19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފުލުހުންގެ ޚާއްސަ އޮޕަރޭޝަން

ފާރިސްއާ ގުޅުން ހުރި މައްސަލައެއްގައި މ. ސެސްނާ ފާސްކުރަނީ. ދެ މީހަކު ހައްޔަރުކޮށްފި.

  • ގާތްގަނޑަކަށް މިރޭ 12 ޖަހާކަންހާ އިރު ގިނަ އަދަދެއްގެ ފުލުހުން ސެސްނާ ގެއަށް ވަނީ ވަދެފައި
  • މިގެއިން ދަބަހެއް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި
އަމްނާ އިމާދު | @amnabinthimad

| 26 ޖުލައި 2018 | ބުރާސްފަތި 04:38 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މ. ސެސްނާ ގެއަށް ވަތް ފުލުހުންގެ ބަޔަކު ނުކުންނަނީ: އަދި ވެސް އެ ގެ ދަނީ ބަލައި ފާސްކުރަމުން . ފޮޓޯ: ރާއްޖެއެމްވީ -- އާކައިވް

ޖަލަށް ލާފައި ހުރި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމާނާ ގުޅުންހުރި މައްސަލައެއްކަމަށް ބުނެ، މާފަންނު ސެސްނާ ގެއަށް ގިނަ އަދަދެއްގެ ފުލުހުން ވަދެ ބަލައި ފާސްކުރުން ކުރިއަށްދާއިރު، މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ސެސްނާ އަކީ އެމްއެމްޕީއާރުސީ. ގެ ޚިޔާނާތުގެ މައްސަލައިގައި ހޯދަން އިއުލާންކޮށްފައިވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ)ގެ އާއިލާގެ ގެ އެވެ.

އެ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކުރަން ފެށީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 12 ޖަހާކަންހާ އިރު އެވެ. ފުލުހުން ބަލައި ފާސްކުރަމުންދާއިރު މިހާތަނަށް ދެމީހަކު ހައްޔަރު ކޮށްފައި ވެއެވެ. ފުރަތަމަ މީހާ ހައްޔަރުކުރީ ރޭ ދަންވަރު އެވެ. ދެ ވަނަ މީހާ ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:50 ހާއިރު އެވެ. އެ ގެއިން ދަބަހެއް ނެރެގެން ގެންދިޔަ މަންޒަރު ވެސް ފެނިފައިވެ އެވެ. 

ހައްޔަރުކުރި ދެ މީހުންނަކީ ކޮންބައެއް ކަމެއް އަދި އެ މީހުންގެ މައްޗަށް ތުހްމަތުކުރަނީ ކޮން ކަމެއް ފުލުހުން ނުބުނެ އެވެ. 

ދެ ވަނަ މީހާ ހައްޔަރުކޮށްގެން ފުލުހުންގެ ޖިޕަށް އަރުވަނީ
 

އަށް ބުރިއަށް ހަދާފައިވާ ސެސްނާގެ ފަސްވަނަ ފަންގިފިލާގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ގުޅުން ހުރި އެޕާރޓްމެންޓެއް ހުރި ކަމަށާއި، މި އޮޕަރޭޝަނަކީ ފާރިސްއާ ގުޅުން ހުރި އޮޕްރޭޝަންއެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް ބަހެއް ނުބުނެ އެވެ. 

ފާރިސްގެ މައްސަލައެއްގައި ކަމަށް ބުނެ، އެމްއެމްއެމްޕީއާރުސީ. ގެ މައްސަލައިގައި ބައިވެރިވި ކަމަށް ތުހްމަތުކުރެވޭ މޮހޯގެ ގެ ފުލުހުން ބަލައި ފާސްކުރަމުންދާއިރު، އެމްއެމްޕީއާރުސީ. އަށް ލިބުނު ޑޮލަރު މާރުކޮށް ގުނުމާ ހަވާލުވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން ކަމަށް، އެ މަނިކުފާނުގެ ކުރީގެ ނާއިބު އަހްމަދު އަދީބު، ވަނީ ޝަރީއަތުގެ މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ. އެކަން މިހާތަނަށް ރައީސް ޔާމީން ދޮގުކުރައްވާފައެއް ނެތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް