22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޕްރޮފައިލް

އިމްރާން ޚާން އަކީ ކާކު؟

 • ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ
 • ސިޔާސީ މައިދާނުގައި ފާހަގަ ކުރެވެނީ ކަރަޕްޝަން އާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތެއްގެ ގޮތުގައި
 • އަމާޒަކީ އެންމެންނަށް އިންސާފު ހޯދައިދިނުން
ރާއްޖެ އެމްވީ | raajjemv

| 25 ޖުލައި 2018 | ބުދަ 22:12 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


ޕާކިސްތާން ތެހްރީކް އޭ އިންސާފް ގެ ޗެއަރަމަން އިމްރާން ޚާން -- އޭއެފްޕީ

އުމުރުން 65 އަހަރުގެ އިމްރާން ޚާން އުފަންވެފައި ވަނީ ޕާކިސްތާނުގެ ލާހޯރުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޕަންޖާބް އަށެވެ.

ޅަފަތުގައި ތައުލީމް ޙާސިލް ކުރީ މަތީ ފެންވަރު ރަނގަޅު ކޮލެޖެއްގެ ގޮތުގައި ޕާކިސްތާނުގައި މަޝްހޫރު އެއިޓްޗިސަން ކޮލެޖުންނެވެ. އޭގެ ފަހުން އޮކްސްފޯޑް ޔުނިވަސިޓީ 1975 ވަނަ އަހަރު ފިލޯސަފީ، ޕޮލިޓިކްސް އަދި އިކޮނޮމިކްސްގެ ދާއިރާއިން ޑިގުރީ ހާސިލް ކުރިއެވެ.

އިމްރާން ޚާން އަކީ މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ޕާކިސްތާނުގައި އެއީ އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާއެވެ. 1992 ވަނަ އަހަރު ދުނިޔޭގެ ކްރިކެޓް ޗެމްޕިއަންކަން ޕާކިސްތާނަށް ހޯދައިދިނީ އިމްރާން ޚާންގެ ކެޕްޓަން ކަމުގެ ދަށުންނެވެ.

ކުޅިވަރުގެ ދާއިރާއިން ދުރުވުމަށްފަހު އިމްރާން ފެނިގެން ދިޔައީ، އިޖްތިމާއީ އާއްމު ޚިދުމަތުގެ ދާއިރާ އިންނެވެ. އިމްރާންގެ މަންމަގެ ނަމުގައި ކެންސަރަށް ޚާއްސަ ސެންޓަރެއް އިމްރާން އުފެއްދިއެވެ.  1996 ވަނަ އަހަރު ޝައުކަތު ޚާނަމް މެމޯރިއަލް ކެންސަރ ސެންޓަރ ގެ ނަމުގައި ހުޅުވި މި މަރުކަޒަކީ ޕާކިސްތާނުގައި ހުރި ކެންސަރަށް ފަރުވާދޭ އެންމެ ރަނގަޅު އެއް މަރުކަޒެވެ. އިމްރާންގެ މަންމަ ދުނިޔެ ދޫކުރީ ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރުމަށްފަހުގައެވެ.

2008 ވަނަ އަހަރު ޓެކްނިކަލް ކޮލެޖެއް ޕަންޖާބުގެ ރަށްފުށު ހިސާބެއް ކަމުގައިވާ މިއަންވާލީ ޑިސްޓްރިކްޓްގައި ނަމާލް ކޮލެޖްގެ ނަމުގައި އުފެއްދިއެވެ.

އިމްރާން ސިޔާސީ މައިދާނަށް ނުކުތީ، ޕާކިސްތާނުގެ ވެރިކަމުގެ ތެރޭގައި އަށަގަނެފައިވާ ކަރަޕްޝަން އާ ދެކޮޅަށް ހަރުކޮށް އަޑުއުފުލާ ފަރާތެއްގެ ގޮތުގައެވެ. 1996 ވަނަ އަހަރު އިމްރާންގެ ސިޔާސީ ޕާޓީ، ޕާކިސްތާން ތެހްރީކް އޭ އިންސާފް (ޕީޓީއައި) އުފެއްދިއެވެ. ޕާޓީ އުފެއްދީ އެންމެންނަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާ އެކުގައެވެ. އިމްރާން ބުނެފައިވަނީ ޕާކިސްތާނުގެ ސިޔާސީ މައިދާނުން ކަރަޕްޓް ޕޮލިޓީޝަނުން ދުރުކޮށް ސާފު އައު ޖީލެއްގެ ސިޔާސީ ލީޑަރުން ނެރޭނެ ކަމަށެވެ.

ޕާޓީގެ ޗެއަރމަންގެ މަގާމުގައި ހުރި އިމްރާން ފުރަތަމަ ސިޔާސީ އިމްތިހާނަކާ ކުރިމަތިލީ 2002 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައެވެ. އިންތިޚާބުގައި ޕަންޖާބުގެ މިއަންވާލީ ޑިސްޓްރިކްޓްގެ ގޮނޑި ކާމިޔާބު ކުރިއެވެ. 2002 ވަނަ އަހަރު އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޮނޑިއަކީ ވެސް އެއީއެވެ.

ކަރަޕްޝަންއާ ދެކޮޅަށް ކުރި އިހްތިޖާޖެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ އިންތިޚާބް އިމްރާންގެ ޕާޓީން ބޮއިކޮޓް ކުރިއެވެ. އަދި އޭގެ ފަހުން ކަރަޕްޝަން އާ ދެކޮޅަށް އިމްރާން ކުރަމުން ދިޔަ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރިއެވެ. 2011 ވަނަ އަހަރުގެ ފަހުކޮޅު އިމްރާން ވަނީ ކަރަޕްޝަން އާ ދެކޮޅަށް އަޑު އުފުލުމަށް އެތައް ސަތޭކަ ހާސް ބަޔަކު ލާހޯރާއި ކަރާޗީގެ މަގުތަކަށް ނެރެފައެވެ.

2013 ވަނަ އަހަރުގެ އިންތިޚާބުގައި އިމްރާންގެ ޕާޓީން ޚައިބަރ ޕަޚްތުންޚުވާ ޕްރޮވިންސް ކާމިޔާބު ކޮށް، އެ ޕްރޮވިންސްގެ ވެރިކަން އެ ޕާޓީން ފަސް އަހަރު ކުރިއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސިޔާސީ މައިދާނުގައި އިމްރާން ތަމްސީލް ވެގެން ދިޔައީ، ގޮތުގައި ހުންނަ، ގޮތް ދޫނުކުރާ، އަދި ދައުލަތުގެ މުއައްސަސާ ތަކަށް ފާޑުކިޔާ، ގޮންޖަހާ ފަރާތެއްގެ ގޮތުގައެވެ. މި ގޮތުން ގާނޫނު ހަދާ މަޖިލިހަށް އިމްރާން އިންތިޚާބު ވެފައި ހުރި ނަމަވެސް، އެތަނުގެ ކަންކަން ހިނގާ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ މަދު ޖަލްސާއަކަށް ނޫނީ އިމްރާން ހާޒިރުވެފައެއް ނުވެއެވެ.

އިމްރާން ޚާން އަކީ، ކަރަޕްޝަންގެ މައްސަލައެއް ސާބިތުވެ މިހާރު ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ފަރާތެކެވެ. ނަވާޒް ޝަރީފްގެ ސިޔާސީ ހަޔާތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފެނިގެން ދިޔައީ އިމްރާން ޚާން އެވެ.

2014 ވަނަ އަހަރު ނަވާޒް ޝަރީފްގެ ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލާ އިމްރާން އިސްވެ ހުރެ ބޮޑެތި މުޒާހަރާތަކެއް ޕާކިސްތާނުގައި ކުރިއަށް ގެންދިޔައެވެ. މުޒާހަރާތަކުގައި ގޮވަމުން ދިޔައީ ނަވާޒްގެ ޕާޓީން އިންތިޚާބު ކާމިޔާބު ކުރީ ވޯޓު އޮޅުވާލައިގެން ކަމަށެވެ.

މަޝްހޫރު "ޕެނަމާ ޕޭޕާޒް" ލީކުވި ހިސާބުން ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރު ގިޔަރެއްގައި އިމްރާން ކުރިއަށް ގެންދިޔައެވެ. ޕާކިސްތާނުގެ ސްޕްރީމް ކޯޓަށް ނަވާޒްގެ ކަރަޕްޝަން މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގައި އިސްވެ ހުރީ އިމްރާން ޚާން އެވެ. އެންމެ ފަހުން ނަވާޒްގެ މައްޗަށް މައްސަލަ ސާބިތުވެ މަގާމުން ޑިސްކޮލިފައި ކުރެވި، އަދި ސިޔާސީ މައިދާނުގައި ވެސް ނަވާޒް އަށް ހަރަކާތްތެރިވެ ވަޑައިނުގެންނެވޭ ގޮތައް މައްސަލަ ނިމިގެން ދިޔައެވެ.

2018 ވަނަ އަހަރުގެ އިންތިޚާބުގައި އިމްރާންގެ ސްލޯގަން އަކީ، "އައު ޕާކިސްތާން" އެވެ. އިމްރާން ވައުދު ވެފައިވަނީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ކަރަޕްޝަން ޕާކިސްތާނުން ފުހެލާނެ ކަމަށާއި، ސަރުކާރުގެ އިދާރީ ހިންގުން އިސްލާހް ކުރާނެ ކަމަށެވެ. އިމްރާންގެ ވައުދުތަކުގެ ތެރޭގައި، 10 މިލިއަން ވަޒީފާ އުފެއްދުމާއި، އަގު ހެޔޮ ފަސް މިލިއަން ހައުސިންގ ޔުނިޓް ފަސް އަހަރުގެ ތެރޭގައި އެޅުންވެސް އޭނާގެ މެނިފެސްޓޯގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް