމުގައި ނޯރާގެ ފެނިލުމާއި ގުޅޭގޮތުން ފިލްމު ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު، މުމްބާއި މިރާއަށް ބުނެފައި ވަނީ މިފިލްމުގައި ނޯރާ ފެނިގެން ދާނީ ވަރަށް ހާއްސަ ފެނިލުމަކުން ކަމަށާއި މިއީ މިފިލްމުގެ ވާހަކައަށް ވަރަށް މުހިއްމު ރޯލެއް ކަމަށެވެ.

"ބާރަތު" އަކީ ސައުތު ކޮރެއަން ފިލްމެއް ކަމަށްވާ 'އޮޑެ ޓު މައި ފާދަރ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އަދި ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން ދަނީ 2019 ގެ އީދަށެވެ.

މިފިލްމުގެ ޝޫޓިންގައި އަންނަ މަހުން ފެށިގެން ނޯރާ ބައިވެރިވާން ފަށާއިރު ދެން އޭނާ ފެނިގެން ދާނީ ރާޖްކުމާރު ރާއޯ އަދި ޝްރަދާ ކަޕޫރާއި އެކު ކުޅޭ "ސްޓްރީ" އިންނެވެ. މިއީ ހޮރޯ ކޮމެޑީ ފިލްމެއް ކަމަށްވާއިރު މިފިލްމުގައި ނޯރާގެ އައިޓަމް ލަވައެއް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ. ޑައިރެކްޓަރ އަމަރު ކައުޝިކްގެ "ސްޓްރީ" ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ މިއަހަރުގެ އޮގަސްޓް 31 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް